web analytics
މަޖިލިސް

އެމްޑީޕީއަށް ލޯކަކް ކައުންސިލްގެ މެޖޯރިޓީ ލިބިއްޖެނަމަ ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ ބަދަލުކޮއް ދިވެހިރާއްޖެ ސެކިޔުލާރ ގައުމަކަށް ހަދާން”ސިއްރުން”ތައްޔާރުކުރެވިފައިވާ ޤާނޫނުއަސާސީގެ ދެލިކޮޕީއެއް ތައްޔާރުކޮއްފި

ލިއުނީ މޫސަ

ދިވެހި ޤައުމިއްޔަތު ބިނާވެފައިވަނީ މާތްވެގެންވާ އިސްލާމް ދީނާއި ދިވެހިބަހާއި ދިވެހިން ގަބޫލުކުރާ އިޖުތިމާއީ އަގުތަކުގެ މައްޗަށެވެ. ދިވެހީންގެ ބަހާއި ތާރީޚާއި ސަގާފަތާއި އާދަކާދައިގެ މައްޗަށެވެ. ކުރުކޮށް އެއް ލަފުޒަކުން ދަންނަވާނަމަ، އެއީ ދިވެހިއްޔަތެވެ. ދިވެހިއްޔަތުގެ ތެރޭގައި މި ދެންނެވި ހުރިހާ ބަހާތަކެއް ހިމެނެއެވެ.

މިއަދު ރާއްޖޭގެ ކަންކޮޅުތަކުން އިވޭ ވާހަކަތައް އަޅުގަނޑުގެ ކަންފަތަށް އިވެނީ ނުރައްކާތެރި ރަނގަބީލެއްގެ ސިފައިގައެވެ. ފެންނަ މަންޒަރުތަކުން ސިފަވަނީ ދިވެހިވަންތަކަމާ ބީރައްޓެހި އާދަކާދަތައް ދިވެހީންގެ ތެރޭގައި އަށަގަންނަމުން ދާ ތަނެވެ. މީހުން ދިރިއުޅޭ ރަށްރަށުގައި މިނިވަންކަމާއެކު ލާދީނީ ކަންކަން ތަޢާރުފުވެގެން ދާ ހިތާމަވެރި މަންޒަރުތަކެވެ. ދިވެހި މުޖުތަމަޢުގައި ޤާނޫނާ ޚިލާފަށް ނިވާކަން ކުޑަ ގޮތަކަށް އުޅުނު ފަތުރުވެރިޔަކު، ހުއްޓުވަން މަސައްކަތްކުރުމުން، އެކަން ހުއްޓުވަންކުރި މަސައްކަތަށް ނަފުރަތުކޮށް، އެއީ ފުލުހުން ކުރި ގޯސްކަމެއްކަމަށް ވާހަކަދެކެވުނު މަންޒަރެވެ. އަދި ނިވާކަންކުޑަކޮށް އުޅުމަށް ހިތްވަރު ލިބޭ ގޮތަށް، އޭނާކިބައިން “މަހާބާރުތަކުން” މައާފަށް އެދުނު މަންޒަރެވެ.

މަގުމަތީން ފެންނަނީ ތުއްތުތުއްތު ކުދީންނަށް ދިވެހިބަހުން ވާހަކަދައްކާން ދަސްކޮށްނުދީ އެންމެ ޅަފަތުއްސުރެ ބިދޭސީބަހަށް އަހުލުވެރިކުރުވާ މަންޒަރެވެ. ކީރިތި ރަސޫލާއަށް މަލާމާތްކޮށް އިސްލާމް ދީނަށް ތައުހީނުކޮށް މާތް ﷲގެ ވޮޑިގެންވުމަށް ދެކޮޅުހަދައި މީސްމީޑިއާގައި ފާޑުފާޑުގެ ވާހަކަދައްކައި ރިޕޯޓުތައް ނެރޭ މީހުންނަށް ޢިނާޔަތާއި ޙިމާޔަތް ލިބޭ ތަނެވެ. މި ފަދަ ހައްދު ފަހަނަޅައިފައިވާ ލާދީނީ ވިސްނުމަކީ “މިނިވަން ފިކުރު”ގެ ގޮތުގައި ނަން ދެވި އާއްމުކުރެވޭ ތަނެވެ. އަނެއްކޮޅުން ސުންނަތުގެ ނަމުގައި ދީނުގެ ޙައްދުން ބޭރުވާ ފަރާތްތަކަށާއި، ސުންނަތަށް އުޅެވޭތޯ ބަލާ މީހުންނަކީ “ހަރުކަށި ފިކުރު” ކަމަށް ލޭބަލްކުރެވި ނިރުބަވެރިކަމާ މި ފިކުރާ ގުޅުވޭ ތަނެވެ.

