web analytics
ލަންކާ ނިރުބަވެރި ހަމަލާގެ ފަހުން

ލަންކާގައި ދިރިއުޅޭ ދިވެހިން ވިސާ ފުރިހަމަ ކޮށްގެން އުޅުމަށް އިލްތިމާސްކޮށްފި

ސްރީލަންކާގައި ދިރިއުޅޭ ދިވެހިން ސްރީލަންކާގެ ޤަވައިދުތަކާއި ޤާނޫނުތަކާއި އެއްގޮތައް ޕާސްޕޯޓްގެ ވިސާގެ ކަންތައްތައް ފުރިހަމަ ވެފައިވޭތޯ ބެއްލެވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން އިލްތިމާސް ކޮށްފިއެވެ.

ސްރީލަންކާގައި ހުންނަ ރާއްޖޭގެ އެމްބަސީން މިރޭ ވިދާޅުވީ ސްރީލަންކާގައި ހިނގާދިޔަ ހާދިސާ އާއި ގުޅިގެން ކަމާބެހޭ ފަރާތްތަކުން ތަޙްޤީޤު ކުރިއަށް ދާތީ ސަލާމަތީ ބާރުތަކުން ކުރިއަށް ގެންދާ ގޭގެ ބަލައި ފާސްކުރުމާއި އަދި ޗެކް ޕޮއިންޓްތަކުން ޕާސްޕޯޓް ޗެކް ކުރުން އަދިވެސް ކުރިއަށްދާ ކަމަށެވެ.

އެހެންކަމުން ބޭރުގައި އުޅުއްވާ ވަގުތުތަކުގައި ވެސް ޕާސްޕޯޓް ގެންގުޅުއްވުމަށް ހާއްސަ ސަމާލުކަމެއް ދެއްވުމަށް ދަންނަވާ ކަމަށް އެމްބަސީން ވިދާޅުވިއެވެ.

ސްރީލަންކާގައި އާދީއްތަ ދުވަހު ދިން ވަރުގަދަ ބޮމުގެ ހަމަލާތަކާއި ގުޅިގެން އެގައުމުގެ ސަލާމަތީ ފިޔަވަޅުތައް ވަނީ ވަރަށް ވަރުގަދަ ކޮށްފައެވެ. ރޭގަނޑުގެ ގިނަ ވަގުތުތަކުގައި ކާފިއު ހިންގަމުން ދާއިރު މުޅި ގައުމުގައި ވަނީ ކުއްލި ނުރައްކަލުގެ ހާލަތު ވެސް އިއުލާން ކޮށްފައެވެ.

ސްރީލަންކާގައި 15000 އަށް ވުރެ ގިނަ ދިވެހިން ދިރިއުޅެއެވެ. އާދީއްތަ ދުވަހު ބޮމުގެ ހަމަލާތައް ދިން ބައެއް ސަރަހައްދުތަކާއި ވަރަށް ކައިރީގައި ވެސް ދިވެހިން ދިރިއުޅެއެވެ. ބޮމުގެ ހަމަލާތަކުގައި އެއްވެސް ދިވެއްސަކަށް ގެއްލުމެއް ލިބިފައެއް ނުވެއެވެ.

ނަމަވެސް ބޮމުގެ ހަމަލާތަކަށް ފަހު ފުލުހުން ހިންގަމުންދާ ބައެއް އޮޕަރޭޝަންތަކުގައި ބައެއް ދިވެހިން ދިރިއުޅޭ އެޕާޓްމެންޓް ކޮމްޕްލެކްސްތަކުން ގޮވާތަކެތި ހޯދާފައިވެއެވެ. އަދި ދިވެހިން ދިރިއުޅޭ ސަރަހައްދުތަކާއި ކައިރިން ވެސް ގޮވާތަކެތި ފެނިފައިވެއެވެ.

ސްރީލަންކާގައި ދިން ބޮމުގެ ހަމަލާތަކަށް ފަހު ގިނަ ބަޔަކު ހައްޔަރު ކޮށްފައި ވީނަމަވެސް އަދިވެސް ހަމަލާ އާއި ގުޅުން ހުރި ބަޔަކު ދޫވެފައި ތިބެދާނެ ކަމަށް ސްރީލަންކާ ސަރުކާރުން ބުނެއެވެ. އެހެންކަމުން އަދިވެސް ސްރީލަންކާ އޮތީ ވަރަށް ނުރައްކާތެރި ހާލަތެއްގައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ލަންކާ އެއާޕޯޓް އަލުން ހުޅުވައިިފި، ފްލައިޓްތައް ޑިލޭ ވާނެ

ސުވާދީބު

ލަންކާގައި ތިން ބޮމުގެ ހަމަލާއާއި ގުޅިގެން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި

ސުވާދީބު

ލަންކާގެ ބޮމުގެ ހަމަލާގައި ވިލާ ކޮލެޖުގެ ލެކްޗަރާއެއް ވަނީ ޒަހަމްވެފައި، ހާލު ސީރިއަސް

ސުވާދީބު