web analytics
ދީން

ފާޅުކަން ބޮޑުކޮއް ދީނަށް ފުރައްސާރަ ކުރަމުން އަންނަ އުފާ ރާޖެއިން ފިލައިގެންދާން ތައްޔާރު ވެއްޖެ! އިސްލާމް ދީން ހިމާޔަތް ކުރަން ހުވާކޮއްގެން ތިބި ފުލުހުންނާއި ސިފައިންވީ ކޮންތާކުތޯ. އިސްލާމިކު މިނިސްޓަރު ހުންނެވީ މަތީގަތޯ؟

ufa

އިސްލާމް ދީނަށް ފުރައްސާރަ ކުރަމުންދާ ޅ. ނައިފަރަށް ނިސްބަތްވާ އުފާ މުހުތާރު ފަހުމީ ރާއްޖެއިން ފުރައިގެން ދިއުމަށް އާއްމުންގެ އެހީއަށް އެދިއްޖެއެވެ.

އޭނާ ރާއްޖެއިން ބޭރަށް ދިއުމަށް އާއްމުންގެ އެހީތެރިކަމަށް އެދިފައި ވަނީ މީސް މީޑިއާގައި ކުރި ޕޯސްޓެއްގައެެވެ.

މިޔާއެކު އޭނާ ހުރީ ރާއްޖޭގައި ކަން ޔަގީން ކުރެވިފައިވާއިރު، އޭނާ ހައްޔަރުކުރަން ފުލުހުން އަދިވެސް ވަނީ ނުކުޅެދިފައެވެ.

ފޭސްބުކު މެދުވެރިކޮށް އުފާ ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ ސަރުކާރުން ރުޅި އައިސްގެން އުޅެނީ ރާއްޖޭގައި އޮތް ދިރިއުޅުމުގެ ފެންވަރާއި ބެހޭ ގޮތުން ވާހަކަ ދެއްކުމުން ކަމަށާއި މިދިޔަ އަހަރު ސަރުކާރުގެ ނުފޫޒު އޮތް މީހަކު ކުޑަކުއްޖަކާއި ކައިވެނި ކުރުމުން އެކަން މައްސަލަ އަކަށް ނުހަދާ ކަމަށެވެ.

އިސްލާމް ދީނަށް ފުރައްސާރަ ކުރުމަށް 3 ވީޑިއޯ އެއް ޔޫޓިއުބް މެދުވެރިކޮށް ހެދުމަށް ފަހުގައި އުފާ ދައްކަމުން އައި ވާހަކަތަކުގެ ރާގު ވަނީ މަޑުމަޑުން ބަދަލުވާން ފަށާފައެވެ. އެއީ މިއަދު އިސްލާމިކް މިނިސްޓްރީ އިން އުފާގެ މައްސަލަ ތަހުގީގު ކުރަމުން ގެންދާ ކަމަށް އިއުލާން ކުރުމުން ކަަމަށް ބެލެވެއެވެ.

އުފާ އިތުރަށް ބުނެފައި ވަނީ އޭނާ އަށް މި ގައުމުގައި ރައްކާތެރިކަމެއް ނެތް ކަމަށާއި ރާއްޖެ އިން ބޭރަށް ފުރައިގެން ގޮސް ދިރިއުޅުމުގެ ކަންކަން ހަމަޖައްސައި ދިނުމަށް އެހީތެރިވުމަށެވެ. އެގޮތުން އޭނާ ހުންނާނެ ތަންތަން ހަމަޖައްސައި، އޭނާ އަށް ގިފްޓު ކާޑު ދިނުމަށް އުފާ އެދިފައި ވާއިރު އުފާ އިތުރަށް ބުނެފައި ވަނީ ހޮސްޕިޓާލިޓީ ދާއިރާ އިން ނުވަތަ އެނޫންވެސް ވަޒީފާ އެއް ރާއްޖެ އިން ބޭރުގައި އަދާ ކުރެވިދާނެ ކަމަށެވެ.

ފުލުހުން ފިޔަވަޅު ނޭޅުމުން އުފާ ވީޑިއޯ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ

ބެލެވޭ ގޮތުގައި މިއީ ފިޔަވަޅެއް އެޅުމުގެ ކުރިން ރާއްޖެ ދޫކޮށް ދާން އުފާ ދައްކަމުން އަންނަ ވާހަކައެވެ. ރާއްޖެ އިން ދެވުމާއި އެކު އަނެއްކާވެސް އިސްލާމް ދީނަށް ފުރައްސާރަކޮށް، އަންހެން “މުޖޫ ނައީމް” އެއް އުފެދުމުގެ ފުރުސަތު އަހަރެމެން އުފާ އަށް ދީގެން ނުވާނެއެވެ. ފާހަގަކޮށްލަން ޖެހޭ ކަމަކީ އުފާ ކުރަމުން އަންނަ ކަންކަމަށް ވަރަށް ބޮޑަށް ތައުރީފް ކޮށް މުޖޫ ނައީމް މީސް މީޑިއާގައި އުފާވެރިކަމުގެ ޝުއޫރުތައް އޮއްސާލަމުން އަންނަކަމެވެ.

މުޖޫ ނައީމް އަކީ ރާއްޖެއިން ބޭރުގައި ދިރިއުޅެމުން ފާޅުކަން ބޮޑު ގޮތެއްގައި އިސްލާމް ދީނަށް ފުރައްސާރަ ކުރަމުން އަންނަ މީހެކެވެ. އޭނާ އެކޭ އެއްފަދައިން އުފާވެސް ވަނީ އެއް ޖިންސުން ގުޅުން ހިންގުމަށް ތާއިދުކޮށް ވާހަކަތައް ދައްކާފައެވެ.

މިފަދަ މީހުން ރާއްޖެ އިން ފިލައިގެން ގޮސް، އިސްލާމް ދީނަށް ފުރައްސާރަ ކުރުމުގެ ފުރުސަތު ދިނުމުގެ ބަދަލުގައި ކަމާބެހޭ އިދާރާތަކުން އިސް ނަގައިގެން މިފަދަ މައްސަލަތައް ބަލައި، އެދެވޭ ފިޔަވަޅުތަކެއް އަޅަން ޖެހެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މިވަގުތު ހާލަތު ހުރި ގޮތުން މޫނު ބުރުގާ ނޭޅުން ރަނގަޅު – ޑރ އިޔާޒް

ސުވާދީބު

އިރު އޮއްސޭ ވަގުތު ކުޑަކުދީން ބޭރަށް ނެރުން!

ސުވާދީބު

މިސްކިތްތަކުގެ ސައުންޑް ސިސްޓަމް ބަލަހައްޓަނީ ބަންގީގެ އަޑު ދެކެ ވަރަށް ރުޅި އަންނަ ބައެއް!

ސުވާދީބު