web analytics
މޯލްޑިވްސް ޕޮލިސް

އުވާލި އެމްޑީއެން އިން އަނެއްކާވެސް ބަޔާނެއް ނެރެފި!

ކީރިތި ރަސޫލާ މުޙައްމަދު (ޞޢޥ) އަށާއި އިސްލާމްދީނަށް ފުރައްސާރަކޮށް ރިޕޯޓެއް ނެރުނު މައްސަލައިގައި އުވާލިކަމަށް ބުނާ މޯލްޑިވިއަން ޑިމޮކްރަސީ ނެޓްވޯކް (އެމްޑީއެން) އިން އަނެއްކާވެސް ބަޔާނެއް ނެރެފިއެވެ.

އެޖަމިއްޔާއިން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނެފައިވަނީ، މޯލްޑިވްސް ޕޮލިސް ސާވިސް އޮތް އަންޕްރޮފެޝަނަލް ހާލަތުގައި ވަނިކޮށް ފުލުހުން އަތަށް ފިސްތޯީލަފަދަ ނުރައްކާތެރި ހަތިޔާރު ދިނުމަކީ އެކަމުގެ ސަބަބުން ދިވެހި ރައްޔިތުންނަށް ނުހަނު ބޮޑެތި ގެއްލުން ލިބިދާނެ ކަމެއްކަން ފާހަގަކޮށް ފުލުހުން އަތަށް އެފަދަ ނުރައްކާތެރި ހަތިޔާރު ނުދިނުމަށް ގޮވާލާ ކަމަށެވެ.

މީގެއިތުރުން 8 ފެބްރުއަރީ 2012 ދުވަހު ފުލުހުން ޤާނޫނާ ޚިލާފު އަމަލުތަކާއި ގުޅިގެން މިއަދާހަމައަށް އެ ފުލުހުންނާމެދު ފިޔަވަޅު ނާޅާ، ފުލުހުންގެ ޚިދުމަތުގައި ވަޒީފާ އަދާކުރަމުންދާތަން ފެނުމަކީ އިންސާފު ހޯދައިދިނުމުގައި ފުލުހުން ފަސްޖެހިފައިވާ މިންވަރު ދައްކުވައިދޭ، ހިތާމަވެރި ކަމެއްކަމަށާއި، ޤާނޫނާ ޚިލާފުވާ ފުލުހުންނާމެދު ޤާނޫނީ ފިޔަވަޅު ނޭޅުމުގެ އެއް ނަތީޖާއެއްގެ ގޮތުން މިއަދު ތަކުރާރުކޮށް ފެންމަތިވަމުންދާ، ފުލުހުންގެ ކިބައިން ފެންނަ އަނިޔާގެ މައްސަލަތަކާއި ޤާނޫނާ ޚިލާފު އަމަލުތައް ފުލުހުންގެ ފަރާތުން ފެންނަލެއް ގިނަވެފައިވާކަމަށް ވެސް “އުވާލި” އެމްޑީއެންގެ މިބަޔާނުގައި ބުނެފައިވެއެވެ.

އެމްވީ ޑިމޮކްރަސީ ނެޓްވޯކުގެ ނަގޫ ސަންފާއޮނަށްލުން!

“7 އަދި 8 ފެބްރުވަރީ 2012 ވަނަދުވަހުގައި ފުލުހުން ހިންގާފައިވާ ޤާނޫނާ ޚިލާފު އަމަލުތަކަށް ހިތްވަރުދީ، ޤާނޫނީ ގޮތުން ސުވާލު އުފެދޭ ހާލަތްތަކެއްގައި ކޮމިޝަނަރ އޮފް ޕޮލިސްގެ މަޤާމާ ހަވާލުވީ މީހަކު، ރައްޔިތުންގެ މަޖިލީހުގެ މެންބަރަކަށް މިއަދު ހުރެގެން، ފުލުހުންގެ އަތަށް ފިސްތޯލަ ފަދަ ލީތަލް ހަތިޔާރު ދިނުމަށް ގޮވާލުން މިޖަމްޢިއްޔާއިން ހަރުކަށި އިބާރާތުން ކުއްވެރިކުރަން” އެމްޑީއެންގެ ބަޔާނުގައި ވެއެވެ.

ސަރުކާރުން އެމްޑީއެން އުވާލާފައިވީ ނަމަވެސް އެ ޖަމިއްޔާއިން ތަކުރާރުކޮށް ބުނަމުންދަނީ އެޖަމިއްޔާގެ މަސައްކަތްތައް ކުރިއަށް އޮތްތަނުގައި ހުއްޓުމެއް ނެތި ކުރިއަށްގެންދާނެ ކަމަށެވެ. އެމްޑީއެން އިން ބުނާގޮތުގައި އެޖަމިއްޔާ އުވާލާފައި ވަނީ އުސޫލުން ބޭރުންނެވެ.

ދިވެހި ސަރުކާރުން އެމްޑީއެން އުވާލާފައި ވަނީ ނިމިދިޔަ އަހަރުގެ ޑިސެމްބަރު މަހުގެ 19 ވަނަ ދުވަހުއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މާފުށިން ފަތުރުވެރިޔާ ހައްޔަރު ކުރީ ރަނގަޅަކަށް ނޫން: ކޮމިޝަނާ

ސުވާދީބު

ޖުރިމާނާގެ ގޮތުގައި ޖެނުއަރީ މަހު 13 މިލިއަން ރުފިޔާ ސަރުކާރަށް ލިބިއްޖެ

ސުވާދީބު

މިއަދު ތިޖަހާ ސްޓިކަރ އާއި ޖޫރިމަނާގެ ހިތި މާދަން ވޯޓުން ފެންނާނެ!

ސުވާދީބު