ރިޕޯޓް

ދެ ރައީސުންގެ ހަނގުރާމައިގެ ރޭސް ބާރަށް ކުރިޔަށްދަނީ ބުޅާ ގޯނިން ނުކުމެއްޖެ!

ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަން ނިމި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަން ފަށައިގަތުމުން އެކި މީހުން މި ސުވާލު ކުރި އެވެ. އެމްޑީޕީގެ ވެރިކަމެއް ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ބާރު ނުހިނގާ ގޮތަށް ކުރެވިދާނެ ހެއްޔެވެ؟ ހާއްސަކޮށް އެ ވެރިކަމަކީ އޭގެ ތެރެއަށް އިތުރު ތިން ޕާޓީއެއް ވައްދައިގެން ކުރާ ވެރިކަމަކަށް ވެފައި އެމްޑީޕީން ގެންގުޅޭ އުސޫލުތަކާއި ރައީސް ނަޝީދަށް ދީފައި އޮންނަ ހާއްސަ މަގާމާއި، އެ ހުރިހާ ކަމެއް އެގޮތައް އޮއްވާ ރައީސް ނަޝީދު މަޑުން ހުންނަވާފާނެތޯ ކުރެވޭ ސުވާލެވެ. އެ ސުވާލަށް މަޑުމަޑުން ޖަވާބު ލިބެމުން އައިސް މިހާރު މިވަނީ ޔަގީނާއިގާތަށް އެއަށް ޖާވާބުދޭން އެނގޭ ހިސާބަށް އާދެވިފައޭ ބުނެވިދާނެ އެވެ.

އަރައިރުމެއް ފުރަތަމަ އުފަންވި ހިސާބަކީ އުކުޅަހުގައި ބޭއްވި އެމްޑީޕީގެ ގައުމީ މަޖިލީހުން އެމްޑީޕީގެ ރިޔާސީ ޓިކެޓް އެޕާޓީގެ އެންމެ ލޯޔަލް އަދި ސިޔާސީ ދާއިރާގައި އުޅުއްވާ އެންމެންގެ ލޯތްބާއި އިހުތިރާމް ލިބިވަޑައިގެން ހުންނެވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހާއި ހަވާލުކުރި ހިސާބެވެ.

ރައީސް ނަޝީދު ހުންނެވީ އެންމެ ފަހުވަގުތާއި ޖެހެންދެން ވެސް އެ އިންތިހާބުގައި ވާދަ ކުރެއްވޭނެ ކަމުގެ އުންމީދާއި އެކުއެވެ. އޭރު އޮތް ސަރުކާރުން އަޅާފައިވާ ފިޔަވަޅުތަކުގެ ސަބަބުން އެމަނިކުފާނަށް ފުރުސަތު ގެއްލުވާލާފައި އޮތުމުން، ބެއްލެވީ ރައީސް ކަމަށް ސޯލިހު ގެނެސް، ކުޑަ ދުވަސްކޮޅެއް ތެރޭ އަނެއްކާވެސް އިންތިހާބެއް ބާއްވާ ރައީސް ކަމަށް ވަޑައިގެންނެވޭނެ މަގެއް ހޯއްދަވާށެވެ. މިއީ އޭރު ދެކެވުނު ވާހަކަތަކާއި ކަންކަން ރޭވިގެން އައި ގޮތުން ފެނުނު މަންޒަރެވެ.

ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކުގެ ނުފޫޒާއެކު، އުކުޅަހުގައި ބޭއްވި ގައުމީ މަޖިލީހުން ރައީސް ނަޝީދު ބޭނުންފުޅުވި ގޮތަށް ދައުރުގެ މެދުތެރޭން އިންތިހާބެއް ބާއްވާކަށް ފުރުސަތެއް އަންނަ ގޮތަކަށް އެކަން ހިނގައިގެނެއް ނުދިޔަ އެވެ.

