web analytics
ލަންކާ ނިރުބަވެރި ހަމަލާގެ ފަހުން

ލަންކާގައި އުޅޭ ދިވެހިން ބޭރަށް ނުކުންނައިރު ޕާސްޕޯޓު ގެންގުޅެން އެދެފި

ސްރީލަންކާގައި އުޅޭ ދިވެހިން ބޭރަށް ނުކުންނައިރު ޕާސްޕޯޓު ގެންގުޅެން ފޮރިން މިނިސްޓްރީން އިލްތިމާސްކޮށްފި އެވެ.

ފޮރިން މިނިސްޓްރީން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ލަންކާގައި އުޅޭ ބޭރު ގައުމުތަކުގެ ރައްޔިތުންގެ ސްޓޭޓަސް ބެލުމަށް އެގައުމުގެ އިދާރާތަކުން މި ދުވަސްކޮޅު ދަނީ އެމީހުންގެ ޕާސްޕޯޓާއި ވިސާގެ ކަންކަން ބަލަމުންދާ ކަމަށެވެ.

އެގޮތުން ލަންކާގައި އުޅޭ ދިވެހިންނާއި، ތަފާތު އެކި ބޭނުމުގައި އެގައުމަށް ދަތުރު ކުރާ މީހުން ދުރާލާ ޕާސްޕޯޓާއި ވިސާގެ މުއްދަތު ހަމަވޭތޯ ބަލައި، ހަމަވުމުގެ ކުރިން ވިސާގެ ކަންކަން ހަމަޖެއްސުމަށް ވަނީ އިލްތިމާސްކޮށްފައެވެ.

އަދި ލަންކާގައި ދިވެހިން އުޅޭއިރު، ބޭރަށް ނިކުންނަ ހުރިހާ ވަގުތެއްގައި ވެސް ޕާސްޕޯޓް ނުވަތަ އިދާރާއެއްގައި ޕާސްޕޯޓް އޮތް ކަމުގެ ރަސީދު ގެންގުޅުމަށް ވެސް ވަނީ ހަނދާންކޮށްދީފައެވެ.

ފޮރިން މިނިސްޓްރީން މިކަމަށް އިލްތިމާސްކޮށްފައިވާއިރު ލަންކާ އިން ދާދިފަހުން ވަނީ 12 ދިވެއްސަކު ހައްޔަރުކޮށްފައެވެ. އެމީހުން ހައްޔަރުކުރީ ޕާސްޕޯޓާއި ވިސާގެ އެކި މައްސަލަތަކާ ގުޅިގެންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ލަންކާގައި ދިރިއުޅޭ ދިވެހިން ވިސާ ފުރިހަމަ ކޮށްގެން އުޅުމަށް އިލްތިމާސްކޮށްފި

ސުވާދީބު

ލަންކާ އެއާޕޯޓް އަލުން ހުޅުވައިިފި، ފްލައިޓްތައް ޑިލޭ ވާނެ

ސުވާދީބު

ލަންކާގެ ބޮމުގެ ހަމަލާގައި ވިލާ ކޮލެޖުގެ ލެކްޗަރާއެއް ވަނީ ޒަހަމްވެފައި، ހާލު ސީރިއަސް

ސުވާދީބު