web analytics
މަޖިލިސް މެމްބަރުން

ޓީއެމްއޭގެ ވަކީލުންގެ ތެރޭގައި ރައީސް ނަޝީދުގެ ވަކީލެއް

ޓްރާންސް މޯލްޑިވިއަން އެއާވޭސް (ޓީއެމްއޭ)ގެ ވަކީލުންގެ ތެރޭގައި، ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވަކީލްކަން ކުރައްވާފައިވާ އަދި ރައީސް ނަޝީދު އާއި ގާތް ގުޅުމެއް އޮންނަ ޖެރެޑް ޖެންސާ ހިމެނޭކަން އެނގިއްޖެ އެވެ.

ޖެރާޑް ޖެންސާ އަކީ ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި، ރައީސް ނަޝީދުގެ މައްޗަށް 13 އަހަރުގެ ޖަލު ހުކުމެއް އިއްވުމާއި ގުޅިގެން، އެކުލަވައިލެއްވި ބައިނަލް އަގުވާމީ ވަކީލުންގެ ޓީމްގައި އިސްކޮށް އުޅުއްވި ވަކީލެވެ. އަދި ރައީސް ނަޝީދާއި ގާތްގުޅުމެއް ޖެރާޑް ދަނީ ބާއްވަމުންނެވެ.

ޓީއެމްއޭގެ ވަކީލުންގެ ތެރޭގައި ޖެރަރޑް ހިމެނޭއިރު، ރައީސް ނަޝީދު ޖެރަރޑް ޖެންސާ އާއި ޓީއެމްއޭގެ ފަރާތްތަކާއި ބައްދަލު ކުރި ކަމަށް ބުނެ އެ މައްސަލަ އެންޓި ކޮރަޕްޝަން ކޮމިޝަނަށްވެސް ވަނީ ހުށަހަޅާފައެވެ.

އޭސީސީއަށް ހުށަހެޅި އެ މައްސަލާފަގައި ބުނެފައި ވަނީ ކުރީގެ ސަރުކާރުގެ ދުވަސްވަރު އެމްއޭސީއެލް އާއި ޓީއެމްއޭއާ ދެމެދު ކޮށްފައިވާ މުއާމަލާތާ ގުޅުވައިގެން އަވަސް ހައްލެއް ނުހޯދައިފި ނަމަ ޓީއެމްއޭ އަށް ބަދަލުދޭން ޖެހިދާނެ ކަމަށް ޓީއެމްއޭއަށް ސީޕްލޭން ދިނީ ރައީސް ނަޝީދު ނުފޫޒު ފޯރުވައިގެން ކަމަށެވެ.

ޓީއެމްއޭ މައްސަލައާ ގުޅިގެން ރައީސް ނަޝީދު ވިދާޅުވީ އެމްއޭސީއެލް އާއި ޓީއެމްއޭގެ މުއާމަލާތައް ހިންގާފައި ހުރީ ޔާމީންގެ ސަރުކާރުގައި ކަމަށާއި މިކަމަށް ގޮތެއް ނުހޯދިއްޖެނަމަ ރަންވޭ ހުޅުވުން ލަސްވުމުގެ އިތުރުން ޓީއެމްއޭއަށް ބަދަލެއް ދޭން ޖެހުން ގާތް ކަމަށެވެ.

“ސަރުކާރާއި ޓީއެމްއޭއަށް ވެސް ފައިދާ ހުރި އެއްބަސްވުމަކަށް އައުން ވަރަށް ބޭނުންތެރި. ގޯސްހެދި މީހުން ހޯދައި އަވަސް ތަޙްޤީޤެއް ފަށަން ޖެހޭ.” ނަޝީދު ވިދާޅުވިއެވެ.

ސަރުކާރުން މިހާރު ވަނީ ދެއަހަރު ދުވަހަށް ހަތަރު ބުރިއަށް ހަދާފައިވާ ސީޕްލޭން ޓާމިނަލްގެ އެއް ބުރި މިހާރު ވެސް ޓާމިނަލް ދީފައިވާ އަގުގައި ޓީއެމްއޭއަށް ދޭށެވެ. އެއީ ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގައެކެވެ.

ޓީއެމްއޭއިން ބުނެފައިވާގޮތުގައި، އެ ކުންފުންޏަށް އާ ޓާމިނަލުން 19،000 އަކަފޫޓްގެ ޖާގަދޭން އެމްއޭސީއެލް އިން ކުރިން ޔަގީންކަން ދީފައިވާ ވާތީ، އެ އަށް ބިނާކޮށް، ބައެއް ރިސޯޓްތަކުން ޓާމިނަލްގައި ލައުންޖް ހަދާނެ ޖާގަ ވިއްކާފައެވެ.

ނަމަވެސް އޮޑިޓަރ ޖެނެރަލް ހަސަން ޒިޔަތު ވަނީ އެފަދަ އެއްބަސްވުމެއް އެމްއޭސީއެލް އިން ވެފައި ނެތް ކަމަށް ވިދާޅުވެފައެވެ.

އާ ސީ ޕްލޭން ޓާމިނަލް މައްސަލާގައި އޭސީސީން ބުނަނީ، ލައުންޖް ހަދަން ޖާގަތަށް ދޫކުރަން މަޝްވަރާކުރަމުންދަނީ، މިހާރު ޖާގަ ދޫކޮށްފައިވާ އަގުތަކަށް ވުރެ ކުޑަ އަގެއްގައި ކަމަށާއި އެކަމުގެ ސަބަބުން ދައުލަތަށް ގެއްލުންވާނެ ކަމަށެވެ.

ސުވާދީބު ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިން ވުމަށް ދައުވަތު އަރުވަމެވެ  މިލިންކަށް  ކްލިކް ކޮއްލައްވާ އެންމް ފަހުގެ ހަބަރު ލިބި ވަޑައިގަންނަވާނެ. ވީހާވެސ ގިނަ ބޭފުޅުން ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިންވުމަކީ  ސުވާދީބު ވެބްސައޓް ޓީމަށް ލިބިގެންދާނެ ވަރަށްވެސް ރަގަޅު ހިތްވަރެކެވެ. ކިއުންތެރިންގެ ފަރާތުން އެއްބާރުލުން ދެއްވުން އެދެމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޑރ.ބިލާލް ފިލްޕްސްއަކީ ހަރުކަށި ފިކުރުގެ މީހެއް: އީވާ

ސުވާދީބު

އަނދުން ހުސޭންގެ ދެގޯތި އައްޑޫގައި!

ސުވާދީބު

ނަޝީދުގެ ވާހަކަތައް ޓީއެމްއޭއާއި އެއްކޮޅަށް، ކިހިނެއް މިވަނީ؟

ސުވާދީބު