web analytics
އިންޑިއާ

އިންޑިއާގެ މުސްލިމުންނަށް އަނިޔާ ކުރާ މައްސަލަ ރާއްޖެއިން ކުށްވެރި ނުކުރަނީ ކީއްވެ؟

ރާއްޖެއަކީ އެހެން ޤައުމުތަކުގައި މުސްލިމުންނަށް އަނިޔާއެއް ލިބެމުންދާނަމަ، އެއަނިޔާއެއް ކުށްވެރިކޮށް އެކަމުން މުސްލިމުން ސަލާމަތްކުރައްވާތޯ ދުޢާކޮށް އަދި އެކި ގޮތްގޮތުން އެޤައުމުތަކުގެ މުސްލިމުންނަށް އެހީތެރިކަން ވެސް ފޯރުވަމުން އަންނަ ޤައުމެކެވެ.

ނަމަވެސް މިދިޔަ އާދީއްތަ ދުވަހުން ފެށިގެން އިންޑިއާގެ ވެރިރަށް ނިއުދިއްލީ ގައި ގިނަ އަދަދެއްގެ މުސްލިމުންނަށް ދެމުންއަންނަ އަނިޔާތަކަށް މިއަދާއި ހަމައަށް ވެސް ދިވެހި ސަރުކާރުން ދީފައިވަނީ ބީރު ކަންފަތެކެވެ. އެއަނިޔާތައް ކުށްވެރިކޮށް ރާއްޖޭ ސަރުކާރުން ބަހެއް ނުބުނެ ހަނުހުރުމުގެ ސަބަބުން، އެތައް ދިވެހިންގެ ފާޑުކިޔުން ސަރުކާރަށް މިވަނީ އަނެއްކާވެސް އަމާޒުވެފައެވެ.

އިންޑިއާގެ ރައްވެހިކަމާއި ބެހޭ ޤާނޫނަށް ގެނައި އިސްލާޙުގެ ސަބަބުން ހިނގަމުންދާ ހަމަނުޖެހުންތަކުގައި 32 މީހުން މަރުވުމުގެ އިތުރުން 200 އެއްހާ މީހުންނަށް ވަނީ އެކިވަރުގެ އަނިޔާތައް ލިބިފައެވެ. މި ހަމަނުޖެހުންތަކުގެ ތެރެއިން ހިންދޫން ވަނީ މުސްލިމުންގެ ގެތަކަށާއި ފިހާރަތަކުގެ އިތުރުން މިސްކިތެއްގައި ވެސް ރޯކޮށްލާފައެވެ. އަދި އުމުރުން 14 އަހަރުގެ މުސްލިމު ކުޑަ ކުއްޖެއް ގައިގައިވެސް ރޯކޮށްލާ އެކުއްޖާ މަރާލާފައިވެއެވެ.

މުސްލިމުންނަށް އިންޑިއާގެ ހިންދޫންތަކެއް ދެމުންއަންނަ މިއަނިޔާތައް އިސްލާމީ ބޮޑެތި ޤައުމުތަކުންނާއި ޖަމާޢަތްތަކުން ވެސް އަންނަނީ ކުށްވެރިކުރަމުންނެވެ. ނަމަވެސް ސައްތައިން ސައްތަ އިސްލާމް ޤައުމެއްކަމަށް ބުނަމުން އަންނަ މިދިވެހި ރާއްޖޭގެ ސަރުކާރުން އަދިވެސް އޮތީ ހަނުއެވެ. މިކަމާއި ގުޅިގެން މީސްމީޑިއާގައި ގިނަ އަދަދެއްގެ މީހުން އަންނަނީ ނުރުހުން ފާޅު ކުރަމުންނެވެ.
އެގޮތުން ބައެއް ފަރާތްތަކުން އަންނަނީ މިޔަންމާގެ ރޮހިންޔާ މުސްލިމުންގެ ދިފާއުގައި ސަރުކާރުން ތެދުވި ގޮތަށް އިންޑިއާގެ މުސްލިމުންނަށް ކުރަމުންދާ އަނިޔާތަކާ ދެކޮޅަށް ވެސް ތެދުވެ މިކަން އެންމެ ކުޑަމިނުން ކުށްވެރި ކުރަންޖެހޭ ކަމަށް ވެސް ބުނަމުންނެވެ.

