web analytics
ލަންކާ ނިރުބަވެރި ހަމަލާގެ ފަހުން

ވިސާނެތި ލަންކާގައި އުޅޭ 291 ދިވެއްސަކު ޑީޕޯޓް ކުރަނީ

ސްރީލަންކާގައި ވިސާ ނެތި ދިރިއުޅެމުން އަންނަ 291 ދިވެހީން އެ ގައުމުން ޑީޕޯޓްކޮށްލުމުގެ މަސައްކަތްތައް ފަށައިފި އެވެ.

މިކަން ހާމަކޮށްފައި ވަނީ ލަންކާގެ އިމިގްރޭޝަން ކޮންޓްރޯލާ ޕަސަން ރަތުނަޔަކަ އެގައުމުގެ ނޫހެއް ކަމަށްވާ “ސަންޑޭ ޓައިމްސް”އަށް ދިން އިންޓަވިއު އެއްގައި އެވެ.

ރަތުނަޔަކަ ވިދާޅުވީ އެޕްރީލްމަހު ލަންކާގައި ހިނގި ޓެރަރިސްޓް ހަމަލާތަކަށް ފަހު، އިމިގްރޭޝަންގެ އިންޓެލިޖެންސް ބިޔުރޯއިން ހިންގި އޮޕަރޭޝަންތަކުގައި ވިސާ ނެތި އެ ގައުމުގައި ދިރިއުޅޭ 7،900 ބިދޭސީއެއްގެ މައްސަލަ ފާހަގަވެފައިވާ ކަމަށާއި އެމީހުން ޑީޕޯޓްކޮށްލުމުގެ މައްސަލަ ވަޒީރުންގެ މަޖިލީހަށް ފޮނުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށެވެ.

އޭނާ ވިދާޅުވި ވިސާ ނެތި އުޅޭ މީހުންގެ ތެރޭގައި ހިމެނެނީ ހަ ގައުމަކަށް ނިސްބަތްވާ މީހުން ކަމަށެވެ. އެއީ ރާއްޖޭން 291 ގެ އިތުރުން އިންޑިއާއިން 1680 މީހުން، ޕާކިސްތާނުން 936 މީހުން، ޗައިނާއިން 683 މީހުން، ބަންގްލަދޭޝް އިން 152 މީހުން އަދި ޖާޕާނުން 42 މީހުންނެވެ. ރާއްޖެ ހިމެނެނީ އެ ލިސްޓުގެ ހަތަރުވަނައިގަ އެވެ.

އަވަށްޓެރި ސްރީލަންކާގައި 15،000 ދިވެހިން އެކި ބޭނުންތަކުގައި ދިރިއުޅެމުން އާދެ އެވެ.

އެގޮތުން ރަތުނަޔަކަ ވިދާޅުވީ، އޭގެ ތެރެއިން ގިނަ މީހުން ލަންކާއަށް އެތެރެވެފައި ވަނީ ޓޫރިސްޓް ވިސާގައި ކަމަށެވެ. އަދި އޭގެތެރެއިން ބައެއް މީހުން އެގަމުގައި ވަޒީފާ އަދާކޮށް، އެކި ބާވަތްތަކުގެ ވިޔަފާރިތައް ވެސް ކުރާ ކަމަށް އޭނާ ވިދާޅުވެފައި ވެއެވެ.

ރަތުނަޔަކަ ވިދާޅުވީ، ކެބިނެޓުން އެޕްރުވަލް ލިބުމާ އެކު މި ހުރިހާ އެންމެން ވެސް ޑީޕޯޓްކޮށްލަން ކޮލަމްބޯގެ ޑިޓެންޝަން ފެސިލިޓީއަކަށް ގެނެވޭނެ ކަމަށާއި އެ މީހުން ގައުމަށް އަނބުރާ ފޮނުވާލެވެންދެން އެތަނުގައި ތިބޭނެ ކަމަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ލަންކާގެ ބޮމުގެ ހަމަލާގައި ވިލާ ކޮލެޖުގެ ލެކްޗަރާއެއް ވަނީ ޒަހަމްވެފައި، ހާލު ސީރިއަސް

ސުވާދީބު

ރެޒިޑެންސް ވިސާގައި ލަންކާގައި ތިބެން ބޭނުންވާ ދިވެހިން ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީން ވިސާ ނަގާ ގޮތަށް އުސޫލު ބަދަލުކޮށްފި

ސުވާދީބު

ލަންކާ އެއާޕޯޓް އަލުން ހުޅުވައިިފި، ފްލައިޓްތައް ޑިލޭ ވާނެ

ސުވާދީބު