web analytics
ނިޒާރު

ބިން ލިބޭނެ ކަމަށްބުނެ، ވޯޓު ހޯދަން އުޅުމަކީ ޤާނޫނީ ކުށެއް – ނިޒާރު

ބިން ލިބޭނެ ކަމަށް ބުނެ ވޯޓު ހޯދަން އުޅުމަކީ ގާނޫނީ ކުށެއް ކަމަށް ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު އަލީ ނިޒާރު ވިދާޅުވެއްޖެއެވެ.

ނިޒާރު މިހެން ވިދާޅުވީ، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ގުޅިގެން އޭނާ ކޮށްފައިވާ ފޭސްބުކް ޕޯސްޓެއްގައެވެ.

“އެ ބިން، މި ބިން ހަމަޖެހިދާނެ ކަމަށް ވިދާޅުވެ މަގާމުގެ ނުފޫޒު ބޭނުންކޮށްގެން ވޯޓު ހޯދަން އުޅުމަކީ ގާނޫނީ ކުށެއް. ރައްޔިތުން ހޭލާ ތިބިކަން ހަނދާންކޮށްލަދެން. ދައުލަތް ނިދާފައި ނުވާކަން ވެސް ހަނދާންކޮށްލަދެން” ނިޒާރު ކޮށްފައިވާ ފޭސްބުކް ޕޯސްޓުގައި ވަނީ ވިދާޅުވެފައެވެ.

އައްޑޫ ސިޓީގެ މޭޔަރު ކަމަށް ނިޒާރު ކުރިމަތިލައްވަން ނިންމަވާފައިވާ އިރު، އޭނާ ވިދާޅުވެފައިވަނީ، އައްޑޫގެ މޭޔަރު ކަމަށް ކުރިމަތިލައްވަން ނިންމެވީ ގިނަ އަދަދެއްގެ ރައްޔިތުންގެ އެދުމުގެ މަތިން ކަމަށާއި މޭޔަރު ކަމަށް ނިކުންނާނީ މުޅިން އާ ތަސައްވަރަކާ އެކު ކަމަށެވެ.

އޭޕްރިލް މަހު އޮންނަ ލޯކަލް ކައުންސިލް އިންތިޚާބުގައި އައްޑޫ ސިޓީގެ މޭޔަރު ކަމުގެ މަގާމަށް ކުރިމަތިލުމަށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވާދަކުރުމަށް ރައްޔިތުން މަޖިލީހުގެ ކުރީގެ މެންބަރު އަލީ ނިޒާރު ވަނީ ފޯމު ހުށަހަޅުއްވާފައެވެ.

އެމްޑީޕީ ޕްރައިމަރީގައި ވާދަކުރުމަށް ނިޒާރު ފޯމު ހުށަހަޅުއްވާފައިވާއިރު އޭނާގެ ކެންޑިޑޭޓް ނަމްބަރަކީ 2 އެވެ.

ނިޒާރުގެ އިތުރުން މިހާތަނަށް އައްޑޫގެ މޭޔަރު ކަމަށް ކުރިމަތި ލައްވާނެކަން ދެން އިއުލާނުކޮށްފައި ވަނީ މިހާރުވެސްއައްޑޫގެ މޭޔަރުކަން ކުރައްވަމުން ގެންދަވާ އަބްދުﷲ ސޯދިގު (ސޯބެ)އެެވެ.

ސޯބެ އައްޑޫ މޭޔަރުކަން ކުރައްވަމުން ގެންދަވާތާ މިހާރު ތިން ދައުރު ވެއްޖެއެވެ.

އައްޑޫ ސިޓީގެގިނަ މީހުން މީސް މީޑިއާގައި ކުރަމުން ގެންދާ ޕޯސްޓްތަކަށް ބަލާއިރު މޭޔަރުކަމަށް ނިޒާރު ގެންނަން، ފެންނަކަމަށް ބުނާ ގިނަ މީހުން ގިނަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އައްޑޫ ތަރައްގީކުރުމަށް ބޭނުންވަނީ އާ ލީޑަރޝިޕެއް- ނިޒާރު

ސުވާދީބު

ފިކުރު އެއްގޮތްވާކަށް ނުޖެހޭ، އެއީ ޑިމޮކްރަސީއަކީ: ނިޒާރު

ސުވާދީބު

ބޮޑު ތަފާތަކުން ސޯބެ ބަލިކޮށް އައްޑޫ މޭޔަރުގެ ޓިކެޓް ނިޒާރަށް

ސުވާދީބު