web analytics
ދީން

މަލާއިކަތުންނަށް އިހްތިރާމް ކުޑަކޮށް ޓްވީޓްކުރީމަ ލިބުނީ ޕްރޮސެކިއުޓަރ ޖެނެރަލް ކަމުގެ މަގާމު ސާބަހޭ ރައީސް ސޯލިހު

ޕްރޮސެކިއުޓަރ ޖެނެރަލް ހުސައިން ޝަމީމް މަލާއިކަތުންނަށް އިހްތިރާމް ކުޑަކޮށް، ކޮށްފައި އޮތް ޓްވީޓެއްގެ މައްސަލަ ފެންމަތިކޮށް މީސް މީޑިއާގައި ގިނަ ބަޔަކު އޭނާ އަށް ފާޑުކިޔަމުން އެބަގެންދެއެވެ.

ވެލެޒިނީ މައްސަލާގައި ލީޑަރުން “ޗުއްޕު”! ރައްޔިތުން ވާނުވާ ނޭނގި! ލިބެރަލް ރައްޔިތުން ވެލެޒިނީ ކޮޅުގަ. ޤައުމު އޮޔާދަނީބާ؟

ޝަމީމް ނޮވެމްބަރ މަހުގެ 21 ވަނަ ދުވަހު ކުރެއްވި ޓްވީޓެއްގައި ދެ ކޮނޑުގައި ތިބޭ މަލާއިކަތުންނަށް އިހްތިރާމް ކުޑަވާގޮތައް ޓްވީޓް ކުރައްވާފައި ވާތީ ބައެއް އިލްމުވެރިން ވެސް ވަނީ އެކަން ފާހަގަ ކުރައްވާފައެވެ.

ޝަމީމްގެ ޓްވީޓާއި ގުޅިގެން ޝައިހް އަލީ ޒައިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ޝަމީމް ލިޔުއްވާފައި ވަނީ މަލާއިކަތް ބޭކަލުންނަށް ވަރަށް ބޮޑަށް އިހްތިރާމް ގެއްލޭ ބަހުރުވައެއް ކަމަށެވެ. “މަލާއިކަތް ބޭކަލުންނަށް ނިސަބަތްކޮށް “ގޮލާ” އޭ ކިޔައިގެން ވާހަކަ ދެއްކި އިތުރު މީހެއްގެ އަޑު އަދި ދުވަހަކުވެސް ނާހަން. ސުބްހާނަﷲ” ޒައިދުގެ ޓްވީޓްގައި ވެއެވެ.

ފާޑުކިޔުން އަމާޒުވުމުން ޝަމީމް އެދުވަހު ކުރި އެހެން ޓްވީޓެއްގައި ވިދާޅުވީ އެބަހާއި ދޭތެރޭ ޔަގީންކަން ނެތިއްޔާ ނުކިޔަސް އޯކޭ ވާނެ ކަމަށެވެ. “ﷲ ސުބްހާނަހޫ ވަތައާލާ ދެނެވޮޑިގެންވޭ ނޫންތޯ ހިތުގައި އޮތްގޮތް. އެކަމަށް މާކްސް ލިބޭނެ ނޫންތޯ.” ޝަމީމްގެ ޓްވީޓްގައި ވެއެވެ.

ޝަމީމްގެ ޓްވީޓްތަކާއި ގުޅިގެން ބައެއް މީހުން ވަނީ ބަހާއި އަމަލު ސީދާކޮށް، ރަސޫލުންނާއި ނަބިއްޔުން އަދި މަލާއިކަލުންނަށް އިހްތިރާމް ކުޑަވާ ބަސްތައް ބޭނުން ނުކުރުމަށް ޝަމީމަށް ނަސޭހަތް ދީފައެވެ.

ފުލުހުން ފިޔަވަޅު ނޭޅުމުން އުފާ ވީޑިއޯ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ

ފަހަކަށް އައިސް  ކެނެރީގޭ ނަޝީދުގެ އެއްބާރު ލިބިގެން އިސްލާމްދީނުގެ އަސްލުތަކާއި ހިލާފު ވާހަކަ ދެއްކުމާއި އިސްލާމްދީނުގެ ކަންކަމަށް ފާޅުގައި ފާޑުކިޔުން ރާއްޖޭގައި ވަނީ ވަރަށް ބޮޑަށް އާއްމު ވެފައެވެ. ނަމަވެސް އެފަދަ ކަންކަން ކުރާ މީހުންނާއި މެދު ދައުލަތުގެ އެއްވެސް އިދާރާއަކުން އެއްވެސް ފިޔަވަޅެއް ނާޅައެވެ.  ދިވެހި މުސްލިމު ރައްޔިތުންނޭ ނިދިން ހޭލާށެވެ.ލޯކަލް ކައުންސިލް އިންތިހާބު ބޮޑުތަނުން އެމްޑީޕީއަށް ނޫނެކޭ ބުނާށެވެ.

ރަލުގެ ވިޔަފާރި އަކީ ފައިދާ ހުރި ވިޔަފާރިއެއް ނޫން!

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މޫނު ބުރުގާ އެޅުން ހުއްދަވާ ގޮތައް ސިވިލް ސާވިސް ކޮމިޝަނުން ޤަވައިދު މަނާކޮށްފި

ސުވާދީބު

ވައްކަން ކުރާ މީހާގެ އަތް ކަނޑާނަމަ, ވަގުންނަށް ބައިރުފިޔާވެސް ނަގާކަށް ނުކެރޭނެ : ޝައިހް އަލީ ޒައިދު

ސުވާދީބު

މި މީހުން މަރުވިގޮތުގެ ވާހަކަ އަޑު އަހާ

ސުވާދީބު