web analytics
ލަންކާ ނިރުބަވެރި ހަމަލާގެ ފަހުން

ލަންކާގައި މީސް މީޑިއާ ބޭނުން ކުރެވޭ ގޮތް ހަދައިފި

ލަންކާއަށް ދިން ހަމަލާތަކާ ގުޅިގެން މީސް މީޑިއާ ބޭނުން ނުކުރެވޭ ގޮތަށް ހެދުމަށްފަހު، ފުރަތަމަ ފަހަރަށް މީސް މީޑިއާ ބޭނުން ކުރެވޭ ގޮތަށް ހަދައިފިއެވެ.

މުޅި ގައުމުގައި މީސް މީޑިއާ ބޭނުން ނުކުރެވޭ ގޮތަށް އޮތް އޮތުން ރައީސް ސިރިސޭނާ ވަނީ އުވާލާފައެވެ. ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައި ވަނީ ލަންކާގައި މީސް މީޑިއާ ބްލޮކް ކުރަން ނިންމި ނިންމުން އުވާލެފައިވާނަމަވެސް، ޒިންމާދާރު ގޮތެއްގައި މީސް މީޑިއާގެ ވަސީލަތްތައް ބޭނުން ކުރުމަށް ހުރިހާ ރައްޔިތުންނަށްވެސް ބާރު އަޅާ ކަމަށެވެ.

21 އޭޕްރިލް ވަނަ ދުވަހު ލަންކާގެ އަށް ތަނަކަށް ދިން ބޮމުގެ ހަމަލާތަކުގައި 250 އަށްވުރެ ގިނަ މީހުން މަރުވެ 500 އެއްހައި މީހުންނަށް އެކިވަރުގެ އަނިޔާ ލިބުނެވެ. މި ހަމަލާތައް ދިނުމުގައި އަމަލީގޮތުން 9 މީހަކު ބައިވެރިވިއިރު، ހަމަލާގެ ޒިންމާ ނަގާފައިވަނީ ހައްދުފަހަނައަޅާފައިވާ ނިރުބަވެރި އިސްލާމިކް ސްޓޭޓްސް (އައިސިސް) ޖަމާޢަތުންނެވެ. މިއީ ފަހުގެ ތާރީޚެއްގައި ވެސް މި ސަރަޙައްދުގެ ޤައުމެއްގައި ދިން މިފަދަ އެންމެ ވަރުގަދަ ހަމަލާއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ލަންކާގެ ބޮމުގެ ހަމަލާގައި ވިލާ ކޮލެޖުގެ ލެކްޗަރާއެއް ވަނީ ޒަހަމްވެފައި، ހާލު ސީރިއަސް

ސުވާދީބު

ލަންކާގައި ތިން ބޮމުގެ ހަމަލާއާއި ގުޅިގެން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި

ސުވާދީބު

ވިސާނެތި ލަންކާގައި އުޅޭ 291 ދިވެއްސަކު ޑީޕޯޓް ކުރަނީ

ސުވާދީބު