މި ފަހަކަށް އައިސް މިއަށްވުރެ މާ ހިތާމަވެރި ޚަބަރެއް ވެސް އިވެން ފަށައިފިއެވެ. ކިޔަވާ ކުދީން މަޑުމަޑުން، އެކަމަކު ހަމަ ކަށަވަރުން ޤުރުއާނުގެ ޢިލްމާ ދުރުކުރުވޭ ޚަބަރެވެ. ތައްޔާރު ނުވެވުމުގެ ޒިންމާ އުފުއްލާނެ ފަރާތެއް ނެތި އެކަމުގެ ބަހަނާގައެވެ. ދިވެހި ކިޔަވާ ކުދީންގެ ޓެކްސްޓް ފޮތްތަކުގައި “އޮޅުމަކުން” ޣައިރު މުސްލިމުންގެ ދީނީ އަދި ސަގާފީ ވާހަކަތަކާއި މަންޒަރު ހިމެނުނު ތަނެވެ. މި ފަދަ ވާހަކަތައް ހުންނަނީ ކޮންމެހެން އިޖުތިމާޢީ ޢިލްމު ނުވަތަ ތާރީޚު ކިޔަވައިދޭ މާއްދާތަކުގަޔެއް ވެސް ނޫނެވެ. އިނގިރޭސިބަސް ކިޔަވައިދޭން ހަދައިގެން ކިޔަވައިދޭން ހުންނަ ފޮތްފޮތުގައިވެސް މެއެވެ. މިސާލަކަށް: ރާއްޖޭގެ ބައެއް ސްކޫލްތަކުގައި އިނގިރޭސި ކިޔަވައިދޭން ކޭމްބްރިޖުން ތައްޔާރުކޮށްފައިވާ “ގްލޯބަލް އިންގްލިޝް، ލާރނަރސް ބުކް (5)” މިއީ މީގެ ކުޑަކުޑަ މިސާލެކެވެ. މުޖުތަމަޢުތަކުގައި ފާހަގަކުރާ މުނާސަބަތުތައް އޮޅުންފިލުވައިދޭން، މަޢުލޫމާތު ގެނެސްދީފައި ހުރީ “ހޮލީ އިންއިންޑިއާ”، “ޗައިނީޒް ނިއު ޔިއަރ”، “މޭޑޭ” ފަދަ ސުރުޚީތަކުގެ ދަށުގައެވެ. ނަމަވެސް އަޅުގަނޑު ދެކޭ ގޮތުގައި ދިވެހި ރާއްޖޭގައި މަޢުލޫމާތު ފޯރުކޮށްދެވިފައި ހުންނާންޖެހޭނީ “އަޟްޙާ ޢީދު”، “ފިޠުރު ޢީދު”، “ރަމަޟާން މަސް” ފަދަ މައުޞޫޢުތަކުގެ ދަށުގައެވެ. ނަމަވެސް މި ކަންކަމާ ކަން ބޮޑުވާ މީހަކު އުޅޭހެނެއް ވެސް ހިޔެއް ނުވެއެވެ. ހަމައެކަނި ކަންބޮޑުވުމެއް ވެސް ފާޅުކޮށްލެވިފައި، “އޮޅުމެއް”ކަމަށް ބަޔާންކޮށްފައި ވަނީ ވެސް ޅަފަތުގެ ތަޢުލީމުގެ މަރުޙަލާގައި ބޭނުންކުރާން ތައްޔާރުކުރެވިފައި ހުރި ފޮތްތަކަކާ ބެހޭ ގޮތުން އެކަންޏެވެ. މިއީ މިއަދު މި މުޖުތަމަޢުގެ ޙާލަތެވެ.

