web analytics
އައްޑޫ ސިޓީ ްކޮލަމ

ހުޅުމީދޫ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް އެރައްޔިތުންނަށް ނޭނގި ނަޝީދަށް އެނގިވަޑައިގަންނަވަނީކިހިނެތް؟

އައްޑޫ ސީޓީ ހުޅުދޫއާއި މީދޫ ރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ރައްޔިތުން މަޖިލިހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް، މުޙައްމަދު ނަޝީދު ވިދާޅުވެދެއްވައިފިއެވެ. އެމަނިކުފާނު ވިދާޅުވި ގޮތުން އެދެރަށުގެ ބައެއް ބޭފުޅުން އެދިވަޑައިގަންނަވާ ގޮތަށް، ހުޅުދޫ އާއި މީދޫ އައްޑޫ ސިޓީއިން ވަކިވުމަކީ ރަނގަޅު ގޮތެއް ނޫނެވެ. ރަނގަޅު ގޮތަކީ އައްޑޫ ސިޓީގެ ބައެއްގެ ގޮތުގައި ދެއަވަށް ދެމި އޮތުމެވެ.

ހުޅުދޫ އާއި މީދޫގެ ރައްޔިތުންނަށް ރަނގަޅު ގޮތެއް އަޅުގަނޑަކަށް ނޭނގެއެވެ. އައްޑޫ ސިޓީއިން އެދެއަވަށް ވަކިވެގެން ލިބޭ ފައިދާއެއް އަދި ގެއްލުމެއްގެ އަސަރެއްވެސް އަޅުގަނޑަކަށް ނުކުރާނެއެވެ. އަޅުގަނޑުގެ އެއްވެސް މަޞްލަޙަތެއް އެދެރަށާ ގުޅިފައި ނެތެވެ. އެހެންވީމާ އައްޑޫ ހުޅުދޫ މީދޫގެ ވާހަކަ އަޅުގަނޑު މިލިޔަނީ ކީއްވެ ހެއްޔެވެ؟ އަޅުގަނޑާ ބެހުމެއް ނުވާ ކަމެއްގެ ތެރެއަށް ބޭނިގެން، ދަލު ބޭރުން ޖެހިގެން މިއުޅެނީ ކީއްވެ ހެއްޔެވެ؟

އާދައިގެ ގޮތެއްގައި ކުރުކޮށް ދަންނަވާނަމަ، އަޅުގަނޑުމެންގެ ބައެއް ސިޔާސީ ލީޑަރުންގެ ދެފުށް ދެގޮތް ކަމުގެ ސަބަބުން ހަނުނުހުރެވިގެން އެއްޗެއް ދަންނަވައިލަން ޖެހުނީއެވެ. ހުޅުދޫއާއި މީދޫގެ ރައްޔިތުންނަކީ ދިވެހިރާއްޖޭގެ ނިސްބަތުން ތަޢުލީމީ ބައެކެވެ. މާލެއިން ދަނޑިކޮށީ ޢާއިލާ ބޭފުޅަކު ވަޑައިގެން ކަންކުރަންވީ ގޮތް ވިދާޅުވެނުދެއްވައިގެން ކަމެއް ކުރާންވީ ގޮތެއް ނޭނގިފައި ތިބެންޖެހޭހައި ނިކަމެތި ބައެއްވެސް ނޫނެވެ. އަދި އަމުދުން ސިޓީއެއްގެ ބައެއްގެ ގޮތުގައި އެދެއަވަށް އޮތުމުން ލިބުނު ފައިދާއެއް ވިއްޔާ އެފައިދާއެއް، އަދި ލިބިފައި އޮތްނަމަ ލިބުނު ގެއްލުމެއް ތަޙައްމަލުކުރަންޖެހުނީ އެދެއަވަށު ރައްޔިތުންނަށެވެ.

އެހެންވީމާ ރައީސް ނަޝީދު މިދައްކަވަނީ ކޮން ވާހަކައެއްތޯއެވެ؟ ރައްޔިތުންގެ ކަންކަމުގައި ބަސްބުނުމުގެ ޙައްޤު އޮންނާނީ ރައްޔިތުންނަށް ކަމުގައާއި، ވެރިކަން ހިނގަންވާނީ ރައްޔިތުން ބުނާ ގޮތަކަށް ބޭނުންވާ މިސްރާބަކަށް ކަމުގައި ވިދާޅުވުމަށްފަހު މިހައިރު މިދައްކަވަނީ ކޮން ވާހަކަފުޅެއް ހެއްޔެވެ؟ އެމަނިކުފާނުވެސް ހުޅުދޫ މީދޫ ރައްޔިތުންނާ ބައްދަލުކުރައްވައި އެރައްޔިތުން ބޭނުންވާ ގޮތެއް އެއްސެވުމުގެ ބަދަލުގައި، އެރައްޔިތުންނަށް އެންމެ ރަނގަޅު ގޮތް ވިދާޅުވެދެއްވަނީއެވެ.

