web analytics
މަރު

ހައި ކޯޓުގެ ހުކުމާ ގުޅިގެން އަނަސްގެ މަރުގެ މައްސަލައަށް ހުރަސްތަކެއް

ޖިނާއީ އިޖްރައާތުގެ ގާނޫނު އޮތްގޮތުން ޖިނާއީ އެއްވެސް މައްސަލައެއްގައި ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ކަނޑައެޅި މައްސަލައާ ގުޅިގެން ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި، ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލަ ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް މިއަދު ކުރިމަތިވެއްޖެއެވެ.

ޖިނާއީ މައްސަލަތަކުގައި މިހާރު ގާނޫނު އޮތްގޮތުން ސިއްރުން ހެކިބަސް ނުނެގޭނެ ކަމަށް ހައި ކޯޓުން ހުކުމް ކުރީ މިދިޔަ މަހުގެ ފަހުކޮޅެވެ. އަދި އެ ހުކުމް ޕްރޮސެކިއުޓަ ޖެނެރަލް އޮފީހުގެ ފަރާތުން ވަނީ ސުޕްރީމް ކޯޓުގައި އިސްތިއުނާފްކޮށްފައެވެ.

އަނަސްގެ މައްސަލަ ކުރިއަށް ގެންދިއުމަށް ހުރަސްތަކެއް ކުރިމަތިވި އިރު، އެ މައްސަލައިގައި ދައުވާ ލިބޭ މީހުންނާ ދެކޮޅަށް ދައުލަތުން ވަނީ ސިއްރު ގިނަ ހެކިތަކެއް ވެސް ހުށަހަޅައިފައެވެ.

މިދިޔަ މަހުގެ 28 ވަނަ ދުވަހު ހައިކޯޓުން، ކުރީގެ އުއްތަމަ ފަނޑިޔާރު އަބްދުﷲ ސައީދުގެ ޖަލު ޙުކުމް ބާތިލް ކުރަން އިއްވި ޙުކުމުގައި ސިއްރުން ހެކިބަސް ނެގުމާއި ގުޅޭ ގޮތުން ހިމަނާފައިވާ ބައިތަކާއި ގުޅިގެން ޖިނާޢީ ބޮޑެތި މައްސަލަތަކުގައި ވެސް ސިއްރުން ހެކިބަސް ނުގުން މި ވަނީ މަޑު ޖެހިފައެވެ.

ހައިކޯޓުން އިއްވި ޙުކުމުގައި ބުނެފައި ވަނީ 1976 ވަނަ އަހަރު އަމަލުކުރަން ފެށި ހެއްކާއި ބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތްތަކުގެ ތެރެއިން ގޮތަކަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވާއިރު، ހެއްކާބެހޭ ޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނަކަމަށެވެ.

ހެއްކާބެހޭ ޤާނޫނު އަކީ 23 ސެޕްޓެންބަރ 1976 ގައި ވުޖޫދަށް އައިސްފައިވާ ޤާނޫނަކަށް ވާއިރު އެ ޤާނޫނަށް އެއްވެސް އިސްލާހެއް މިއަދާހަމައަށްވެސް އައިސްފައި ނުވާކަމާއި، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގެ 149 ވަނަ މާއްދާގެ (ހ) ގައިވާ ފަދައިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކޮށް ހެކިބަސްދެނީ ކާކުކަން ނޭނގޭގޮތަށް ހެކިބަސް ނެގުމުގެ އިޚުތިޔާރު ފަނޑިޔާރަށް ލިބިގެންވަނީ ހެއްކާބެހޭ ޤާނޫނުގައި ބަޔާންކޮށްފައި އޮންނަޖެހޭ ޙާލަތްތަކުގައި، އަދި އެޤާނޫނުގައި ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭނެ ގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައި އޮންނަންޖެހޭ ގޮތްތަކުގެ ތެރެއިން ގޮތަކަށް ކަމަށް ބަޔާންކޮށްފައިވާއިރު، ހެކިބަސް ދޭމީހުން ޙިމާޔަތްކޮށް، ރައްކާތެރި ކުރެވޭގޮތަށް ހެކިބަސް ނެގުމަށް ކަނޑައަޅާފައިވާ ގޮތެއް ނުވަތަ ގޮތަތަކެއް ނެތްކަން އެ ޤާނޫނަށް ބެލުމުން އެނގެން އޮންނާތީ އަބްދުﷲ ސައީދާއި ދެކޮޅަށް ތިން ހެކިން ޝަރީޢަތުގެ މަޖިލިހަށް ޙާޟިރުނުކޮށް ހެކިބަސް ނަގާފައިވަނީ ޖިނާޢީ އިޖުރާޢަތުގެ ޤާނޫނާއި ހިލާފަށް ކަމަށެވެ.