މިއަށް ވުރެ ބޮޑު ހިތްދަތިކަމެއް ލިބުނީ އަންނަ ލޯކަލް ކައުންސިލް އިންތިޚާބަށް ފަހު ދިވެހިރާއްޖޭގެ ޤާނޫނުއަސާސީ އިޞްލާޙުކުރުމަށްޓަކައި “ބަޔަކު” ތައްޔާރުކޮށްފައިވާ ދެލިކޮޕީއެއްގެ ވާހަކަ އިވުނީމައެވެ. އެއީ ތެދެއްކަމަށް ވެއްޖެ ނަމަ (އެ ގޮތް އިރާދަނުކުރައްވާށިއެވެ!) ދިވެހިރާއްޖެ ސެކިޔުލާރ ގައުމަކަށް ހަދާން ބަޔަކު ޒަމާނުއްސުރެ ކުރާ ލާދީނީ މަސައްކަތުގެ ބޮޑުބައެއް ހާޞިލުވާނެއެވެ. އިވިފައިވާ ގޮތުގައި އަލަށް އިޞްލާހުކުރާން “ސިއްރުން” ތައްޔާރުކުރެވިފައިވާ ޤާނޫނުއަސާސީގެ ދެލިކޮޕީގައި އެންމެ ނުރައްކާތެރި މަކަރުވެރި އިސްލާހެއް ގެންނާން ހުށަހަޅައިފައިވަނީ، މިހާރު އޮތް ޤާނޫނުއަސާސީގެ 10 ވަނަ މާއްދާއަށް ކަމަށް ޚަބަރު ލިބެއެވެ. އެ މާއްދާގައި މިހާރު އޮންނަނީ “10. (ހ) ދިވެހި ދައުލަތުގެ ދީނަކީ އިސްލާމް ދީނެވެ. އަދި އިސްލާމް ދީނަކީ ދިވެހިރާއްޖޭގެ ޤާނޫނުގެ މައިގަނޑު މަޞްދަރެވެ. (ށ) ދިވެހިރާއްޖޭގައި އިސްލާމް ދީނުގެ އަޞްލަކާ ޚިލާފު އެއްވެސް ޤާނޫނެއް ނެހެދޭނެއެވެ.” މިފަދައިންނެވެ. މި މާއްދާއިން ސާފުކޮށް އެނގޭ ގޮތުގައި އިސްލާމް ދީން ނޫން އެހެން އެއްވެސް ދީނަކަށް ދިވެހިރާއްޖެއިން ޖާގައެއް ނެތެވެ.

މި ކަން މި ހެން އޮތް ނަމަވެސް، އަލަށް ތައްޔާރުކޮށްފައިކަމަށް މި ވާހަކަ ދެކެވޭ “ޤާނޫނު އަސާސީގެ އައު ޑްރާފްޓް”ގައި މި މާއްދާ އޮންނަކަމަށް އިވެނީ “ދިވެހިރާއްޖޭގެ ރަސްމީ ދީނަކީ އިސްލާމްދީނެވެ.” މިފަދައިންނެވެ. އިތުރު އެއްވެސް ވާހަކައެއް ނޯވެއެވެ. ފެންނަ ފެނުމަށް ގޯހެއް ނެތްކަމަށް ހީފުޅުވެދާނެއެވެ. ނަމަވެސް ދެ ފޮޅުވަތް ދޭތެރޭގެ މާނައަށް ވިސްނައިލުމުން ދޭހަވަނީ ނުރައްކާތެރި މާނައެކެވެ. “ރާއްޖޭގެ ރަސްމީ ދީނަކީ އިސްލާމް ދީން ކަމަށް ވިޔަސް އެހެން ކޮންމެ ދީނަކަށް އުޅުމަކީ މަނާކަމެއް ނޫނޭ”އެވެ. ބަހާބެހޭ ގޮތުން މިހާރު ޤާނޫނު އަސާސީގެ 11 ވަނަ މާއްދާގައި އޮންނަނީ “11. ދިވެހިރާއްޖޭގެ ޤައުމީ ބަހަކީ ދިވެހިބަހެވެ.” މިފަދައިންނެވެ. އެހެންކަމުން ދިވެހިބަސް ނޫން ބަސްބަސް ދިވެހިރާއްޖޭގައި ބޭނުންކުރާކަށް ޤާނޫނުއަސާސީ މަނައެއް ނުކުރެއެވެ. އެހެންވީމާ 10 ވަނަ މާއްދާ އެ ގޮތަށް ބަދަލުކޮށްފި ނަމަ، ހުރިހާ ދީނެއް ރާއްޖޭގައި މިނިވަންކަމާއެކު ބޭނުންކުރުމުގެ ފުރުޞަތު ހުޅުވުނީއެވެ. ސެކިޔުލާރ (ލާދީނީ) ގައުމަކަށް ރާއްޖެ ބަދަލުވީއެވެ. ކާބަފައިން އެތައް ޤުރުބާނީއެއް ވެގެން ގެނައި ޤައުމިއްޔަތު ފުނޑުފުނޑުވީއެވެ. ސައްތައިންސައްތަ ޤައުމެއްގެ ޝަރަފު އަބަދުގެ އަބަދަށް ބީވެގެންދިޔައީއެވެ.

