web analytics
މަޖިލިސް މެމްބަރުން

އެހެން ރަށްރަށުން ބިން ދޫކޮށްލީމަ ހުޅުމާލެއިން ގޯތިދޭން ޖެހޭ – އަލީ ހުސައިން

އަތޮޅުތެރޭ ރަށްރަށުން ބިން ދޫކޮށްލުމުން ހުޅުމާލެއިން އެރައްޔިތުންނަށްވެސް ގޯތިދޭން ޖެހޭ ކަމަށް ކެންދޫ ދާއިރާގެ މެންބަރު އަލީ ހުސައިން ވިދާޅުވެއްޖެއެވެ.

މެންބަރު އަލީ ހުސައިން މިހެން ވިދާޅުވެފައި ވަނީ މާލޭ އިން ބިން ދޫކޮށްލުމުން ހުޅުމާލެއިން ބިމެއް ދޭގޮތަށް ސަރުކާރުން ނިންމި ނިންމުމާއި ގުޅިގެންނެވެ. ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ވަނީ މާލޭގެ ބިން މިލްކުވެރި ފަރާތުން ދޫކޮށްލުމުން އޭގެ ބަދަލުގައި ހުޅުމާލެއިން ބިމެއް އެމީހަކަށް ދޭގޮތަށް ލިއުންދީ މިއަހަރުގެ ތެރޭގައި ހުޅުމާލެއިން ގޯތި ދޫކުރަން ފަށާނެކަން އިއުލާންކޮށްފައެވެ.

އެޗްޑީސީ އިން ނެރުނު ނޫސްބަޔާނެއްގައި ވިދާޅުވެފައި ވަނީ ރައީސް އިބްރާހިމް މުހައްމަދު ސާލިހް ދެއްވި ރިޔާސީ ބަޔާނުގައިވާ ފަދައިން، ވެށިފަހު ޕްރޮގްރާމްގެ ދަށުން މާލެއިން ބިންކޮޅު ދޫކޮށްލާ މީހުންނަށް މިހާރު ދޫކޮށްފައިވާ ލިއުމާއި އެކު ހުޅުމާލެއިން ގޯތި ދޫކުރުން މިއަހަރުގެ ތެރޭގައި ފެށުމަށް ނިންމާފައިވާ ކަމަށެވެ.

މިކަން މިހެން އޮތް ނަމަވެސް ސަރުލާރަށް ތާއިދު ކުރާ ބައެއް މެންބަރުވެސް ވަނީ ސަރުކާރުގެ މިނިންމުމާއި ގުޅޭ ގޮތުން ނުރުހޭ ކަން އިއުލާން ކޮށްފައެވެ. އެގޮތުން ބައެއް މެންބަރުން ބުނެފައި ވަނީ މާލޭގައި އޮންނަ ކުޑަ ބިންކޮޅު ދޫކޮށްލުމުން ހުޅުމާލެއިން ބޮޑު ބިމެއް ދިނުމަކީ އިންސާފު ނޫން ކަމަށެވެ. އަދި މިއަށްވުރެ ހުޅުމާލެއިން ބިމަށް ބޭނުން ޖެހިފައިވާ މީހުންނަށް ބިން ދޫކުރުން މުހިންމު ކަމުގައި އެހެން މެންބަރުން ވަނީ ފާހަގަކޮށްފައެވެ.

ކުރީގެ ރައީސް ޔާމީންގެ ސަރުކާރުގައި ހުޅުމާލެ ދެ ވަނަ ފިޔަވަހިން 240 ހެކްޓަރުގެ ބިން ވަނީ ހިއްކައިފަ އެވެ. އެތަނުގައި ސޯޝަލް ހައުސިން އަށް 7،000 ފްލެޓް އިމާރާތް ކުރުމުގެ މަސައްކަތް މިހާރު ވަނީ ގާތްގަނޑަކަށް ނިމިފައެވެ.

އެހެން ނަމަވެސް ހުޅުމާލޭ ދެވަނަ ފިޔަވަހިން ބިންދޫކުރުމަކަށް އަދި ނިންމާފައެއް ނުވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ނުހައްގު މުއްސަނދިކަން ކުށަކަށް ހަދަން ވަކި ގާނޫނެއް އޮންނަން ޖެހޭ: ނަޝީދު

ސުވާދީބު

ޑރ.ބިލާލް ފިލްޕްސްއަކީ ހަރުކަށި ފިކުރުގެ މީހެއް: އީވާ

ސުވާދީބު

ސީ ޕްލޭން ޓާމިނަލްއަކީ ގެއްލުމުގެ ބަދަލު ފަހުން ދޭން ހެދި ތަނަކަށް ވެގެންނުވާނެ: އެމްޕީ ޢަލީ ޙުސައިން

ސުވާދީބު