web analytics
ދީން

ފުލުހުން ފިޔަވަޅު ނޭޅުމުން އުފާ ވީޑިއޯ މެދުވެރިކޮށް އިސްލާމް ދީނަށް ފުރައްސާރަ ކުރަނީ

ufa

މީސް މީޑިއާގައި އިސްލާމްދީނަށް ފާޅުގައި ފުރައްސާރަކުރުމުގެ ތުހުމަތުގައި ފުލުހަށް ހާޒިރު ކުރި ނައިފަރަށް ނިސްބަތްވާ އަންހެނާއަށް އެކަށީގެންވާ ފިޔަވަޅު ނޭޅުމުން އެނބުރި އައިސް ވީޑިއޯ މެދުވެރިކޮށް ދީނަށް ފުރައްސާރަ ކުރަން ފަށައިފިއެވެ.

ADS BY RAINBOW

ޔޫޓިއުބްގައި ޗެނަލެއް ހުޅުވައިގެން އެ އަންހެނާ ވީޑިއޯ ލާން ފަށާފައި ވަނީ މި މަހު 10 ދުވަހުން ފެށިގެންނެވެ. އެގޮތުން އެދުވަހުން ފަށައިގެން މިހާތަނަށް ޖުމްލަ ތިން ވީޑިއޯއެއް ޔޫޓިއުބުގައި އޭނާ ޕޯސްޓުކޮށްފައިވެއެވެ. ފުރަތަމަ ވީޑިއޯގައި އޭނާ ވާހަކަ ދައްކާފައިވަނީ ރާއްޖޭގައި އޮތް ޖިންސީ ތަފާތުކުރުންތަކާ ގުޅޭ ގޮތުންނެވެ. ވީޑިއޯތަކުގައި އޭނާ ބުނާ ގޮތުގައި އޭނާގެ ނަމަކީ އުފާ އެވެ.

އުފާ މުހުތާރު ފަހުމީ ފުލުހަށް ހާޒިރު ކުރީ މިދިޔަ އޮކްޓޯބަރު މަހުގެ ތެރޭގައެވެ. އޭރުވެސް އޭނާ ދިޔައީ މީސްމީޑިއާގެ އެކި ޕްލެޓްފޯމުތަކުގައި އިސްލާމް ދީނާ ޚިލާފު ވާހަކަތައް ދައްކަމުންނެވެ. އަދި އޭނާ ހާޒިރު ކުރީވެސް އެފަދަ މައްސަލައެއްގައެވެ.

“ރާއްޖޭގެ އާބާދީގެ ބޮޑު ބަޔަކީ އިސްލާމް ދީން ގަބޫލު ނުކުރާ މީހުން. އެމީހުން އިސްލާމް ދީނުގެ ހަމަތަކެއް ގަބޫލެއް ނުކުރޭ. ރާއްޖޭގައި އެހެން ދީނަކަށް އުޅުމަކީ މަނާކަމެއް. އެހެން ކަމުން އެމީހުން ތިބެނީ އެކަން ސިއްރުކޮށްގެން. ނަމާދުވެސް ގިނަ ފަހަރު ނުކުރޭ. ހަމަ އެކަނި، މަދު ފަހަރެއްގައި ހުކުރު ނަމާދަށް ގޮސް އުޅޭ،” އޭނާ ޕޯސްޓުކޮށްފައިވާ ފުރަތަމަ ވީޑިއޯގައި ބުނެފައިވެއެވެ.

