web analytics
ސަރުކާރު

ފަސްޓު ކުލާހުގައި ދަތުރުކޮށް 3 ދުވަހުގެ ދަތުރަކަށް ޝާހިދު 437,062.02 ރުފިޔާ ހަރަދުކުރައްވައިފި!

އަޒަރުބައިޖާނުގެ ވެރިރަށް ބާކޫގައި މިދިޔަ އަހަރުގެ އޮކްޓޯބަރު މަހުގެ 26 އިން 27 ގެ ނިޔަލަށް ކުރިއަށް ދިޔަ ނަން އެލައިންޑް މޫވްމެންޓްގެ 18 ވަނަ ސަމިޓުގައި ބައިވެރިވެ ވަޑައިގަތުމަށް ޚާރިޖީވަޒީރު އަބްދުﷲ ޝާހިދު އެ ޤައުމަށް ކުރެއްވި ދަތުރުފުޅުގައި 4 ލައްކައަށްވުރެ ގިނަ ރުފިޔާ ހަރަދުކުރައްވާފައިވާކަން ހާމަވެއްޖެއެވެ.

މި މައުލޫމާތު ހާމަވެފައިވަނީ “ސުވާދީބު” ގެ ފަރާތުން މައުލޫމާތު ހޯދުމާއި ލިބިގަތުމުގެ ޤާނޫނުގެ ދަށުން މިނިސްޓަރުގެ ދަތުރުތަކުގެ ތަފްސީލު ހޯދުމަށް ފޮރިން މިނިސްޓްރީގައި އެދުމުން އެ މިނިސްޓްރީން ދިން މައުލޫމާތުންނެވެ. މިގޮތުން މުޅި ދަތުރަށް 437,062.02 ރުފިޔާ ހަރަދުވެފައިވާއިރު ދަތުރުގައި މިނިސްޓަރު ޝާހިދަށް އެކަނި 119،134.26 ރުފިޔާ ވަނީ ހަރަދުކޮށްފައެވެ. މިނިސްޓަރުގެ އިތުރުން މި ދަތުރުގައި ފޮރިން މިނިސްޓްރީގެ ދެ އޮފިޝަލަކާއި މިނިސްޓަރުގެ ހަށިފާރަވެރިޔާ ބައިވެރިވެވަޑައިގެންނެވިއެވެ. މީގެ އިތުރުން އަހްމަދު މާހިރު ދީދީ ނަމަކަށް ކިޔާ އާންމު ރައްޔިތަކުވެސް މި ދަތުރުގައި ބައިވެރި ކުރައްވާފައިވެއެވެ. މާހިރު ދީދީ މިދަތުރުގައި ބައިވެރިވެފައިވަނީ ކޮން ހައިސިއްޔަތަކުން ކަމެއް ނޭނގެއެވެ.

ސަމިޓުގައި ބައިވެރިވެވަޑައިގަތުމަށް ޝާހިދު ބާކޫއަށް ވަޑައިގެންފައިވަނީ 25 އޮކްޓޯބަރުގައެވެ. އަދި 27 އޮކްޓޯބަރުގައި މިދަތުރު ނިންމަވާލެއްވުމަށްފަހު 28 އޮކްޓޯބަރުގައި މިނިސްޓަރު ހުންނެވީ މާލޭގައެވެ.

މި ދަތުރުގެ ބައިވެރިން އެވަރެޖުކޮށް ޓިކެޓަށް އެކަނި 70،000 އަށްވުރެ ގިނަ ރުފިޔާ ހަރަދުކޮށްފައިވާއިރު، އަޒަރުބައިޖާނުގެ ބާކޫއަށް ދާން ބިޒްނަސް ކުލާސް ދެކޮޅު ޓިކެޓުގެ އެވަރެޖު އަގަކީ 30،000 ރުފިޔާއެވެ. 70،000 ރުފިޔާ ޓިކެޓުތަކަށް ހަރަދުވެފައިވަނީ ފަސްޓް ކުލާހުގައި ދަތުރުކޮށް އަދި ޓްރާންސިޓްވި ވަގުތުވެސް އަގު ބޮޑު ހޮޓަލެއްގައި މަޑުކުރެއްވުމުންކަމަށް ލަފާކުރެވެއެވެ. ދައުލަތުގެ އެއްވެސް މުވައްޒަފަކު އެއްވެސް ހާލަތެއްގައި ފަސްޓު ކުލާހުން ދަތުރު ކުރުމަކީ މާލިއްޔަތު ޤަވާއިދު ތަންދޭ ކަމެއް ނޫނެވެ. ވަކިވަރަކަށް ވުރެ ދިގު ދަތުރެއް ނަމަ ބިޒްނަސް ކުލާހުން ދަތުރު ކުރެވިދާނެއެވެ.

ދަތުރުތަކަށް މިދިޔަ އަހަރު ފޮރިން މިނިސްޓްރީން އަދި ސަރުކާރުންވެސް ގިނަ އަދަދަކަށް ފައިސާ ހަރަދުކުރައްވާފައިވާއިރު، ސަރުކާރުން ބުނަމުން ގެންދަނީ އެ ދަތުރުތައް ކުރީ ހިލޭ އެހީ ހޯދުމަށް ކަމަށެވެ. ނަމަވެސް ފާއިތުވި އަހަރު އަންދާޒާކުރި ވަރުގެ 50 އިންސައްތަވެސް ހިލޭ އެހީގެ ގޮތުގައި ނުލިބޭކަން ފާހަގަކޮށްލެވެއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިމުރާނު ތިބޭފުޅާ މިހެންވެސް ބުނީމެއްނޫންތޯ؟

ސުވާދީބު

ރޯޑް ޑިވެލޮޕްމަންޓް ކޯޕަރޭޝަންގެ ނަމުގައި ރައީސުލް ޖުމްހޫރިއްޔާ ކުންފުންޏެއް އުފައްދަވައިފި

ސުވާދީބު

ހުރިހާ ސިޓީތަކުން ވެސް ބުނީ އެމްޑީޕީއޭ! ގެއްލުނީ އެންމެ ގޮނޑިއެއް!

ސުވާދީބު