web analytics
ނަޝީދު

މިއީ ދެކުނު ކޮރެއާ އެއް ނޫން!

ފޮޓޯ އިން ތިޔަ ފެންނަނީ ދުނިޔޭގެ ގައުމުތަކާއި ވަކިވެގަނެގެން އުޅޭ ދެކުނު ކޮރެއާގެ ލީޑަރު ކިމް-ޖޮން-އުން މިދިޔަ އަހަރު އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕާއި ބައްދަލު ކުރަން ސިންގަޕޫރުގައި ބޭއްވި ސަމިޓުގެ ތެރެއިން އޭނާގެ ކާރުކޮޅު ވަށައިގެން ބޮޑީގާޑުން ތިބޭ ތަނެވެ. ހަމައެއާއިއެކު ދެން އެ ފެންނަނީ ރާއްޖޭގެ ކުރީގެ ރައީސް އަދި މިހާރު ރައްޔިތުންގެ މަޖިލީހުގެ ރައީސް މިހާރު ތިލަދުންމައްޗައް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ބައިސްކަލަކުން ދާ ވަގުތު އެބޭފުޅާގެ ވަށައިގެން ގިނަ އަދަދެއްގެ ބޮޑީ ގާޑުން ތިބޭ ތަނެވެ.

މިއަދު މިވާހަކަ ދައްކަން މިޖެހެނީ ސަބަބެއް ނެތިއެއް ނޫނެވެ. މީގެ ކުރިން ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގެން ހުންނެވި ރައީސް ޔާމީންގެ ވެރިކަމުގައި ސަލާމަތީ ކަންކަން ވަރުގަދަ ކުރައްވައި، ރާއްޖޭގެ ރަށްރަށަށް އެބޭފުޅާ ޒިޔާރާތް ކުރައްވާއިރު އެމްއެންޑީއެފްގެ ސްޕެޝަލް ފޯސްގެ ބޭފުޅުން ރައީސް ޔާމީނުގެ އަރިހުގައި ހަތިޔާރާއި އެކު ރަށްރަށަށް އަރައި ފޯރި މަރައެވެ.
ރައީސް ނަޝީދުގެ ބޮޑީ ގާޑުން

އެކަން އޭރުގެ އިދިކޮޅު ފަރާތްތައް، އަދި މިހާރުގެ ވެރިކަން ކުރަމުން އަންނަ ފަރާތްތަކަށް ހަޖަމެއް ނުކުރެވުނެވެ. ރައީސް ޔާމީން ގެންގުޅޭ ސެކިއުރިޓީންގެ އަދަދު މާ ގިނަ ކަމަށާއި ހަތިޔާރާއި އެކު ސިފައިން ތިބިމުން އޭރުގެ އިދިކޮޅު އިސް ފަރާތްތަކުން ޕޯޑިއަމްތަކުގައި އެކަމަށް ފާޑުވިދާޅުވިކަން ހަނދާނުން އަދި ފޮހެވިގެނެއް ނުދެއެވެ. އޭރުގެ އިދިކޮޅު އެކްޓިވިސްޓުން ޔާމީންގެ ފޮޓޯތަކުގައ ތިބި ސިފައިނުން އަދި ކުލަ ހެދުމުގައި ތިބޭ ހަށިފާރަވެރިންގެ މޫނުގައި ބޮޅު އަޅާފައި އެ މީހުންގެ އަދަދު ގިނަ ކަމަށް ބުނެ މީސް މިޑިއާ އަށް ފޮޓޯތައް އެޅިކަން މުޅި ދިވެހި ރާއްޖެ ހެކިވާނެއެވެ.

ނަމަވެސް މިހާރު މި ފެންނަނީ ކޮން މަންޒަރެއްތޯއެވެ. މީގެ ކުރިން ދުވަހަކުވެސް ރާއްޖޭގެ ރައީސް ނޫނީ ކުރީގެ ރާއްޖޭގެ ރައީސްކަން ކުރެއްވި ބޭފުޅަކު މިހައި ގިނަ އަދަދެއްގެ ހަށިފާރަވެރިން ބޭނުން ކުރައްވާފައެއް ނުވެއެވެ. މީސް މީޑިއާގައި މިހާރު ދައުރުވަމުން އަންނަ ފޮޓޯތަކުން ފެންނަ ގޮތުގައި އެއިން އެންމެ ފޮޓޯއެއްގައިވެސް 8 ހަށިފާރަވެރިން ރައީސް ނަޝީދު ވަށައި ހުންނަވާ މަންޒަރު ފެނެއެވެ.

ނަޝީދުގެ ބޮޑިގާޑުން

މިކަން މިގޮތަށް ކުރުމުން އެއްވެސް ހާލެއްގައި މައްސަލަ އަކަށް ވީ އެއް ނޫނެވެ. ނަމަވެސް މިހާރު ވެރިކަމުގައި ތިބި ބޭފުޅުންނާއި އެބޭފުޅުންނަށް ތާއިދު ކުރައްވާ އެކްޓިވިސްޓުން ގަބޫލު ކުރަން ޖެހޭ ހަގީގަތަކީ ކޮންމެ މީހަކުވެސް ސަރުކާރުގެ އިސް މަގާމެއް ފުރުއްވަމުން އަންނަނަމަ ސަރުކާރުގެ ހިމާޔަތް ލިބޭނެކަމެވެ. އެކަމަށް ފާޑުކިޔައި މާދަމާ އެ ހިމާޔަތުގެ ދަށަށް ދާން ޖެހުމުން އެ އެއްޗެހި ކިޔެނީ އަމިއްލަ މީހާ އާއި ދިމާލަށްކަން އެނގެން އެބަ ޖެހެއެވެ. މިއީ ވިސްނާލުން ރަނގަޅު ކަމެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަޖިލީހުގެ ރައީސް ކަމަށް ޝައުގުވެރިކަމެއް ނެތް – ނަޝީދު

ސުވާދީބު

ނަޝީދުގެ އެލެކްސް އައިޑީ: އިޔާޒްގެ މައްސަލައަކީ މާބޮޑަށް ވަހުޝީވުން

ސުވާދީބު

ނަޝީދުގެ ބަނގުރަލުގެ ސިޔާސަތު އާއްމުކުރުން ނޮވެމްބަރަށް – އިއްތިފާގެއް؟

ސުވާދީބު