web analytics
ލަންކާ ނިރުބަވެރި ހަމަލާގެ ފަހުން

ލަންކާގެ ބޮމުގެ ހަމަލާގައި ވިލާ ކޮލެޖުގެ ލެކްޗަރާއެއް ވަނީ ޒަހަމްވެފައި، ހާލު ސީރިއަސް

އިއްޔެ ސްރީލަންކާއަށް ދިން ބޮމުގެ ހަމަލާތަކުގައި ވިލާ ކޮލެޖުގެ ލެކްޗަރާއެއް ކަމުގައިވާ ޝާން ޖަޔަސަކޭރާ ޒަހަމްވެއްޖެއެވެ. އޭނާއަކީ ވިލާ ކޮލެޖުގެ ވިޒިޓިންގް ލެކްޗަރާއެކެވެ.

އެ ކޮލެޖުގެ އެކައުންޓިން ފައިނެންސް މެނޭޖްމަންޓް ކިޔަވައި ދެމުންދާ ޝާންއަށް ހަމަލާއާ އަމާޒުވިއިރު، އޭނާ ހުރީ އާއިލާއެކު ޝަންގްރެއްލާ ހޮޓަލުގައެވެ. އެ ހޮޓަލުގައިވެސް ބޮން ގޮއްވާލިއެވެ. އެ ހާދިސާގައި އެ އާއިލާގެ ދެ މެންބަރަކު ވަނީ މަރުވެފައިވެއެވެ.

ޝާންގެ އާއިލާވެސް އެ ހަމަލާތަކުގެ ޝިކާރައަކަށްވިއިއެވެ. އެ ހަމަލާ އަމާޒުވުމުގެ ކުރިން އެ އާއިލާ ނަގާފައިވާ ފޮޓޯއެއް މީސް މީޑިއާއަށް ލާފައި ވެއެވެ. މީސް މީޑިއާއަށް ލާފައިވަ އެ ފޮޓޯގެ ކެޕްޝަންގައި ހެނދުނު ނާސްތާ ނަގަން ތިިބިކަމަށް ބުނެފައި ވެއެވެ. އެއިރު ލަންކާ ގަޑިން 8:17 ވަރު ވެދަނެއެވެ. އެ ހަމަލާ އަމާޒުވެފައި ވަނީ ފޮޓޯ މީސް މީޑިއާާގައި ހިއްސާ ކުރިތާ 30 ވަރަކަށް މިނިޓް ފަހުންނެެވެ.

ބޮމުގެ ހަމަލާ އަމާޒުވުމުގެ ކުރިން ޝާން އާއިލާއާއެކު ނާސްތާގައި – ފޮޓޯ: ފޭސްބުކް

ޝާން އާއި އޭނާގެ އާއިލާއަށް ހަމަލާއާ ކުރިމަތިވީ، ސައިބޯން ތިއްބާއެެވެ. އެ ހާދިސާގައި މަރުވީ ޝާންގެ އަންހެނުން ނިސާންގާ އާއި ޝާންގެ މައިދައިތަ ޝާންތާ މަޔަދުންނޭއެވެ.

މީސް މީޑިއާގައި ޝާންގެ އާއިލާއަށް ހަމްދަރްދީ މެސެޖްތައް ކުރަމުން އަންނައިރު، ޝާންގެ ހާލު ވަރަށް ސީރިއަސްކަމަށް މައުލޫމަތު ލިބެއެވެ. އޭނާއަށް ފަރުވާާދެމުން ދަނީ އައިސީޔޫގައެވެ. އެހެން ނަމަވެސް އޭނާއަށް ލިބުނު ގެއްލުންތަކުގެ ތަފްސީލެއް ނޭގެއެެވެ.

ބޮމުގެ ހަމަލާ އަމާޒުވި އެ ހޮޓާ މިހާރު ވަނީ ވަގުތީ ގޮތުން ބަންދުކޮށްފައެވެ.

ޝަންގްރިލާ ހޮޓާ

އެ ބޮމުގެ ހަމަލާ އެންމެ ފުރަތަމަ ދީފައިވަނީ ލަންކާ ގަޑިން ހެނދުނު 08:45 ހާއިރުއެވެ. އެންމެ ފުރަތަމަ ހަމަލާދީފައި ވަނީ ފައްޅިއަކަށެވެ. އޭގެ ފަހުން ޝަންގްރިއްލާ ހޮޓެލް އާއި އިތުރު ދެ ހޮޓަލެއްގެ އިތުރުން، އިތުރު ފައްޅިތަކަށްވެސް ވަނީ ހަމަލާދީފައެވެ. މި ހަމަލާތަކުގައި 290 މީހުން މަރުވިއިރު، 500 އަށްވުރެ ގިނަ މީހުން ވަނީ ޒަހަމްވެފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ލަންކާގައި ތިން ބޮމުގެ ހަމަލާއާއި ގުޅިގެން ހަތަރު ދިވެއްސަކު ހައްޔަރުކޮށްފި

ސުވާދީބު

ލަންކާގައި އުޅޭ ދިވެހިން ބޭރަށް ނުކުންނައިރު ޕާސްޕޯޓު ގެންގުޅެން އެދެފި

ސުވާދީބު

ރެޒިޑެންސް ވިސާގައި ލަންކާގައި ތިބެން ބޭނުންވާ ދިވެހިން ރާއްޖޭގައި ހުންނަ ލަންކާ އެމްބަސީން ވިސާ ނަގާ ގޮތަށް އުސޫލު ބަދަލުކޮށްފި

ސުވާދީބު