އޭގެ ފަހުން ސްޓްރެޓަޖީ ބަދަލުކޮށް، މިދައުރުގެ ތެރެއިން ވެރިކަމަށް ވަޑައިގެންނެވޭނެ އެންމެ ފަހި ގޮތަކީ މަޖިލިސް ތެރެއިން ބަރުލަމާނީ ނިޒާމަކަށް ރާއްޖޭގެ ވެރިކަމުގެ ނިޒާމު ބަދަލު ކޮށްގެންކަން ވިސްނިވަޑައިގެން އެ މަސައްކަތުގައި އުޅުއްވަ އެވެ. މްޑީޕީއަށް މަޖިލީހުގެ ސްޕާ މެޖޯރިޓީ ހޯއްދަވައި ދެއްވަން ބުރަ އަދި އާދަޔާހިލާފު މަސައްކަތެއް ކުރެއްވި އެވެ.

އެކަން ކާމިޔާބު ކުރެއްވި ނަމަވެސް އެމަނިކުފާނަށް ވިސްނިވަޑައިނުގެން އޮތް ކަމަކީ ހޮވިވަޑައިގެންނެވި މެންބަރުންނަށް މުހިންމުވާނީ ހިނގަ ހިނގާ އޮންނަ ސަރުކާރާއި ރައީސުލްޖުމްހޫރިއްޔާ ކަމެވެ. ހާއްސަކޮށް މެންބަރުން ދާއިރާގެ ރައްޔިތުންނަށް ވެފައިވާ ވައުދުތައް ފުއްދުމުގައި ސަރުކާރުގެ އެހީ ބޭނުން ވެ އެވެ. އަދި ދެވަނަ ދައުރަކަށް ދާން ބޭނުން ނަމަ އެ ވައުދުތައް ފުއްދަން ޖެހޭނެ އެވެ.

މިހުރިހާ ކަމެއް މިހެން އޮތުމާއެކު މިވަގުތު މަޖިލީހުގެ ކޮންޓްރޯލް ވެސް އޮތީ ރައީސް ސޯލިހުގެ އަތްޕުޅުގައިކަން ދެ ޓެސްޓަކުން ވަނީ ޔަގީންވެފަ އެވެ. ރައީސް ނަޝީދާއި ދެކޮޅަށް އެމްޑީޕީން ކަމެއް ނިންމުމަކީ “ނެކްސްޓް ޓް އިމްޕޮޒިބަލް” ކަމެކެވެ. އެހެން ނަމަވެސް އެކަންވެސް އެއޮތީ ވެފަ އެވެ.

މަޖިލީހުގެ ރައީސް ކަނޑައެޅުން

އެމްޑީޕީއަށް އެޕާޓީ އުފެދުނު ފަހުން ވެސް ދިމާވި އެެންމެ ބޮޑު އެތެރޭގެ ހަމަނުޖެހުމަކަށް ވެގެން ގޮސްފައިވަނީ ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަނޑައެޅުން ކަމުގައި ބުނެވިދާނެ އެވެ. މީގެ ކުރިން އެ ޕާޓީގެ ލީޑާޝިޕްގައި ތިއްބެވި ބައެއް ބޭބޭފުޅުން ރައީސް ނަޝީދަށް އެ އޮންނަ ކަލްޓް ދުއްވާލަން މަސައްކަތް ކުރުމުގެ ތެރޭގައި ވަނީ އެ ޕާޓީން ބޭރުކޮށްފަ އެވެ. ނަަމަވެސް އެކަންކަމުން ޕާޓީއަކަށް މި ވަރުގެ ލޮޅުމެއް އަރާފައެއް ނުވެއެވެ.

މަޖިލީހުގެ ރައީސަކަށް ރައީސް ނަޝީދުގެ ޗޮއިސް އަކަށްވީ، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމެވެ. އަސްލަމަކީ ރައީސް ނަޝީދަށް ވަފާތެރި ބޭފުޅެކެވެ. އެހެންކަމުން މަޖިލީހުގެ ކަންކަން ރައީސް ނަޝީދު ބޭނުންފުޅުވާ ގޮތަކަށް ގެންދިއުމަށް ކޮންމެހެން ވެސް އަސްލަމް އެ މަގާމަށް ގެންނަން ރައީސް ނަޝީދު ބޭނުންފުޅުވީ އެވެ. އޭރު ރައީސް ސޯލިހުގެ ޗޮއިސްއަކަށްވީ ވިލުލުފުށީ ދާއިރާގެ މެމްބަރު އަދި ތަޖުރިބާކާރު ހަސަން އަފީފެވެ.