މިކަމުގައި އަޅުގަނޑު ހިތަށް އައީ މިއީ ރާއްޖޭގެ އެހެން ސިޔާސީ ލީޑަރަކު ކުރެއްވި ކަމެއްނަމަ، އެކަމުގައި ނަޝީދުގެ ވާހަކަފުޅު ހުންނާނެ ގޮތެވެ. ވިދާޅުވާނެ ގަދަ ބަސްފުޅެވެ. އެމަނިކުފާނުގެ އިންތިހާޒީ (އޮޕޮޗޫނިސްޓިކް) ޠަބީޢަތް ނިޔާކުރާނީ ހުޅުމީދޫއަށް ވަޑައިގެން ރަށު މެދުގައި މުޒާހަރާކުރައްވާށެވެ. އެހެން ސިޔާސީ ލީޑަރަކު އެފަދަ ބަސްފުޅެއް ވިދާޅުވުމުން އެވާނީ ފިނިކޮޓަރީގައި މާލޭގެ އުސް ބުރުޖުތަކުގައި ތިއްބަވާފައި ނުކުމެވަޑައިގެން ރައްޔިތުންނަށް ގޮތް ވިދާޅުވެދެއްވުން ކަމުގައެވެ. ނަޝީދު އެފަދަ ވާހަކަފުޅެއް ވިދާޅުވުމަކީ އެއީ ހަމަ ރައްޔިތުން ބޭނުންވާ ގޮތް ވިދާޅުވުމެވެ.

ޑިމޮކްރަސީގެ ބަޠަލުގެ ގޮތުގައި އެމްޑީޕީން ޞިފަކުރާ، އަދި އަމިއްލައަށްވެސް އެކަމަށް ދަޢުވާކުރައްވާ ރައީސް ނަޝީދަކީ މާދަމާ ހުޅުމީދޫގައި ދިރިއުޅުއްވާނެ ބޭފުޅެއް ނޫނެވެ. ހުޅުމީދޫގައި އޮންނަ ދަތިކަމެއް، އުދަގުލެއް ނަޝީދު ތަޙައްމަލުކުރައްވާކަށް ޖެހިވަޑައިނުގަންނަވާނެއެވެ. އެއީ އަޅުގަނޑަށްވެސް އެކަން ތަޙައްމަލުކުރާން ނުޖެހޭ ބީދައިންނެވެ. އެހެންވީމާ އަޅުގަނޑާއި ނަޝީދަށްވެސް މިބަހުސްގައި ޖާގައެއް ނެތެވެ. އަޅުގަނޑުމެންނަށް އޮތީ އަޑުއެހުމެވެ. އެދެއަވަށުގެ ރައްޔިތުން ބޭނުންވާ ގޮތަކީ ކޮބައިކަން ދެނެގަތުމެވެ. ނަޝީދަށް އޮތީ އެމަނިކުފާނު އެވިދާޅުވާ ގޮތަށް ރައްޔިތުން ބޭނުންވާ ގޮތަށް ރައްޔިތުންގެ ކަންކަން ނިންމަވައިދެއްވުމެވެ. އަޅުގަނޑަށް އޮތީ ރައްޔިތުން ގޮތެއް ބޭނުންވެގެން އެގޮތެއް ބުނީމާ އެވާހަކަ ނޫހުގައި ލިޔެލުމެވެ.

ސުވާދީބު ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިން ވުމަށް ދައުވަތު އަރުވަމެވެ  މިލިންކަށް  ކްލިކް ކޮއްލައްވާ އެންމް ފަހުގެ ހަބަރު ލިބި ވަޑައިގަންނަވާނެ. ވީހާވެސ ގިނަ ބޭފުޅުން ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިންވުމަކީ  ސުވާދީބު ވެބްސައޓް ޓީމަށް ލިބިގެންދާނެ ވަރަށްވެސް ރަގަޅު ހިތްވަރެކެވެ. ކިއުންތެރިންގެ ފަރާތުން އެއްބާރުލުން ދެއްވުން އެދެމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ރައީސް ނަޝީދުގެ ގޮތް ނޭނގޭ އައްޑޫ ދަތުރުފުޅު!

ސުވާދީބު

ސުވައިދީބު ޕާލަމެންޓް މާ މިނިވަން، މާ ބިރުވެރި!

ސުވާދީބު

ކެޔޮނިރު: ޓޫރިޒަމް މިނިސްޓަރު ރިސޯޓްތަކަށް ކުރައްވާ “ހިލޭ” ދަތުރުތައް ކޮންޓްރޯލް ކުރުން

ސުވާދީބު