ކޮންމެއަކަސް މި އަޑުތައް އެބަ ގަދަވެއެވެ. މިހާތަނަށް ވެސް މި މަޑުކުރެވެނީ ލޯކަލް ކައުންސިލް އިންތިޚާބު ނިމެންދެން ކަމަށް ޚަބަރު ލިބެއެވެ. އެއީ ދިވެހީން ބޭނުންވަނީ ދިވެހި ޤައުމިއްޔަތުތޯ ނުވަތަ “އެހެން ޤައުމިއްޔަތެއް”ތޯ އެ އިންތިޚާބުން ކަނޑައެޅޭނެއެވެ. ލޯކަލް ކައުންސިލްގެ އިންތިޚާބުގެ އަޣުލަބިއްޔަތުގެ ނަތީޖާ ނުކުންނަ ގޮތަކުން ދިވެހި ޤައުމިއްޔަތު ފުޑުފުޑުވެގެން ހިނގައިދާނެއެވެ. ނާނާއެއްގެ ގޮތަށް އެކި ދުވަސްވަރު އިވޭ “އެހެން ޤައުމިއްޔަތަކާއި” އެހެން ގޮތެއް” ދިވެހީން ބޭނުންތޯ ނުވަތަ ނޫންތޯ ދުނިޔެއަށް ހާމަކުރާން ލިބޭނެ މިއީ އެންމެ ފަހު ފުރުޞަތެވެ. ދިވެހި ޤައުމިއްޔަތު ސަލާމަތްވުމާއި ނުވުން ބިނާވެގެންވަނީ މި އަންނަ ލޯކަލް ކައުންސިލްގެ އިންތިޚަބުގެ ނަތީޖާ ދާއްކާ ގޮތެއްގެ މައްޗަށެވެ. ދިވެހި ޤައުމިއްޔަތު މިވަނީ ނުރައްކަލަށް ހުށަހެޅިފައިތޯ ނުވަތަ ނޫންތޯ ސާފުވެގެންދާނީ އަންނަ އޭޕްރީލް މަހު ބާއްވާ ލޯކަލް އިންތިޚާބުގެ ނަތީޖާ ދައްކާ ގޮތަކުންނެވެ. ކީރިތވަންތަ މާތް ﷲ މި ދިވެހި ޤައުމު އިސްލާމް ދީނުގެ ހިދާޔަތުގައި ޤިޔާމަތާ ހަމަޔަށް ލައްވާށިއެވެ!! އާމީން!!

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކާޒާ މިއާގެ ކުލި ނުދައްކައިފި ނަމަ އެވާހަކަ މަޖިލީހުގައި ދައްކާނަން: ޝިޔާން

ސުވާދީބު

ނަޝީދުގެ ސްޕާ ކޮމެޓީއާއި ދެކޮޅަށް އެމްޑީޕީގެ މަޖިލިސް މެމްބަރުން ތެދުވެއްޖެ

ސުވާދީބު

އެޗްއައިވީއަށް ޕޮޒިޓިވް ދެ ބިދޭސީއަކު ރާއްޖޭގައި ފިލައިގެން އެބަ އުޅޭ: ރީކޯ

ސުވާދީބު

1 ކޮމެންޓް

މުޙައްމަދު فبراير 24, 2020 at 5:06 م

ލިޔުންތެރިޔާގެ ނަން ޖަހާލަން ނުކެރެންޔާ ނުލިޔެ ހުރެބަލަ. ފިނޑި ކަމުން ޖިހާދަށް ގޮވާލާކަށްވެސް ނުކެރޭ. ހިހޫ ތަނުން ކެއުން ކަމަކީ. މާތް الله ވާގިފުޅާއެކު ތިޔަ އެންމެން އަދި ބަލިކުރާނަން!

ކޮމެންޓްސް ނިމުނީ