web analytics
ކޮރޯނާވައިރަސް

އިތުރު ދެ މީހަކު ވައިރަހަށް ޕޮސިޓިވް ވެއްޖެ

ކޮރޯނާ ވައިރަހަށް އިތުރު ދެ މީހަކު ޕޮޒިޓިވްވެފައިވާ ކަމަށް ސަރުކާރުން ދާދި ދެންމެ އަކު ހާމަކޮށްފި އެވެ.

މިހާރު ކުރިއަށްދާ ނޫސްވެރިންގެ ބައްދަލުވުމެއްގައި ކޮރޯނާ ވައިރަހާ ގުޅޭ ތަރުޖަމާނު މަބުރޫކު އަޒީޒު ވިދާޅުވި ގޮތުގައި، ވައިރަހަށް ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ ރިސޯޓުގެ ދެ މީހެއް ކަމަށެވެ.

ކިރިޔާވެސް ފުރުސަތެއް ލިބޭއިރު ސަރުކާރުނ މިދަނީ ރައްޔިތުން ދީނާ ދުރުކުރުވުމަށް މަސައްކަތް ކުރަމުން ރިޕޯޓ އަޑުއެއސެވުމަށް ކްލިކް ކޮއްލައްވާ

އެއާއެކު ރާއްޖޭގައި އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ މީހުންގެ އަދަދު ވަނީ ހައަކަށް އަރައިފަ އެވެ.

ނަމަވެސް، މިއަދުގެ ބައްދަލުވުމުގައި އިތުރު ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެ އެވެ. މަބްރޫކު ވިދާޅުވީ އެންމެ ފަހުން ވައިރަހަށް ޕޮޒިޓިވްވި މީހުންގެ މައުލޫމާތު އެޗްޕީއޭ މެދުވެރިކޮށް ދެވޭނެ ކަމަށެވެ.

އޭގެ ފަހުން އެޗްޕީއޭ އިން ބުނި ގޮތުގައި، ކުރެއްދޫ ރިސޯޓުން ވައިރަހަށް ޓެސްޓު ކުރި މީހުންގެ ތެރެއިން ދެ ބިދޭސީއެއްގެ ސާމްޕަލް ޕޮޒިޓިވްވެފައިވާ ކަމަށެވެ. ނަމަވެސް، އެއީ އެ ރިސޯޓުގައި މަސައްކަތް ކުރާ މުވައްޒަފުންކަމެއް ނޫނީ ޓޫރިސްޓުންކަމެއް އެޗްޕީއޭ އިން ބުނެފައެއްނުވެ އެވެ.

ރާއްޖޭގައި ކޮރޯނާ ވައިރަހަށް އެންމެ ފުރަތަމަ ޕޮޒިޓިވްވެފައިވަނީ ޅ. ކުރެއްދޫ އައިލެންޑް ރިސޯޓްގެ ދެ މުވައްޒަފެކެވެ. އެ ދެ މީހުންނަށް ކޮރޯނާ ވައިރަސް ފެތުރުނީ އެ ތަނުގައި ޗުއްޓީ ހޭދަކުރި އިޓަލީ ޓޫރިސްޓެއްގެ ފަރާތުންނެވެ. އެމީހާ ކޮރޯނާ ވައިރަހަށް ޕޮޒިޓިވްކަން އެނގުނީ އެނބުރި ގައުމަށް ދިޔަ ފަހުންނެވެ.

ދެން ކޮރޯނާ ވައިރަހަށް ރާއްޖޭގައި ޕޮޒިޓްވެފައިވަނީ ބަތަލާ ރިސޯޓްގައި ޗުއްޓީ ހޭދަ ކުރަމުންދިޔަ އިޓަލީގެ ދެ ޓޫރިސްޓެކެވެ.

ކުރެއްދޫ ރިސޯޓަށް އެރުމާއި ފޭބުން މަނާކޮށް އޮރެންޖު އެލާޓް ނެރެފައިވާއިރު އެ ރަށުގައި މި ވަގުތު 699 ޓޫރިސްޓުންނާއި 270 ދިވެހި މުވައްޒަފުންނާއި 420 ބިދޭސީ މުވައްޒަފުން އެބަ ތިއްބެވެ. ޓޫރިސްޓުންގެ ތެރޭގައި 11 އިޓަލީގެ މީހަކު ހިމެނެ އެވެ.

މަބްރޫކު މިރޭ ވިދާޅުވީ ކުރެއްދޫ ގުޅުން ހުރި 90 މީހުން އެކަހެރިކޮށްފައިތިބި ކަމަށާއި، އޭގެ ތެރެއިން 69 މީހަކު ތިބީ ކުރެއްދޫ ރިސޯޓުގައި ކަމަށެވެ. ބާކީ ތިބި މީހުން އެކަހެރިކޮށްފައި އެ މީހުން މި ވަގުތު ތިބި ތަނެއްގައި ކަމަށް މަބްރޫކު އިތުރަށް ވިދާޅުވި އެވެ.

ށ. ފޯކައިދޫގައި ހުރި ކުރެއްދޫ ރިސޯޓްގެ ދިވެހި މުވައްޒަފަކު، ކޮރޯނާ ވައިރަހަށް ޝައްކު ކުރެވޭތީ އޭނާ ކަރަންޓީނު ކުރުމަށް ފަރުކޮޅުފުއްޓަށް ވަނީ ގެންގޮސްފަ އެވެ. އަދި، ފޯކައިދޫގައި އިތުރު ނުވަ މީހަކު ވަނީ އެކަހެރިކޮށްފަ އެވެ.

މީގެ އިތުރުން ކުރެއްދޫގައި ހުރި އިޓަލީ މީހާ، މާލޭގައި ދެ ދުވަހު މަޑުކުރި ކަމަށް މިއަދު ސަރުކާރުން ވަނީ ހާމަކޮށްފަ އެވެ. އޭނާ މަޑުކޮށްގެން ހުރި މާގިރި ހޮޓެލްގެ 15 މީހަކާ އެ ޓޫރިސްޓް ކޮންޓެކްޓްވި އެވެ. އެ އެންމެން ވެސް އެކަހެރިކޮށްފައިވާއިރު އެއިން މީހެއްގެ ފަރާތުން އަދި އަލާމާތެއް ނުފެނެ އެވެ. ނަމަވެސް އެ ޓޫރިސްޓް، ޓިކެޓް ގަތް ޔުނިވާސަލްގެ ޓިކެޓް އޮފީހުގެ މުވައްޒަފެއްގެ ފަރާތުން އަލާމާތްތައް ފެންނާތީ މިހާރު އޭނާ ކަރަންޓީނު ކުރުމުގެ މަސައްކަތް ދަނީ ކުރަމުންނެވެ. އޭނާ ކަރަންޓީނު ކުރަނީ ފަރުކޮޅުފުށީގަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޔެލޯ އެލާޓްގެ ދަށުން އަޅާނީ ކޮން ފިޔަވަޅުތަކެއް؟

ސުވާދީބު

ސިންގަޕޫރުން ކޮރޯނާވައިރަސް ފެނިއްޖެ

ސުވާދީބު

ވިއެޓްނާމް އިންވެސް ކޮރޯނާވައިރަސް ފެނިއްޖެ

ސުވާދީބު