އެމްޑީޕީގެ މަޖިލިސް މެމްބަރުން ވެސް އޭރު ދައްކަމުން ގެންދިޔައީ އެތެރޭގެ ކޯޅުމުގެ ވާހަކައެވެ. ރައީސް ނަޝީދާއި، ރައީސް ސޯލިހު އާ ދެބޭފުޅުންގެ “ފިނި ހަނގުރާމައިގެ” ވާހަކަ އެވެ. ފަހުވަގުތާ ޖެހެންދެން ވެސް ރައީސް ނަޝީދު މަސައްކަތް ކުރީ އަސްލަމަށް މަޖިލިސް ރައީސްކަން ހޯދައިދެއްވާށެވެ. ފަހު ބައްދަލުވުމާއި ހަމަޔަށް ދެވުނު އިރު، އެކަން ކާމިޔާބު ނުކުރެއްވޭނެ ކަށަވަރުވުމުން ފަހު ކާޑު ޖެއްސެވީ އެވެ. ރައީސް ސޯލިހުގެ އަތްޕުޅަށް މަޖިލިސް ދިޔަ ނުދިނުމަށްޓަކައި އަމިއްލަފުޅަށް އެމަގާމާއި ހަވާލުވެ ވަޑައިގަތީ އެވެ. އެކަން އެގޮތަށް ކުރެއްވީ އެކަމާއި ދެކޮޅު ހަދަން އެމްޑީޕީގެ އެއްވެސް މެމްބަރަކަށް ކުޅަދާނެ ނުވާނެކަން އެނގިވަޑައިގަންނަވާތީ ހެއްދެވޭނެ އެއްވެސް ގޮތެއް ނެތިގެނެވެ.

 

މުއައްސަސާތަކާއި، މަގާމުތަކަށް މީހުން އައްޔަން ކުރުން

ރައީސް ސޯލިހުގެ ކެބިނެޓް އެކުލަވާލުމާއި ހަމައިން ރައީސް ނަޝީދުގެ ހިތްހަމަ ނުޖެހުން އޮތް ކަމަށް ސަރުކާރުގެ އިސް މަގާމުތަކުގައި މިހާރު ވެސް ތިއްބެވި ބައެއް ބޭބޭފުޅުން ވަނީ ވިދާޅުވެފަ އެވެ. އަދި ކެބިނެޓް އެކުލަވާލުމުގައި ވެސް، ރައީސް ނަޝިދަށް ވުރެ ބޮޑަށް ރައީސް ސޯލިހު އަށް ލޯޔަލް ބޭފުޅުން މަގާމުތަކަށް އައްޔަން ކުރައްވާފައި ވެއެވެ.

އެހުރިހާ ކަމެއްވެސް ރައީސް ސޯލިހު ކުރައްވާފައި ވަނީ ސްމާޓްކޮށެވެ. ރައީސް ޔާމީންގެ ވެރިކަމުގައި ރައީސް މައުމޫންގެ އިންފުލުއެންސް ގަދަވެގެން އެމަނިކުފާނު ބާކީ ކޮށްލި ގޮތަށް ރައީސް ސޯލިހަށް ރައީސް ނަޝީދު ބާކީ ކޮށްލެވުމަކީ އޮތް ޗޮއިސްއެއް ނޫނެވެ. އެހެންކަމުން އެމަނިކުފާނު ގެންދަވަނީ ކުޅެވެން އޮތް އެންމެ ސްމާޓްކޮށް ކުޅުއްވާ ކޯލިޝަނާއި ވެރިކަންވެސް ސަލާމަތް ކުރައްވަމުންނެވެ.