އެ ވީޑިއޯގައި އޭނާ ބުނެފައިވަނީ ދީނީ އެއްބައިވަންތަކަން ނަގާލާފައިވާ ކަމަށްބުނެ އޭނާގެ މައްސަލައެއް ފުލުހުން ތަހުގީގު ކުރަމުން އަންނަ ކަމަށާއި އެހެން ނަމަވެސް ފުލުހުން އެބުނާ ދީނީ އެއްބައިވަންތަކަމެއް ރާއްޖޭގައި ނެތް ކަމަށެވެ. އަދި އެއް ޖިންސުން ގުޅުން ހިންގާ މީހުން ދިފާއުކޮށް ވާހަކަ ދައްކަމުން އަންނާތީ މަރުގެ އިންޒާރުވެސް ލިބެމުން އަންނަ ކަމަށް އޭނާ ވަނީ ބުނެފައެވެ.

ދެވަނަ ވީޑިއޯގައި އޭނާ ވާހަކަ ދައްކަވަނީ ރާއްޖޭގެ ދީނާ ގުޅޭ ގޮތުންނެވެ. އޭނާ ބުނެފަައިވަނީ ރާއްޖޭގެ ރައްޔިތުންނަށް އިސްލާމް ދީން ނޫން އެހެން ދީނެއް ގަބޫލުކުރުމަކީ މަނާ ކަމެއް ކަމަށާއި އިސްލާމް ދީނަށް އުޅުމަކީ ދިވެހި ރައްޔިތުންނަށް މަޖުބޫރުވެފައިވާ ކަމެއް ކަމަށެވެ. އަދި އިސްލާމް ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނަށް ހައްދު ފަހަނައަޅާފައިވާ ފިކުރުގެ މީހުން އިންޒާރު ދޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި ދާދި ފަހުން ދީނާ ދެކޮޅު ވާހަކަ ދައްކައިގެން ހައްޔަރުކުރި ރުސްތުމްގެ މައްސަލަ އިން މިސާލު ނަގައިގެން އޭނާ ބުނީ ރުސްތުމްއާ މެދު ޖަލުގައި ކަންކަން ކޮށްފައިވަނީ ރަނގަޅަށް ނޫން ކަމަށެވެ.

އެގޮތުން ޖަލުގައި އޭނާ ބެހެއްޓީ އޭނާއަށް އިންޒާރު ދިން ހަރުކަށި ފިކުރުގެ މީހުން ތިބި ގޮޅީގައި ކަމަށާއި އެ ގޮޅީގައި އޮއްވައި އޭނާއަށް އަނިޔާކޮށް ހެދި ކަމަށެވެ. އަދި އެއަށްފަހު އޭނާގެ ދިފާއުގައި ކޯޓުގައި ވަކާލާތު ކުރާނެ ވަކީލަކުވެސް ހަމަޖެހިފައިނުވާ ކަމަށްވެސް ބުނެފައިވެއެވެ. އަދި ލޯޔަރުން ބޭނުން ވަނީ ޕަބްލިކް ސްޓަންޓު ޖައްސައިގެން މަޝްހޫރު ވާން ކަމަށްވެސް ބުނެފައިވެއެވެ.

ދީނާ ދެކޮޅަށް ވާހަކަ ދައްކާ މީހުންނާ މެދު ސަރުކާރުން އެކަށީގެންވާ ފިޔަވަޅު އަޅާފައިނުވާ ކަން ފާހަގަ ކުރެވެއެވެ. އެގޮތުން ރުސްތުމްގެ މައްސަލާގައިވެސް ފަހުން ފުލުހުން ވިދާޅުވީ އޭނާ އަކީ “ނަފުސާނީ މައްސަލަ” ހުންނަ މީހެއް ކަމަށާއި ޑޮކްޓަރަށް ދައްކަން މާލެ ގެނެސްފައިވާ ކަމަށެވެ. އެފަހުން އޭނާއާ މެދު އަމަލު ކުރި ގޮތެއް އެނގެން ނެތެވެ. މީޑިއާތަކުން އެމައްސަލައިގެ މައުލޫމާތު ހޯދަން ގުޅި ނަމަވެސް މައުލުމާތު ލިބިފައެއް ނުވެއެވެ.

