web analytics
ކަރެކުޝަން

މުނާޒުގެ ދިފާޢުގައި އަނބިކަނބަލުން ނިކުމެވަޑައިގެން ގިނަ ސުވާލުތަކެއް!

ކަރެކްޝަނަލް ސާވިސްގެ އިސްވެރިޔާގެ މަގާމުގައި ހުންނަވަނިކޮށް މަގާމުން ދުރުކުރި އަބްދުﷲ މުނާޒްގެ ދިފާޢުގައި އޭނާގެ އަނބިކަނބަލުން ދިޔާނާ ޠާހިރު ނިކުމެވަޑައިގެންފިއެވެ.

ކުރިން ޓީވީއެމްގެ ޕްރެޒެންޓަރެއްގެ ގޮތުގައި މަސައްކަތް ކުރެއްވި ދިޔާނާ މިއަދު ވަނީ މުނާޒްގެ މައްޗަށް ތުހުމަތުތަކެއްކޮށް، ކަރެކްޝަނަލް ސާވިސްގެ ޤާނޫނީ ވަކީލް އަލީ ރަޝީދު އަހްމަދު މީގެ ކުރިން ކޮށްފައިވާ ޓްވީޓެއްގައި ހިމެނޭ ސްކްރީން ޝޮޓެއް އާއްމުކޮށް ސުވާލުތަކެއް ކުރިމަތިކޮށްފައެވެ.

ރައީސުލްޖުމްހޫރިއްޔާ މަޢާފް ނުދެއްވާ ގައިދީއަކު ޖަލުން ދޫކޮށްލި މައްސަލަ ތަޙްޤީޤު ކުރުމަށް އެކުލަވާލި ކޮމެޓީގައި ހިމެނުނު އަލީ ރަޝީދު މީގެ ކުރިން ވިދާޅުވެފައި ވަނީ ސިއްރު ތަޙްޤީޤުގެ މައުލޫމާތު ހާމަކުރަން މުނާޒް މަޖުބޫރު ކުރެއްވި ކަމަށެވެ.

އަލީ ރަޝީދުގެ ވާހަކަތަކަށް އިޝާރާތްކުރައްވާ ދިޔާނާގެ ޓްވީޓްގައި ވަނީ އަލީ ރަޝީދުގެ ޓްވީޓްގައި ހިމެނޭ ވާހަކަތައް ސާފުކޮށްދިނުމަށް ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ ގެ އަރިހުން އެދިވަޑައިގެންފައެވެ. އެއަށްފަހު ދިޔާނާ އިތުރު ސުވާލުތަކެއް ކުރައްވާފައިވެއެވެ.

“ދޫކުރަން ނުޖެހޭ މީހަކު ދޫކުރީ ކާކު؟ ރައީސް އޮފީސް އިން ކޮންޓެކްޓް ކުރާނެ ފޯކަލް ޕޮއިންޓް ދޭން ބުނުމުން ވަކި އޮފިސަރެއްގެ ނަން ފޮނުވަން ބުނީ ކާކު؟ ޑޮކިއުމެންޓް ފޯކް ކުރިކަމަށް ފުލުހުންގެ ތަހްޤީޤުން އެނގުނު މީހާ މިހާރު ކޮބާ؟” ދިޔާނާ ސުވާލު ކުރައްވާފައިވެއެވެ.

ދިޔާނާގެ ޓްވީޓަށް މުނާޒް ކުރެއްވި ރިޕްލައިއެއްގައި ވިދާޅުވީ ހޯމް މިނިސްޓްރީންނާއި ރައީސް އޮފީސް ތެރެއިން އަދާލަތުގެ ބާރު ކެނޑި އެމްޑީޕީ މިނިވަން ވީމާ ސަރުކާރުގެ ތެރެއިން ތިބެގެން ކުޅޭ ކުޅިގަނޑު އެމްޑީޕީގެ މެންބަރުންނަށް ވަރަށް އަަވަހަށް ސާފު ވާނެ ކަމަށެވެ.

މުނާޒް އެހެން ވިދާޅުވުމުން ދިޔާނާ ކުރެއްވި އިތުރު ޓްވީޓެއްގައި އަނެއްކާވެސް ވަނީ އިތުރު ސުވާލުތަކެއް ކުރައްވާފައެވެ. “ޗެކް ކުރަން ޖެހޭ ކިތައް ލެވަލް އިން ޗެކް ކުރިފަހުން މުނާޒް ސޮއި ކުރީ؟ އޭރު އޮފެންޑާ ސާވިސް އިންޗާޖް ތޮލާލް ޗެކް ކޮށްފައި އޭގެ ފަހުން މުނާޒް ސޮއި ކުރީ؟ އޭނާ ކުށެއް ކުރިކަމަށް ސާބިތުވީމަ މާލޭ ޖަލުގެ އިންޗާޖް (ޑިރެކްޓަރ) ގެ މަގާމު ދީފައި އެހުރީ؟” ދިޔާނާގެ ޓްވީޓްގައި ލިޔުއްވާފައި ވެއެވެ.

Dhiyana Thohir@DhiyanaT

Meena Mikiyaa Ehcheh Saafukohdheynveenuntho @ShimranAb! Dhookuran Nujehey Meehaku Dhookury Kaaku? Raees office in Contact Kuraane focal point Dheyn Bunumun Vaki Officer Ehgge name fonuvan buny Kaaku? Document forge kurikamah police thahugeegun egunu Meehaa Mihaaru Koba?1/2

View image on Twitter

Dhiyana Thohir@DhiyanaT

Check kuran jehey Kithah level in Chk kurifahun Munaz Soikury ? Eyru Offender Service Incharge Tholal Check kohffa Eygefahun Munaz Soikury ? Eyna Kushehkurikamah Saabithuvyma Male’ Jaluge Incharge ( Director) ge Magaamu Dheefa Ehery ?2/2

See Dhiyana Thohir’s other Tweets

މުނާޒްގެ ދިފާޢުގައި އަނބިކަނބަލުން ވާހަކަ ދައްކަވަން ފެއްޓެވިއިރު މުނާޒް ވެސް މަގާމުން ވަކިކުރި ފަހުން އެކިފަހަރު މަތިން ހޯމް މިނިސްޓަރ އިމްރާން އަބްދުﷲ އަށް ފާޑުވިދާޅުވެ ޓްވީޓްތަކެއް ކުރައްވާފައިވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައީސް މައާފު ނުދެއްވާ ގައިދީއަކު މިނިވަންކުރި މައްސަލައެއް ތަހުގިީގު ކުރަން އަންގަވައިފި

ސުވާދީބު

ދެ އަހަރަށް ފަހު, އާއިލާގެ ފަރާތުން ގައިދީންނަށް އަންނައުނު ފޮނުވޭ ގޮތް ހަމަޖައްސައިފި

ސުވާދީބު

ޖަލުތަކުގައި ހަޅުތާލުކުރުން އަދިވެސް ހުއްޓައެއް ނުލާ

ސުވާދީބު