web analytics
ލަންކާ ނިރުބަވެރި ހަމަލާގެ ފަހުން

ލަންކާގައި ތިން ބޮމުގެ ހަމަލާއާއި ގުޅިގެން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި

“އީސްޓާ ސަންޑޭ” އާއި ދިމާކޮށް މިދިޔަ އަހަރު އޭޕްރިލް މަހުގެ 21 ވަނަ ދުވަހު ސްރީލަންކާގައި ދިން ނިރުބަވެރި ހަމަލާއާ ގުޅިގެން ދިވެހިންގެ ހަތަރު މީހަކުވެސް ހައްޔަރުކޮށްފައިވާކަމަށް، ލަންކާގެ ނޫސްތައް ބުނެފިއެވެ.

ލަންކާގެ ނޫސްތަކުން ބުނެފައިވަނީ މި ހަމަލާއާއި ގުޅިގެން މިހާތަނަށް ހައްޔަރު ކޮށްފައިވަނީ 216 މީހުން ކަމަށެވެ. މި ގޮތުން ޓެރަރިޒަމް މަނާ ކުރުމުގެ ގާނޫނުގެ ދަށުން 153 މީހަކު ހައްޔަރުކޮށްފައިވާއިރު އޭގެ ތެރޭގައި ހަތަރު ދިވެހިންވެސް ހިމެނޭކަމަށް ބޭރުގެ މީޑިއާތަކުންވަނީ ބުނެފައެވެ، އިންޓަޕޮލް އާއި ފެޑެރަލް ބިއުރޯ އޮފް އިންވެސްޓިގޭޝަން (އެފްބީއައި) އަދި އޮސްޓްރޭލިއަން ފެޑެރަލް ޕޮލިސް އާއި ގުޅިގެން މި ހާދިސާގެ ތަހުޤީގު ވަރަށް ބާރަށް ކުރިއަށްދާއިރު މިހާދިސާއާއި ގުޅިގެން 06 އަންހެނުންވެސް ވަނީ ހައްޔަރުކޮށްފައެވެ.

 

އެޕްރީލް 21 ވަނަ ދުވަހު ކޮލަމްބޯގެ ތިން ފައްޅިއަކާއި ލަގްޒަރީ ހޮޓާތަކަށް އަމިއްލަ އަށް މަރުވެގެން ހަމަލާ ދިން ކަމަށް ސަރުކާރުން ބުނަނީ ނޭޝަނަލް ތައުހީދު ޖަމާއަތް (އެންޓީޖޭ) އިން ކަމަށެވެ. އެ ހަމަލާގެ ޒިންމާ ވަނީ އިސްލާމިކް ސްޓޭޓް (އައިއެސް) އިން ވެސް އުފުލައިފަ އެވެ.ބޮމުގެ ހަމަލާގައި 258 މީހުން މަރުވި އެވެ. އޭގެ ތެރޭގައި ބިދޭސީ 45 މީހުން ވެސް ހިމެނެ އެވެ

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ލަންކާގައި މީސް މީޑިއާ ބޭނުން ކުރެވޭ ގޮތް ހަދައިފި

ސުވާދީބު

ރެޒިޑެންސް ވިސާގައި ލަންކާގައި ތިބެން ބޭނުންވާ ދިވެހިން ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީން ވިސާ ނަގާ ގޮތަށް އުސޫލު ބަދަލުކޮށްފި

ސުވާދީބު

ލަންކާ އެއާޕޯޓް އަލުން ހުޅުވައިިފި، ފްލައިޓްތައް ޑިލޭ ވާނެ

ސުވާދީބު