ބައެއް ކުދިން އިސްލާމް ދީން ދޫކޮށްލާއިރު ބައެއް ކުދިންނަށް އިންޓަނެޓު މެދުވެރިކޮށް ޖިހާދު ކުރުމަށް ހިތްވަރު ލިބޭ ކަމަށްވެސް ބުނެފައިވެއެވެ. އަދި “ޖިހާދީ ޓެރަރިސްޓުން” ބޭތިއްބުމަށް އަގު ބޮޑު ޖަލެއް ސަރުކާރުން ހަދާފައިވާއިރު އިސްލާމް ދީނާ ދެކޮޅު މީހުންނަށް ވަކި ޚާއްސަ އުސޫލެއް ކަނޑައަޅާފައި ނޯންނަ ކަމަށްވެސް އެ އަންހެނާ ބުނެފައިވެއެވެ.

ތިން ވަނަ ވީޑިއޯގައި އޭނާ ވާހަކަ ދައްކާފައިވަނީ ރާއްޖޭގެ މޫސުމަށް އަންނަ ބަދަލުތަކާއި އިސްލާމް ދީނާ ހުރި ގުޅުވައިގެންނެވެ. އެގޮތުން ސްކޫލުގައި އިސްލާން ދީން ކިޔަވައިދޭ އިރު ދަސްކޮށްދޭ ގޮތުގައި ބޮޑެތި ގުދުރަތީ ކާރިސާތައް ހިނގަނީ ފާފަތައް ގިނަވެގެން ކަމަށް ފާހަގަ ކުރެވޭ ކަމަށެވެ.

“ދީނީ މީހުން ގަބޫލު ކުރަނީ ސުނާމީ ފަދަ ބޮޑެތި ކާރިސާތައް ހިނގަނީ އަންހެން ކުދިން ލާ އަންނައުނުގެ ސަބަބުންނާއި އެއްޖިންސުން ގުޅުން ހިންގާތީ ކަމަށް. ވާރޭ ނުވެހި ދުވަސް ވެއްޖެއްޔާ ސަރުކާރުން ދީނީ އިލްމުވެރިންނަށް އަންގަނީ ދުއާ ކުރަން. އެކަން އެހެން ކުރަނީ ފަގީރު މީހުންގެ ކޮންޓްރޯލް ހޯދުމަށް،” އޭނާ ބުނެފައިވެއެވެ.

ފުލުހުން އުފާ ހާޒިރު ކުރީ ޅ. ނައިފަރު ޕޮލިސް ސްޓޭޝަނަށެވެ. ނަމަވެސް އެފަހުން އޭނާ އާ މެދު ފިޔަވަޅު އެޅީ ކިހިނެއް ކަމެއް ފުލުހުން ހާމަ ކޮށްފައެއް ނުވެއެވެ.

ދީނަށް ފުރައްސާރަ ކުރާ މީހުންނަށް އެކަށީގެންވާ ފިޔަވަޅު ނޭޅި ނަމަވެސް އެފަދަ މީހުންނަށް އިންޒާރު ދޭ ކަމަށް ބުނެ ބައެއް މީހުން ހައްޔަރުކޮށް ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކަރަންޓީނުގެ އުސޫލަކީ ގަޟާގަދަރަށް އީމާންވުމާއި ފުށުއަރާ ކަމެއް ނޫން: ‎ޚުޠުބާ

ސުވާދީބު

ވަރަށް ފަސޭހަ ދެކަމަކުން ސުވަރުގެ ޔަޤީންކޮށްލުމަށް إِن شَاءَ اللَّـهُ

ސުވާދީބު

ރާއްޖޭގެ ޤާނޫނުގަ ފާފަކުރަން ފުރުޞަތު ދީފައޮތް މިންވަރު – ކުޑަކުދިން ލޯބިވެރިންނާއެކު ޒިނޭކޮށްގެން ދަރިން ހޯދާތޯ؟

ސުވާދީބު