ސަރުކާރުގެ މަގާމުތަކަށާއި، މިނިވަން މުއައްސަސާތަކަށް އަދި އެހެނިހެން ސިޔާސީ މަގާމުތަކަށް މީހުން އައްޔަން ކުރުމުގައި ރައީސް ނަޝީދު ނުފޫޒު ގަދަ ކުރައްވަން މަސައްކަތް ކުރާކަމަށް ބައެއް ފަރާތްތަކުން އަންނަނީ ބުނަމުންނެވެ. އެގޮތުން މިހާރުވެސް ދައުލަތުގެ މަގާމުތަކެއް ހުސްވެފައި ހުރި އިރު އެމަގާމުތަކަށް މީހުން އައްޔަން ނުކުރެވިގެން އުޅެނީ ރައީސް ނަޝީދު ބޭނުންވާ ބަޔަކާއި، ރައީސް ސޯލިހު ބޭނުންވާ ބަޔަކު ތިބެގެން ކަމަށް އެފަރާތްތަކުން ތުހުމަތު ކުރެއެވެ.

އެގޮތުން ގަވަރުނަރުގެ މަގާމާއި، އިންފޮމޭޝަން ކޮމިޝަނަރުގެ މަގާމާއި، ސުޕްރީމްކޯޓުގެ ދެ ފަނޑިޔާރުންގެ މަގާމާއި، ބްރޯޑްކާސްޓިން ކޮމިޝަނުގެ މެމްބަރުންގެ އިތުރުން ވެސް ގިނަ މަގާމުތަކަކަށް ރައީސް ސޯލިހަށް ގޮތް ނުނިންމި ލަސްވެގެން ދިޔައީ ނަޝީދު އެކަންކަމަށް ނުފޫޒު ފޯރުވާތީ ކަމަށް ސަރުކާރުގެ އިސް މަގާމުތަކުގައި ތިއްބަވާ ބޭފުޅުން ވެސް ގެންދަނީ ވިދާޅުވަމުންނެވެ.

މީގެ އިތުރުން ބައެއް ބޭފުޅުންނާއި ކަނބަލުން މަގާމުތަކުން ވަކި ނުކުރެވިގެން އުޅެނީވެސް ނަޝީދުގެ ނުފޫޒުން ކަމަށް ބައެއް މަޖިލިސް މެމްބަރުންވެސް ވަނީ ވިދާޅުވެފަ އެވެ. އެގޮތުން ބައެއް ފަރާތްތަކުގެ އިތުބާރު ނެތް ކަަމަށް ހުށަނޭޅުމަށް އަންގާފައިވާ ކަމަށްވެސް އެބޭފުޅުން ވަނީ ވިދާޅުވެފަ އެވެ.

 

ސަރުކާރާއި މަޖިލިސް ރޭހެއްގައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް ކަމަށް ރައީސް ނަޝީދު ވަޑައިގެންނެވި ފަހުން ވަރަށް ތަފާތު ކަންކަން ފެންނަމުން އެބަދެއެވެ. މިއަށްވުރެ މަޖިލިސް ހަރަކާތްތެރި ދުވަސްވަރެއް އައިހެނެއް ހިއެއްނުވެއެވެ. މަޖިލީހުގެ މެމްބަރުންނަށް ވެސް ނުކަތާވަރަށް މަސައްކަތް ބުރަކޮށް އެބަ ގެންދަވައެވެ. ޒަމާނުއްސުރެ އަމަލުކުރަމުން އައި އުސޫލުތަކަށް ބަދަލުގެނެސް އަމިއްލަ ފުޅަށް ބަހުސްތަކުގައި ބަސް ކިއުއްވާ ހައްދަވައެވެ. އޭގެ އިތުރުން އެންމެ ތަފާތު ކަމަކަށް ފެންނަނީ އެމްޑީޕީގެ ސަރުކާރެއް އޮވެ، މަޖިލީހުގެ މެޖޯރިޓީވެސް އެ ޕާޓީއަށް އޮވެ، ދެ ބާރު ދޭތެރޭގައި މިހިނގާ ނަޝީދު މެޑަލް ޖެހުމުގެ ކަންކަމެވެ.ރައްޔިތުންނަށް ނަޝީދު ވިސްނަ ދެޭން ބޭނުންވަނީ ތިމަށްނަޔޭ ހުރިހާ ކަމެއްވެސް ކުރަނީ ރައީސް އިބޫއަކީ އެއްވރސް ކަމެއް ކުރެވޭ މީހެއް ނޫނުންކަމަށް.. ނަމަވެސް ރައްޔިތުން މިހާރު ސްމާޓް ވެފައިވާތީ ނަޝީދު ކުޅމުން އަންނަ ގޭމު ދަނީ އަތަށް ގޮވަމުންނެވެ..

