web analytics
ނިޒާރު

އާމްްދަނީގެ ހިއްސާ ލިބޭ ނަމަ ހުޅުމީދުއާ، ހިތަދޫ ގުޅަައިލެެވުނީސް: ނިޒާރު

އަތޮޅުތަކާއި ސިޓީތަކުން ލިބޭ އާމްދަނީގެ ހިއްސާގެ ޕަސެންޓެއް އައްޑޫ ސިޓީ ކައުންސިލަށް ލިބޭ ނަމަ، އައްޑޫގައި ވަކިން އޮތް ދެ ރަށް ކަމަށްވާ ހުޅުދު އާއި މީދޫ، ހިތަދުއާ ގުޅައިލެވުނީސް ކަމަށް އައްޑޫގެ މޭޔަރު ކަމަށް އެމްޑީޕީން ވާދަކުރައްވާ އަލީ ނިޒާރު ރޭ ވިދާޅުވެއްޖެ އެވެ.

“ހުޅުދޫ-މީދޫއާ، ހިތަދުއާ ގުޅައިލުމުގެ ވާހަަކަ އަޅުގަނޑުމެން މި ދައްކަނީ. ފާލަމަކުން ގުޅާ ވާހަކަ، ބްރިޖް އަޅާ ވާހަކަ އަޅުގަނޑުމެން މި ދައްކަނީ. އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ނޫންތޯ އަޅުގަނޑުމެންނަށް އެކަން ކުރެވޭނެ ކަން ޔަގީން ވަންޏާ،” ގާތްގަނޑަކަށް ހަ މޭލުގެ ދުރުމިނެއްގައި އޮންނަ ހިތަދު އާއި ހުޅުމީދޫ ބްރިޖަކުން ގުޅުވައިލުމުގެ ތަސައްވުރާ ގުޅޭ ގޮތުން، ވީޓީވީގެ ‘ސިޔާސީ ސައްލާ ވިތް އިމާދު’ ޕްރޮގްރާމްގައި ނިޒާރު ވިދާޅުވި އެވެ.

“ކޮންމެހެން ނުޖެހެއެއް ނޫންތޯ ރައީސުލްޖުމްހޫރިއްޔާގެ ޕްލެޖެއްގެ ގޮތުގައި އަންނާކަށް. އެއީ ކައުންސިލްގެ ޕްލެޖެއްގެ ގޮތުގައި، އައްޑޫ ސިޓީ މޭޔަރުގެ ޕްލެޖެއްގެ ގޮތުގައެއް ނޫންތޯ އަންނާނީ. އެހެން ނަމަވެސް އަޅުގަނޑުމެންނަކަށް ޔަގީނެއް ނުވޭ އެކަން ކުރެވޭނެ ކަން. އެހެންވީމާ އަޅުގަނޑުމެން މި ކިޔަނީ ހުޅުދޫ-މީދޫ، ހިތަދުއާ ގުޅައިލުމުގެ ކުރެހުން ކުރަހާނަމޭ. ކުރަހާފައި ސަރުކާރަށް ހުށަހަޅާނަމޭ.”

ހިތަދޫ ދެކުނު ދާއިރާގެ ކުރީގެ މެމްބަރު ނިޒާރު ވިދާޅުވީ، ލާމަރުކަޒީ ގާނޫނަށް ފަހުން ގެނައި ބަދަލުތަކުން ވެސް ލޯކަލް ކައުންސިލްތައް ފުރިހަމަ އަށް ބާރުވެރި ނުވާ ކަމަށެވެ. ރަށްރަށުގައި ނަރުދަމާ އެޅުމާއި އެ ނޫން ބައެއް މަސައްކަތްތައް ކުރުމަކީ ރައްޔިތުންގެ މަޖިލީހުގެ މެމްބަރު ރައީސަށް އާދޭސް ދަންނަވައިގެން ކުރަން ޖެހޭ ކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.

އެކަމަކު ނިޒާރު ވިދާޅުވި ގޮތުގައި، ރާއްޖޭގައި އަދިވެސް އޮތީ އެ ހާލަތެވެ.

“ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ނެގޭ، އައްޑުއޭ ބުނީމާ ސިޔާސީ ބާރެއްގެ ގޮތުގައި. ހަގީގަތަކީ މި ބާރެއްގެ ގޮތުގައި އޮވެގެން ބާރުގެ ބޭނުމެއް ނުކުރެވޭ. ނަތީޖާއެއްގެ ގޮތުން އައްޑޫގައި ހަމަ އަސާސީ ހިދުމަތުން މަހުރޫމް ވެފައި ތިބި ރައްޔިތުން މި ތިބީ،” ނިޒާރު

އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް ކައުންސިލްތަކުގެ އިންތިޚާބުގައި އައްޑޫގެ މޭޔަރަކަށް އެމްޑީޕީން ވާދަކުރާނެ ކެންޑިޑޭޓަކު ހޮވުމަށް މިދިޔަ ހުކުރު ދުވަހު ބޭއްވި ޕްރައިމަރީގައި، އައްޑޫގެ މިހާރުގެ މޭޔަރު އަބްދުﷲ ސޯދިގް (ސޯބެ) ބޮޑު ތަފާތަކުން ބަލިކުރެއްވި ނިޒާރު ވިދާޅުވީ، އައްޑޫގެ މަލަމަތިން ފެންނަނީ ވީރާނާކަން ކަމަށެވެ. އެހެންވެ، އައްޑޫގެ ތަރައްގީ ފަށަން ޖެހެނީ އޭނާ ވިދާޅުވާ ގޮތުގައި ސުމަކުންނެވެ.

އޭނާ ވިދާޅުވީ އައްޑު އަކީ ސިޔާސީ ގޮތުން ރާއްޖޭގެ ބާރެއް ކަމަށާއި އެކަމަކު އެ ބާރު ބޭނުން ނުކުރެވޭ ކަމަށެވެ. އެގޮތުން ރައްޔިތުންގެ މަޖިލީހުގައި އައްޑޫގެ ހަތް މެންބަރުން ތިބޭ ކަން ނިޒާރު ފާހަގަ ކުރެއްވި އެވެ.

“ރާއްޖޭގެ ހުރިހާ ރައްޔިތުންނަށް ވެސް ނެގޭ، އައްޑުއޭ ބުނީމާ ސިޔާސީ ބާރެއްގެ ގޮތުގައި. ހަގީގަތަކީ މި ބާރެއްގެ ގޮތުގައި އޮވެގެން ބާރުގެ ބޭނުމެއް ނުކުރެވޭ. ނަތީޖާއެއްގެ ގޮތުން އައްޑޫގައި ހަމަ އަސާސީ ހިދުމަތުން މަހުރޫމްވެފައި ތިބި ރައްޔިތުން މި ތިބީ،” އޭނާ ވިދާޅުވި އެވެ.

އަތޮޅުތަކަށް ލިބޭ އާމްދަނީގެ ފައިދާ އިންސާފުވެރިކަމާ އެކު ނުލިބޭ ކަމުގެ މިސާލެއްގެ ގޮތުގައި ނިޒާރު ނެންގެވީ ބ. އަތޮޅުގައި އެއްފަޅު ތެރޭގައި އޮންނަ ގޮއިފުޅަފެހެންދު އެވެ. އަތޮޅުގައި ގިނަ އަދަދެއްގެ ރިސޯޓުތައް އޮވެމެ، ދައުލަތަށް އެ ތަންތަނުން ބޮޑު އާމްދަނީއެއް ލިބޭ އިރު ފުޅަދޫ އަދި ފެހެންދޫ މީހުން ލޯންޗެއްގައި ގޮއިދު އަށް ކުދިން ގެންދަން ޖެހުމަކީ އިންސާފެއް ނޫން ކަމަށް ނިޒާރު ވިދާޅުވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ބިން ލިބޭނެ ކަމަށްބުނެ، ވޯޓު ހޯދަން އުޅުމަކީ ޤާނޫނީ ކުށެއް – ނިޒާރު

ސުވާދީބު

އައްޑޫ ތަރައްގީކުރުމަށް ބޭނުންވަނީ އާ ލީޑަރޝިޕެއް- ނިޒާރު

ސުވާދީބު

އައްޑޫ ތަރައްގީކުރާނެ ގޮތް އެނގޭނީ އައްޑޫ ރައްޔިތުންނަށް.- ނިޒާރު

ސުވާދީބު