web analytics
ދީން

އިލްޔާސް ގެ ރައްދު ކެނެރީގޭ ނަޝީދުއަށް

ވޯޓު ހޯދުމަށް ނަމަވެސް ދެފަރާތުން ވެފައިވާ އެއްބަސްވުންތައް އުވާލާ އަހުދާއި ވައުދު އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށް ސަރުކާރު ކޯލިޝަން ޕާޓްނަރު އަދާލަތު ޕާޓީގެ އިލްމުވެރިން މަޖިލީހުގެ ރައީސް އިލްޔާސް ހުސައިން ވިދާޅުވެއްޖެއެވެ.

ADS BY SIBCO

އިލްޔާސް މިފަދައިން ވިދާޅުވެފައި މިވަނީ “އެޖެންޑާ 19 ރަށަށް” ނަމުގައި އެމްޑީޕީން ބޮޑުތިލަދުން މައްޗަށް ކުރާ ދަތުރުތަކުގައި އެޕާޓީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ދައްކަމުން ގެންދަވާ ވާހަކަތަކަށް ބިނާކޮށެވެ. އެގޮތުން ނަޝީދު ވަނީ އިއްޔެ އިހަވަންދޫގައި ވާހަކަދައްކަވަމުން ސަރުކާރު ކޯލިޝަން ޕާޓްނަރުންނަށް ވަރަށް ބޮޑަށް ފާޑު ކިޔުއްވާފައެވެ.

އިލްޔާސް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ ސަޕޯޓު ހޯދުމުގެ ގޮތުންވިއަސް އަދި ވޯޓު ހޯދުމުގެ ގޮތުންވިއަސް ދެފަރާތުން އެއްބަސްވެފައިވާ އަހުދުތަކާއި ވައުދުތައް އުވާލަން އުޅުމަކީ ބޮޑު އޮޅުވާލުމެއް ކަމަށެވެ. އަދި އެއީ ތެދުވެރި އަމާނާތްތެރި މުސްލިމުންގެ ސިފައެއް ނޫންކަން ފާހަގަކުރައްވާ އިލްޔާސް ވިދާޅުވީ އެފަދަ ސިފައަކީ މުނާފިގުންގެ ސިފަ ކަމަށެވެ. އެފަދަ ވާހަކަތައް ދައްކަނީ މުޖުތަމައު ފަސާދަ ކުރުމަށް ކަމަށާއި ދިވެހި ރައްޔިތުން އެކަމާއި މެދު ވިސްނުމަށް އިލްޔާސް ވަނީ ގޮވާލާފައެވެ.

ނަޝީދު ވަނީ ސަރުކާރު ހިންގާ މައިޕާޓީ އެމްޑީޕީގެ މެންބަރުންނަށް “ހައްގު މިންވަރު” ލިބިގެން ނުދަނީ ކޯލިޝަންގެ ސަބަބުން ކަމަށް ވިދާޅުވެފައެވެ. މީގެއިތުރުން ހއ. ބާރަށަށް ވަޑައިގެން ވާހަކަދައްކަވަމުން ނަޝީދު ވަނީ ކައުންސިލް އިންތިހާބުގައި އެމްޑީޕީ ނޫން އެހެން ބަޔަކަށް ވޯޓު ދެއްވައިގެން ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އެގޮތަށް ވޯޓު ދެއްވައިފިނަމަ އެއީ ކަނޑައެޅިގެން ލަދުވެތި ކަމެއް ކަމަށްވެސް ނަޝީދު ވަނީ ވިދާޅުވެފައެވެ.

ރިޔާޒްވެސް ނަޝީދަށް ރައްދު ދެއްވައިފި

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފާޅުކަން ބޮޑުކޮއް ދީނަށް ފުރައްސާރަ ކުރަމުން އަންނަ އުފާ ރާޖެއިން ފިލައިގެންދާން ތައްޔާރު ވެއްޖެ! އިސްލާމް ދީން ހިމާޔަތް ކުރަން ހުވާކޮއްގެން ތިބި ފުލުހުންނާއި ސިފައިންވީ ކޮންތާކުތޯ. އިސްލާމިކު މިނިސްޓަރު ހުންނެވީ މަތީގަތޯ؟

ސުވާދީބު

ކައިވެނި އުފާވެރިކަމާއިއެކު ދަމަހައްޓަން ދެމަފިރިންނަށް ވަރަށް ފަސޭހައިން ކުރެވިދާނެ ދެކަމެއް!

ސުވާދީބު

ސުވާދީބު