web analytics
ސަރުކާރު

ރާއްޖޭގެ ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް ހުޅުވިފައިވާ ސިޓީ އެއް

ފޮރިން މިނިސްޓަރ އަބްދުﷲ ޝާހިދަށް

ވެދުން ސަލާމަށް ފަހު ދަންނަވަމެވެ.

ޝްރީލަންކާ ގައި ދިރިއުޅޭ އެތައް ހާސް ދިވެހި ރައްޔިތުންގެ ފަރާތުން މަނިކުފާނާއި ރައީސް އިބްރާހިމް މުހައްމަދު ސޯލިހު އަރިހުން އަޅުގަނޑުމެން އެދެނީ ޝްރީލަންކަންގެކާރގޯ ފްލައިޓުން ފޮނުވާ ކާއެތި ކޮޅަކަށް ނޫނެވެ. އެވެސް ކޮންމެވެސް ވަރެއްގެ އެހީ އެކެވެ. ނަމަވެސް ގިނަ ދިވެހީންނަށް ދިމާވެފައިވާ އެންމެ ބޮޑު މައްސަލައަކީ އާއިލާއިން ފޮނުވަމުން އައި ފައިސާ އަތަށް ލިބުމުގައި ދަތި ވުމެވެ. އާއިލާ ތަކުން ޖަމާ ކުރާ ފައިސާ ނަގަން އޭޓީއެމް ތައް ދޮށަަށް ދިއުން ވަނީ، ކާފިއުއާ ހެދި، ދަތިވެފައެވެ. އަދި ދަތިގޮތަކަށް އޭޓީއެމަށް ދެވުނަސް ގިނަފަހަރަށް އޭޓީއެމް ތަކުގައި ފައިސާ ނުހުރެއެވެ.

އަދި ހުރިހާ އާއިލާ ތަކަކީ ބޭންކް ކާޑު ގެންގުޅޭ ބައެއްވެސް ނޫނެވެ. އެފަދަ މީހުން ބަރޯސާވަމުން އައީ ލަންކާ އަށް އަންނަ ކޮންމެވެސް މީހަކު މެދުވެރިކޮށް އަތުން އަތަށް، އާއިލާއިން ފޮނުވާ ކޭޝް އަށެވެ. ވީމާ ސަރުކާރުގެ ހެޔޮފުޅުކަމުން، މި ޗާޓަރު ފްލައިޓުން ނަމަވެސް، ލަންކާގައި ތިބި ދިވެހި އާއިލާތަކަށް، އެމީހުންގެ އާއިލާތަކުން ކޭޝް ފޮނުވޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުން ނިހާޔަތަށް އެދެމެވެ. މިފެށުނު މަހުގެ ކުލިވެސް ގިނަ އާއިލާ ތަކުން ތިބީ ނުދެއްކިފައެވެ. މާލެއިން ކޭޝް ނުފޮނުވިގެންނެވެ. ވީމާ ލަންކާގައި ތިބި ދިވެހިންނަށް، އެމީހުންގެ އާއިލާތަކުން ފޮނުވާ ފައިސާ، ފޮރިން މިނިސްޓްރީ އިން އެއްކޮށް، ރަޖިސްޓްރީކޮށް، ވަކި އުސޫލެއްގެ ދަށުން، އެމްބަސީ މެދުވެރިކޮށް މިކޮޅަށް ލިބޭނެ ގޮތެއް ހަމަޖައްސަވައި ދެއްވުން އެދި ނުހަނު އަދަބު ވެރިކަމާއި އެކު ދެންނެވީމެވެ.

ޚާދިމަކުމް

އިބްރާހީމް ތަސްލީމް/ހ.ޖަވާހިރު ، މާލެ

އިތުރު މައުލުމާތު ހޯއްދެވުމަށް ގުޅުއްވާނެ ވައިބަރ ވަޓްސް އަޕް އަދި ޑައިރެކޓް  ފޯން ނަމްބަރ އަކީ  +94777877650

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

“މި ސަރުކާރުން އެމްޑީއެން އުވަނުލާނެކަމަށް ކެނެރީގޭ ނަޝީދު ބުނެފި”

ސުވާދީބު

ރައީސްގެ އެމެރިކާ ދަތުރުފުޅުގެ ޓިކެޓަށް ދެ މިލިއަން، ދަތުރުކުރީ ބިޒްނަސް ކްލާހުގައި؟ ބޮޑުވަރު!

ސުވާދީބު

ރައީސް ސޯލިހު ފުއްދިޔަ ނުދިން ވައުދު!

ސުވާދީބު