web analytics
ކޮރޯނާވައިރަސް

ކޮރޯނާ ވައިރަސް ފެތުރެމުންދާއިރު ޝާހިދު މުޅި ދުނިޔޭގައި ދަތުރުކުރައްވާތީ މުނައްވަރުގެ ކަންބޮޑުވުން

ކޮރޯނާ ވައިރަސްގެ ބިރު މުޅި ދުނިޔެއަށް ފެތުރިފައި ވަނިކޮށް ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދާއި ސަރުކާރުގެ އިސްވެރިން މުޅި މާބޮޑު ބޭނުމެއް ނެތި ދުނިޔޭގެ އެތަން މިތަނަށް ދަތުރު ކުރައްވަމުން ދާތީ ކަންބޮޑުވެލައްވާ ކަމަށް ކުރީގެ ފިނޭންސް މިނިސްޓަރު އަހްމަދު މުނައްވަރު ވިދާޅުވެއްޖެއެވެ.

ފޭސްބުކް ގައި ކުރެއްވި ޕޯސްޓެއްގައި މުނައްވަރު ވަނީ، އެތެރޭގެ ދަތުރުތައްވެސް ހިމެނޭގޮތަށް އެންމެހާ ދަތުރުކުރުންތައް ސިޔާސީ ފަރާތްތަކުން އަދި ސަރުކާރުގެ އޮފިޝަލުންވެސް ކުރެއްވުން ހުއްޓާލުމަށް ގޮވާލާފައެވެ. އަދި ހާއްސަކޮށް ޤައުމުން ބޭރަށް ދަތުރެއް ކުރެއްވުމަށްފަހު އެނބުރި ރާއްޖެއައިސް ރާއްޖޭގެ އެތަންމިތަނަށް ދަތުރު ކުރުން މިއީ ވައިރަސް ފެތުރިދާނެ ކަމެއް ކަމަށް މުނައްވަރު ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން ދައުލަތުގެ ހަރަދުތައް ކުޑަ ކުރެއްވުމަށް މުނައްވަރު ވަނީ ގޮވާލައްވާފައެވެ. އަދި ފޮރިން މިނިސްޓްރީގެ ހަރަދު ބޮޑުވެފައިވާކަންވެސް މުނައްވަރު ފާހަގަކުރެއްވިއެވެ. އަދި ދައުލަތުގެ އާމްދަނީ ދަށްވެފައިވާއިރު މިއީ ކަންބޮޑުވާން ޖެހޭކަމެއް ކަމަށް މުނައްވަރު ވިދާޅުވިއެވެ. އަދި ފެބްރުއަރީ 27 އާއި ހަމައަށް ދައުލަތުގެ އާމްދަނީ 782 މިލިއަން ރުފިޔާ އިން މަދުވެފައިވާއިރު ދައުލަތުގެ ހަރަދު 348 މިލިއަން ރުފިޔާ އިތުރުވެފައިވާކަމަށް މުނައްވަރު ވިދާޅުވިއެވެ. މީގެ އިތުރުން މުނައްވަރު ވަނީ މިދިޔަ އަހަރުގެ އެ މުއްދަތާ އަޅާ ބަލާއިރު މުސާރައަށް ކުރި ހަރަދު 64 މިލިއަން ރުފިޔާއިން އިތުރުވިއިރު އިދާރީ ކަންކަމަށް ކުރި ހަރަދުވެސް 129 މިލިއަން ރުފިޔާއިން އިތުރުވިކަން ފާހަގަކުރައްވާފައެވެ.

ދައުލަތުގެ އާމްދަނީ ވަރަށް ބޮޑަށް ދަށްވަމުންދާތީ ސަރުކާރުން ވަނީ ހަރަދުކުޑަކުރުމުގެ ގޮތުން ހާޢްސަ ފިޔަވަޅުތަކެއް އެޅުމަށް އަންގައި ސާކިއުލާއެއްނެރެފައެވެ. ނަމަވެސް އެ ސާކިއުލާ އާއި އެއްގޮތަށް ދައުލަތުގެ ބައެއް ވުޒާރާތަކުން އަމަލު ކުރަމުން ނުދާކަން ފާހަގަކުރެވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ވިއެޓްނާމް އިންވެސް ކޮރޯނާވައިރަސް ފެނިއްޖެ

ސުވާދީބު

ޔެލޯ އެލާޓްގެ ދަށުން އަޅާނީ ކޮން ފިޔަވަޅުތަކެއް؟

ސުވާދީބު

ކޮރޯނާވައިރަހަށް ޝައްކު ކުރެވޭ ދިވެއްސަކު ރާއްޖެ އިން ފެނިއްޖެ

ސުވާދީބު