7 ވަނަ އަހަރުގެ ޖުލައި މަހުގެ 31 ވަނަ ދުވަހުގެ ރޭ ލިޓަސް ސާވިސް ސެންޓަރުގެ ތެރޭގައި، ރ. މީދޫ ފެންފިޔާޒުގޭ މުހައްމަދު އަނަސް މަރާލި މައްސަލާގައި ދަޢުލަތުން ދައުވާ ކޮށްފައިވާ ހަތް މީހުން ވެސް އެމީހުންގެ މައްޗަށް ކޮށްފައިވާ ދަޢުވާ އަށް އިންކާރުކޮށްފައިވާއިރު މިއަދުގެ އަޑު އެހުމުގައި އޮތީ ސިއްރު ނޫން ހެކިންގެ ގޮތުގައި ހުށަހަޅާފައިވާ ދެ ފުލުހެއްގެ ހެކިބަސް ނެގުމެވެ. ނަމަވެސް އެ މައްސަލައިގައި ދައުވާ ލިބޭ އެއް މުވައްކިލުގެ ޤާނޫނީ ވަކީލް ބަދަލުވެފައިވާތީ އެ ހެކިބަސް ވަނީ ނެގޭގޮތް ނުވެފައެވެ.

އަނަސް މަރާލި މައްސަލައިގައި ދަޢުލަތުން ދައުވާކޮށްފައި ވަނީ ލ. ގަން، ތުނޑި، ނަންނާރިގެ ޖުނައިދު އަބްދުﷲ އާއި ސ. ފޭދޫ ވެސްޓަންވިލާ ހަސަން މަހްފޫޒް އާއި ދަފްތަރު ނަމްބަރު 1746 ސިމާހު މޫސާ އާއި ޅ. ކުރެންދޫ އަސުރުމާގެ އަހުމަދު ޒަޔާނާއި މ. ދިމިޝްގު، އުޘްމާން ޝަރީފާއި މ. ލޮނުމިދިލިގެ އަފްރާހު އަބްދުއްރައްޒާޤު އަދި ތ. ކިނބިދޫ ގުލްފާމްގެ މުހައްމަދު ޝާޒްގެ މައްޗަށެވެ.

މި މީހުންގެ ތެރެއިން، މުހައްމަދު ޝާޒް އާއި، ޖުނައިޙު ޢަބްދުﷲ އާއި، ޙަސަން މަޙުފޫޒު އާއި ސިމާޙު މޫސާގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގައި ބައިވެރިވުމުގެ ކުށުގެ ދައުވާ އެވެ. ނަމަވެސް އަޙުމަދު ޒަޔާން އާއި، އުޘްމާން ޝަރީފާއި، އަފްރާޙް ޢަބްދުއްރައްޒާޤުގެ މައްޗަށް ދަޢުލަތުން ކޮށްފައިވަނީ، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްތުގައި މީހަކު މެރުމުގެ ކުށުގެ ދަޢުވާއެވެ.

ދެން މި މައްސަލައިގެ އަޑުއެހުމެއް ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ މަހުގެ 2 ވަނަ ދުވަހުއެވެ. އެދުވަހު 4 މީހެއްގެ ހެކިބަސް ނެގުން އޮންނާނެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ސީޕީ ހަމީދާއި އިމްރާނަށް އިތުބާރު ނުކުރާކަމަށް ރިޟްވާން ބޭބެވެސް ބުނެފި

ސުވާދީބު

ދޮގު އުއްމީދެއްގެ ފަހަތުން ދުއްވަން ނަހަދާ: ރިލްވާން އާއި ޔާމީންގެ އާއިލާ

ސުވާދީބު

ރިޟްވާންގެ މައްސަލަ ބަލަނީ ފުލުހުންނެއް ނޫން، ކޯޓު އަމުރު ހޯދަން ޖެހޭނީ ކޮމިޝަނުން – ސީޕީ ހަމީދު

ސުވާދީބު