web analytics
ކުއްލި ޙަބަރު

ހުތުރުކޮށް ބޭރުކުރުމުގެ ކުރިން ހުރިހާ ފަނޑިޔާރުން އިސްތިއުފާ ދިނުމަށް އެދިއްޖެ

ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން ހުތުރުކޮށް ބޭރުކުރުމުގެ ކުރިން އިސްތިއުފާ ދިނުމަށް ދެކުނު އެފްރިކާގެ ކުރީގެ ފަނޑިޔާރެއް ރާއްޖޭގެ ސްޕްރީމް ކޯޓުުގެ ފަނޑިޔާރުންނަށް އިންޒާރު ދީފިއެވެ.

މިކަން ހާމަކޮށްފައި ވަނީ ދެންމެ ސްޕްރީމް ކޯޓުން ނެރުނު ބަޔާނެއްގައެވެ.

ސްޕްރީމް ކޯޓުން ނެރުނު ބަޔާނުގައި ވިދާޅުވެފައި ވަނީ އެޓާނީ ޖެނެރަލްގެ އޮފީހުން ޝަރުއީ ދާއިރާ އިސްލާހު ކުރުމުގެ ނަމުގައި ދިރާސާއެއް ކުރެއްވުމަށް ނިިންމަވާ، އެ ދިރާސާ ކުރެއްވުމަށްޓަކައި ދެކުނު އެފްރިކާގެ ބޭފުޅެއް ކަމަށްވާ ރިޓަޔާޑް ޖަސްޓިސް ޔޯހަން ކްރީގްލާ ގެންނަވާ ސްޕްރީމް ކޯޓުގެ ފަނޑިޔާރުންނާ ބައްދަލު ކުރެވޭނެ އިންތިޒާމު ހަމަޖައްސައިވައި ދެއްވުމަށް އެދުމުން، އޭނާއާ ބައްދަލު ކުރި ކަމަށެވެ.

” މި ދެންނެވި މަޝްވަރާ ބައްދަލުވުމުގައި، ޝަރުއީ ދާއިރާގެ ހާލަތު ހުރި ގޮތާއި، ޝަރުއީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުންތަކާއި، އެ ގޮންޖެހުންތައް ހައްލު ކުރުމަށް ރާއްޖޭގެ ސްޕްރީމް ކޯޓުން އިސްނަގައިގެން ދައުލަތުގެ ކަމާ ބެހޭ ފަރާތްތަކާއި ގުޅިގެން ކުރެވެމުންދާ މަސައްކަތްތަކުގެ ތަފްސީލު ހިއްސާ ކުރެވުނެވެ.” ސްޕްރީމް ކޯޓުގެ ބަޔާނުގައިވެއެވެ.

އަދި ސިޔާސީ ނުފޫޒާއި، ބިރު ދެއްކުންތަކާއި، ފަނޑިޔާރު ގޭގެ ހުރުމަތަށް އަރައިގަނެ، ފަނޑިޔާރުންގެ އަގު ވައްޓާލާ، ބަދުނާމު ކުރުމުގެ މަގުސަތުގައި ކުރެވޭ ކަންކަމުގެ ސަބަބުން ގާނޫނު އަސާސީން ކަށަވަރު ކޮށްދީފައިވާ ފަނޑިޔާރު ގޭގެ މިނިވަން ކަަމަށް ކުރިމަތިވެފައިވާ ނުރައްކާތަކުގެ މައުލޫމާތުވެސް އޭނާއަށް ދީފައިވެއެވެ.

“ނަމަވެސް އިހުލާސްތެރި ހެޔޮ ނިޔަތެއްގައި މިކަން ހިއްސާ ކުރުމުން، މީން އެއްވެސް ކަމަކާ މެދު މަޝްވަރާ ކުރުމުގެ ބަދަލުގައި، ދިވެހި ރާއްޖޭގެ ކޯޓުތަކުގެ ފަނޑިޔާރުން މަގާމުން ވަކިކުރުމުގެ ޕްލޭނެއް އެބައޮތް ކަމަށާއި، ހުތުރުކޮށް، އިހާނެތިކޮށް ފަނޑިޔާރުން ބޭރު ކުރުމުގެ ކުރިން މަގާމު ދޫކޮށްލުން ފަދަ ގޮތެއް އިހުތިޔާރު ކުރުން ރަނގަޅުވާނެ ކަމަށް ވިދާޅުވެފައިވޭ،”

އަދި ގާނޫނު އަސާސީ ބަދަލުކޮށްގެން ވިޔަސް ފަނޑިޔާރުގެ އަލުން އެކުލަވާލާނެ ކަމަށާއި، ސިޔާސީ ބާރުތަކާއި ފަނޑިޔާރުގެއާއި ދެމެދު މިހާރު އޮތީ ކުރިމަތިލުމެއް ކަމަށާއި، އެ ކުރިމަތިލުމުން ފަނޑިޔާރު ގެއަށް ލިބޭނީ ބޮޑު ނާކާމިޔާބީއެއް ކަމަށް އޭނާ ތަކުރާރުކޮށް ވިދާޅުވެފައިވެއެވެ. އަދި އޭނާ ތައްޔާރުކުރާ ރިޕޯޓްގައިވެސް ރާއްޖޭގެ ފަނޑިޔާރުން މަގާމުން ވަކި ކުރުމަށް ރިކޮމެންޑް ކުރާ ކަމަށްވެސް ވިދާޅުވެފައިވެއެވެ.

” އޭނާ (ރިޓަޔާޑް ޖަސްޓިސް ޔޯހަން ކްރީގްލާ) ވަނީ ދިވެހި ދައުލަތުގެ ސިޔާދަތީ އެއް ބާރު ކަމުގައިވާ އަދުލު އިންސާފް ގާއިމް ކުރުމުގެ ބާރަށް ވަރަށް ސަރީހަ އިބާރާތުން ބިރު ދައްކާ އިންޒާރު ދީފައެވެ.” ސްޕްރީމް ކޯޓުގެ ބަޔާނުގައި ބުނެފައިވެއެވެ.

ތަފްސީލު އަންނަނީ…

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަޖިލިހުގެ އިންތިޚާބުގައި 87 ގޮނޑިއަށް ވާދަކުރަން އެމްޑީޕީގެ ގައުމީ މަޖިލިހުން ދެންމެ ފާސްކޮއްފި ކުއްލި ޙަބަރު

ސުވާދީބު

ފެންކުންފުނީގެ ޗެއާމަން ގޭގައި މަޑުކުރަން އަންގަވައިފި

ސުވާދީބު

ގއ ކަނޑުހުޅުދޫ ރައްޔިތުން ނިކުމެ “ވަގުން” ހޯދަނީ

ސުވާދީބު