web analytics
ކޮރޯނާވައިރަސް

ކޮރޯނާ ވައިރަސް އުފައްދާފައިވަނީ އެމެރިކާއިން ކަމަށް ޗައިނާއިން ބުނެފި

ހަލުވިކަމާއެކު މިހާރު ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ފެތުރެމުންދާ ނުރައްކާތެރި ކޮރޯނާވައިރަސް (ކޮވިޑް-19) އަކީ އެމެރިކާއިން އުފައްދާފައިވާ ވައިރަސް އެއް ކަމަށް ޗައިނާގެ އިސް އޮފިޝަލަކު ވިދާޅު ވެއްޖެއެވެ. އޭނާ މިގޮތަށް ތުހުމަތު ކޮށްފައި މިވަނީ، ދުނިޔޭގެ އެނޫންވެސް އެހެން ބައެއް ޤައުމުތަކުން އެމެރިކާއަށް މިފަދަ ތުހުމަތުތައް ކުރަމުންދާ ދަނޑިވަޅެއްގައެވެ.

ޗައިނާގެ ފޮރިން މިނިސްޓްރީގެ ތަރުޖަމާނު، ޒައޯ ލިޖިއަން، ވައިރަސް އަކީ އެމެރިކާގެ އުފެއްދުމެއް ކަމަށް ތުހުމަތުކޮށްފައި ވަނީ، ކެނެޑާގެ ވެބްސައިޓެއްގައި އެމެރިކާއަށް ތުހުމަތުތައް ކޮށް ޝާޢިއުކޮށްފައިވާ ލިޔުމެއް އާންމުކުރަމުންނެވެ. އެ ލިޔުން އާންމުކުރަމުން ޒައޯ ބުނެފައިވަނީ، ކުރިން ޤަބޫލުކުރި އެތައް ކަމެއް މިހާރު ބަދަލުވެއްޖެ ކަމަށެވެ.

ޒައޯގެ މިގޮތަށް އެމެރިކާއަށް ތުހުމަތުތަކެއް ކޮށްފައި މިވަނީ، މިދިޔަ އަހަރުގެ އޮކްޓޯބަރު މަހު ޗައިނާގައި އޮތް ބައިނަލްއަޤުވާމީ “މިލިޓަރީ ވޯލްޑް ގޭމްސް” މުބާރާތައް އިޝާރާތްކުރަމުންނެވެ. 100 އަށްވުރެ ގިނަ ޤައުމުން ބައިވެރިވި މި މުބާރާތުގައި އެމެރިކާ އަސްކަރިއްޔާއިން ވެސް ބައިވެރިވެފައިވާއިރު، މި މުބާރާތް ކުރިޔަށް ގެންގޮސްފައި ވަނީ، ދުނިޔެއިން ކޮވިޑް-19 އެންމެ ފުރަތަމަ ފެނުނު، ޗައިނާގެ ހުއާން ސިޓީގައެވެ.

ހުއާން ސިޓީން ކޮވިޑް-19 އެންމެ ފުރަތަމަ ފެނިފައި ވަނީ އޭގެ ފަހުން މިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ ތެރޭގައެވެ. އެއަށްފަހު މުޅި ޗައިނާ މި ވައިރަސްގެ ޝިކާރައަކަށްވެ އަދި ދުނިޔެއަށްވެސް އެކަމުގެ ނުރައްކާ ވަނީ ފޯރާފައެވެ. އެމެރިކާ ބައިވެރިވި މުބާރާތަކަށްފަހު ޗައިނާގެ ހުއާން ސިޓީން ވައިރަސް ފެނިފައިވަނީ ދެޤައުމުގެ މެދުގައި ނުތަނަވަސްކަން ބޮޑުވެފައިވާ ދަނޑިވަޅެއްގައި ކަންވެސް ފާހަގަކޮށްލެވެއެވެ.

ޒައޯގެ ތުހުމަތާއި ގުޅިގެން ޗައިނާގެ ބެއިޖިންގައި ހުންނަ އެމެރިކާގެ އެމްބަސީން އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.

ޒައޯގެ އިތުރުން މީގެ ކުރިން އީރާނުންވެސް ވަނީ ކޮވިޑް-19 އުފެއްދީ އެމެރިކާއިން ކަމަށް ތުހުމަތު ކޮށްފައެވެ. އީރާނުގެ އިސް އޮފިޝަލަކު ވިދާޅުވެފައިވާ ގޮތުގައި ކޮވިޑް-19 އަކީ އެމެރިކާއިން އުފެއްދި ބަޔޮލޮޖިކަލް ހަތިޔާރެއް ކަމަށެވެ.

ޗައިނާއަކީ ކޮވިޑް-19 އެންމެ ބޮޑަށް ފެތުރުނު ޤައުމުވެސް މެއެވެ. މިހާތަނަށް އެޤައުމުން 80814 މީހަކަށް މި ވައިރަސް ޖެހިފައިވާއިރު، އޭގެތެރެއިން 3177 މީހަކު ވަނީ މަރުވެފައެވެ. އެޤައުމުގައި މި ވައިރަސް ޖެހިގެން 4000 އަށްވުރެ ގިނަ މީހުންނަށް ސީރިއަސް ހާލުގައި ދަނީ ފަރުވާ ދެމުންނެވެ.

ރާއްޖެ ހިމެނޭހެން މިހާތަނަށް ދުނިޔޭގެ 127 ޤައުމަކުން މި ވައިރަސް ފެނިފައި ވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ވިއެޓްނާމް އިންވެސް ކޮރޯނާވައިރަސް ފެނިއްޖެ

ސުވާދީބު

އިތުރު ދެ މީހަކު ވައިރަހަށް ޕޮސިޓިވް ވެއްޖެ

ސުވާދީބު

ނޭޕާލް އިންވެސް ކޮރޯނާވައިރަސް ޖެހިފައި ހުރި މީހަކު ފެނިއްޖެއެވެ.

ސުވާދީބު