ރައްޔިތުންގެ މަޖިލިހުގެ ކެންދޫ ދާއިރާގެ މެމްބަރު އަލީ ޙުސެއިން ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައިވަނީ އިންޑިއާ އަކީ ގިނަ ގޮތްގޮތުން ރާއްޖެއާ ގާތް ގުޅުމެއް ބާއްވަމުން އަންނަ ގައުމެއް ކަމަށްވީ ނަމަވެސް މިކަމުގައި އަޑުނުއުފުލަންޖެހޭ ސަބަބެއް ނެތް ކަމަށެވެ.

ގިނަ މީހުން ބުނާ ގޮތުގައި، މުސްލިމުންނަށް ދެމުން އަންނަ އަނިޔާތައް ކުށްވެރިކުރަން ރާއްޖޭ ސަރުކާރަށް ނުކެރިގެން އުޅެނީ ވެސް އިންޑިއާއާއެކު ސަރުކާރުން ގާތްގުޅުމުގެ ސަބަބުންނެވެ. މިކަމުގެ ބާރު ލިބޭ އެއް ހެއްކަކީ އިންޑިއާގެ މުސްލިމުންގެ މެޖޯރިޓީ އޮންނަ ކަޝްމީރު ސްޓޭޓަށް ދީފައިވާ ހާއްސަ އިމްތިޔާޒުތައް އުވާލުމަށް ނިންމި މައްސަލާގައި ވެސް ރާއްޖެ އިން ނަގާފައިވަނީ އިންޑިއާ ކޮޅެވެ. އެކަމާއިމެދު ރާއްޖޭގެ ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދު ކުރެއްވި ޓްވީޓެއްގައި ވެސް ވިދާޅުވެފައިވަނީ އެއީ “އިންޑިއާގެ ދާޚިލީ މައްސަލައެއް” ކަމަށެވެ. ނަމަވެސް ގިނަ ދިވެހިން ވަނީ އަބްދުﷲ ޝާހިދުގެ އެޓްވީޓަށް ފާޑުކިޔާ، އެއީ ހަމައެކަނި މިނިސްޓަރގެ އަމިއްލަފުޅު ވިސްނުމެއްކަމަށް ބުނެ، ދިވެހިން ތިބީ ކަޝްމީރުގެ މުސްލިމުންނާއެކު ކަމަށް ބުނެ ހޫނުގަދަ ރައްދެއް ދީފައެވެ.

ކަޝްމީރު މައްސަލާގައި ރާއްޖެ އިން އިންޑިއާ ކޮޅަށް އެރިއިރު، އެ މައްސަލާގައި ދުނިޔޭގެ ބާރުގަދަ ބައެއް ގައުމުތަކުން އިންޑިއާގެ ސަރުކާރަށް ފާޑުވެސް ކިޔާފައިވެއެވެ. އެގައުމުތަކުގެ ތެރޭގައި އިނގިރޭސިވިލާތާއި އެމެރިކާވެސް ހިމެނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މޯދީގެ ދަތުރުގައި ގިނަ އެއްބަސްވުންތަކެއްގައި ސޮއިކުރަނީ

ސުވާދީބު

މުސްނިފު ގޮވައިގެން އިންޑިޔާގެ ބިލިޔަނަރު ވެރުމާ، 100 މިލިޔަން ހޯދަން ކޯޓަށް ދާނެތަ؟

ސުވާދީބު

މޯދީއަށް މަރުހަބާ، އެކަމަކު އެއްބަސްވުންތަކުގެ ތަފްސީލްތައް ހާމަކުރޭޭ: ޕީޕީއެމް

ސުވާދީބު