web analytics
މަޖިލިސް

ކޮރޮޕްޝަން ނައްތާލަން ވަުދުވެ ވެރިކަމަށް އައި ސަރުކާރު ކޮރޮޕްޝަންބޮޑު!؟

މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ (އެމްއޭސީއެލް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް (ވީއައިއޭ) ގައި ރައީސް ޔާމީންގެ ސަރުކާރުން ތަރައްޤީކުރި ސީޕްލޭން ޓާމިނަލް، ނުއަގުގައި ޓްރާންސް މޯލްޑިވިއަން އެއާވޭސްއަށް ދިނުމަށް ސަރުކާރުން ނިންމި ނިންމުމުގައި ރައްޔިތުންގެ މަޖްލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ނުފޫޒު ފޯރުވާފައިވާ ކަމަށް ތުހުމަތުކޮށް އެ މައްސަލަ ބަލަދިނުމަށް އެންޓި ކޮރަޕްޝަން ކޮމިޝަން(އޭސީސީ)އަށް މައްސަލައެއް ހުށަހަޅައިފިއެވެ.

ADS BY REDWAVE

އަމިއްލަ ފަރާތުން ހުށަހެޅި އެ މައްސަލައިގައި ވަނީ، ސީޕްލޭން ޓާމިނަލް ޓީއެމްއޭއަށް ދޭންޖެހޭކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓު ކުރެއްވި ކަމާއި ޓީއެމްއޭގެ ލޯޔަރަކީ ކުރިން ރައީސް ނަޝީދުގެ ލޯޔަރަކަށް އުޅުއްވި ޖެރާޑް ޖެންސާ ކަމަށެވެ.

އަދި 12 ފެބްރުއަރީ 2020 ގައި ރައްޔިތުންގެ މަޖްލީހުގެ އާ އިމާރާތުގެ 7 ވަނަ ފަންގިފިލާގައި ޓީއެމްއޭގެ ބޯޑު މެމްބަރުންނާއި އެކު ރައީސް ނަޝީދު ސިއްރު ބައްދަލުވުމެއް ބޭއްވި ކަމަށާއި، ޓީއެމްއޭ އަށް ޓާމިނަލް ދޭން ޖެހޭނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު ޓުވީޓު ކުރެއްވީ އެ ބައްދަލުވުމަށް ފަހުގައި ކަމަށް އޭސީސީއަށް ހުށަހެޅި މައްސައިގައި ބުނެފައިވެއެވެ.

އެންޓި ކޮރަޕްޝަން ކޮމިޝަނަށް ލިބިދޭ ބާރުގެ ބޭނުންކޮށްގެން ޓީއެމްއޭއަށް، ޓާމިނަލް ދިނުން ވަގުތީގޮތުން ހުއްޓުވުމުގެ އަމުރެއް ނެރެދިނުމަށް ވެސް އެދިފައެވެ.

ރައީސް ނަޝީދުގެ މައްސަލަ ބަލާދޭން އޭސީސީގައި އަމިއްލަ ފަރާތަކުން އެދިފައިވާއިރު، ހަމަ މިމައްސަލައާއި ގުޅިގެން ދާންދޫ ދާއިރާގެ މެމްބަރު ޔައުޤޫބުގެ މައްސަލަވެސް ބަލާދިނުމަށް އަމިއްލަ ފަރާތަކުން ވަނީ އޭސީސީގައި އެދިފައެވެ.

މޯލްޑިވްސް އެއެމްއޭސީއެލުން ވީއައިއޭގައި ހަދަމުން އަންނަ އާ ސީޕްލޭން ޓާމިނަލް ސަރުކާރުން ދީފައި ވަނީ ވަކި ސީޕްލޭން އޮޕަރޭޓަރަކަށް ބޮޑު މަންފާއެއް ލިބި، ދައުލަތަށް ގެއްލުންވާ ގޮތަށް ކަމަށް ތުހުމަތު ކުރެވޭތީ އެ މައްސަލައިގެ ޖިނާއީ ތަހުގީގެއް ކުރަމުންދާ އޭސީސީން ވަނީ މިއަދު ބުނެފައެވެ.

ރައީސް އިބްރާހިމް މުހައްމަދު ސޯލިހްގެ ސަރުކާރުން ނިންމާފައި ވަނީ ގާތްގަނޑަކަށް 5،000 އަކަމީޓަރުގެ ޖާގައެއް އާ ސީޕްލޭން ޓާމިނަލުން ޓީއެމްއޭ އަށް ދެ އަހަރުގެ މުއްދަތަކަށް ދިނުމަށެވެ. އެއީ ހަތަރު ބުރިއަށް ހަދާފައި ހުރި އެ އިމާރާތުގެ އެއް ބުރިއެވެ.

ސުވާދީބު ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިން ވުމަށް  މިލިންކަށް  ކްލިކް ކޮއްލައްވާ އެންމް ފަހުގެ ހަބަރު ލިބި ވަޑައިގަންނަވާނެ

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޓީއެމްއޭ އިން ނަޝީދަށް 13 މިލިއަން ޑޮލަރު ދިންކަމަށް ތުހުމަތުކޮށްފި

ސުވާދީބު

ރާއްޖޭގެ ރައްޔިތުންގެ މަޖިލިހުގައި ޕާކިސްތާނާއި އިންޑިއާގެ ޒުވާބެއް ނަޝީދު މެދުވެރިކޮއް އިންޑިއާއިން ކުޅޭޑްރާމާ!

ސުވާދީބު

މަޖިލީހުގެ ޖަލްސާ ފެށީ ބޮޑު ނުބަޔަކުން: އިޔާޒް

ސުވާދީބު