އެގޮތުން ރައީސް ސޯލިހުގެ ސަރުކާރުގެ ލެޖިސްލޭޓިވް އެޖެންޑާ އިއުލާންކޮށް، ބިލްތައް މަޖިލީހަށް ފޮނުވުމުގެ މަގުމަތީގައި ވަނިކޮށް، ބައެއް ބިލްތަކުގައި ހިމަނަން ކޮންމެހެން ވެސް ނަޝީދު ބޭނުންފުޅުވާ ކަންކަން ހާއްސަކޮށް، ސަރުކާރަށް އޭގެ ކްރެޑިޓް ނުލިބި މަޖިލީހަށް އެމަނިކުފާނަށް އެ ކްރެޑިޓް ލިބޭ ގޮތަށް ބައެއް ކަންކަން ގެންދަވަނީ ކުރައްވަމުންނެވެ. އެގޮތުން މަސްވެރިކަމުގެ ބިލް މަޖިލީހަށް ވަދެ ވަދެ ހުއްޓާ މަޖިލީހަށް ގަރާރުތަކެއް ހުށަހަޅައިގެން ކުރިޔަށް ގެންދިޔަ މަސައްކަތްތައް ފާހަގަ ކޮށްލަން ޖެހެއެވެ.

މަޖިލީހާއި ސަރުކާރާއި ހަނގުރާމައެއްް އުޅޭކަން އެންމެ ބޮޑަށް ހާމަވެގެންދިޔައީ، މިއިން ޒަމާނަކު އަމަލު ނުކުރާ ގޮތަށް ސަރުކާރުން މިދިޔަ އީދު ބަންދުގެ ފަހުން އަމަލު ކުރުމުންނެވެ. އެގޮތުން ސަރުކާރުގެ ފަރާތުން މަޖިލީހަށް ހުށަހަޅަން ނިންމާފައިވާ ބިލްތަށް އީދު ބަންދަށް ފަހު މަޖިލިސް ހުޅުވުމުގެ ކުރިން ސަރުކާރުން އިއުލާން ކުރި އެވެ. އެކަމަކީ މަޖިލީހުން އެމެޑަލަ ޖެހުން ހުއްޓުވުމަށް ކުރި ކަަމެއްކަމުގައި ބެލެވެން އެބަ އޮތެވެ.

ހަގީގަތަކީ ވެރިކަން ލިބުނީ ކޯލިޝަނަށް ކަމެވެ. އަދި ވެރިކަމުގައި ހުންނެވީ ރައީސް ސޯލިހެވެ. އެހެން ކަަމުން ސަރުކާރު ހިންގުމުގެ ކަންކަން ނަޝީދު ވެސް އެމަނިކުފާނުގެ އަތްޕުޅަށް ދޫކޮށްލައްވަން ޖެހެއެވެ. މަގާމުތަކަށްވެސް އެމަނިކުފާނަށް އިތުބާރު ކުރެވޭ ބަޔަކު ލުމުގެ ފުރުސަތު ދޭން އެބަ ޖެހެއެވެ. ސަރުކާރު ހިންގުމަށް ނަޝީދުވެސް ވީ ވަރަކުން އެއްބާރުލުން ދެއްވައި ދެން އޮންނަ ރިޔާސީ އިންތިހާބަކަށް ތައްޔާރުވެ ވަޑައިގަތުން މުހިންމެވެ. މި ފަސް އަހަރު ރައީސް ސޯލިިހުއަށް ހަމަޖެހިގެން ވެރިކަން ކުރެއްވޭނެ ގޮތްވާން ޖެހެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފަނޑިޔާރެއްގެ ޤަލަމުން ލިޔުނީމާ ރީއްޗެއް ނުވާނެ!

ސުވާދީބު

ރައްޔިތުންގެ ފައިސާ ވަން 155 އެކައުންޓް ކޮބާ؟ އަދިވެސް ސިއްރެއް!

ސުވާދީބު

މި އަހަރު ދުނިޔޭގެ އިގްތިސާދަށް އަންނާނެ ކަމަށް ބެލެވޭ 10 ބަދަލު

ސުވާދީބު