web analytics
ގުރޫޕް މާރާމަރީ

މާލޭގައި 14 މީހުންގެ ގްރޫޕަކުން މީހަކަށް އަނިޔާކޮށްފި

މާލޭގައި 14 ވަރަކަށް މީހުން ހިމެނޭ ގްރޫޕަކުން މީހަކަށް އަނިޔާ ކުރާ ވީޑިއޯއެއް މީސް މީޑިއާގައި އާއްމުވެއްޖެއެވެ.

އާއްމުވެފައިވާ ވީޑިއޯއިން ފެންނަނީ މަގުމައްޗަށް ވެއްޓިފައިވާ ޒުވާނަކަށް ބޮޑު ގްރޫޕަކުން އަނިޔާ ކުރާ މަންޒަރެވެ.

ފުރަތަމަ އަނިޔާ ކުރަން ފެށިއިރު، އެތަނުގައި ތިބީ ތިން މީހުން ނަމަވެސް މަގުމުގެ ދެ ފަރާތުންނާއި ކުރިމަތީގައި އޮތް ގޯޅިތަކުން ސައިކަލުތަކުގައި އާއި ދުވެފައި މީހުން އައިސް އޭނާއަށް އަނިޔާ ކުރެއެެވެ.

އަދި ގޯޅިން ނުކުތް ސައިކަލެއް އަންނަ ގޮތަށް މަޑުކޮށްފައިވަނީ އޭނާގެ ގައިގައި ސައިކަލު ޖެއްސުމަށް ފަހުއެވެ.

އެ ޒުވާނާއަށް އަނިޔާ ކުރުމަށްފަހު އެ ގްރޫޕް ދިޔައިރު، އެތަނުގައި ފުލުހަކުވެސް އިނެވެ.

އެ ގްރޫޕް ދިއުމުން އެ ޒުވާނާ ތެދުވެެގެން އިތުރު މީހަކާއި އެކު ދިޔައީއެވެ.

ފުލުހުން މިއަދު މީޑިއާތަކަށް ވިދާޅުވީ، ރޭ 12:36 ހާއިރު ބޭންކް އޮފް ސިލޯން ކައިރީގައި މާރާމާރީއެއް ހިނގާކަމުގެ މައުލޫމާތު ފުލުހުންނަށް ލިބުމުން ދިޔައިރު، އެ ސަރަހައްދުން މާރާމާރީ ހިންގި މީހުން ގޮސްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، މައްސަލަ މިހާރު ތަހުގީގު ކުރަމުން ދާ ކަމަށެވެ.

 

 

 

 

#gaumugehaalathu

Posted by Xiestar xoro on Thursday, January 9, 2020

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.