web analytics
ސަރުކާރު

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކަން ފަށައިފި

ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް ވަޒީފާއިން ވަކިކުރާނެ ކަމުގެ ބިރުދައްކަމުންދާ ކަމަށް ޓްރާންސްޕޯޓް އޮތޯރިޓީގައި މަސައްކަތް ކުރާ މުވައްޒަފުން ބުނެފިއެވެ.

ADS BY ASTERS

ނަން ހާމަކުރަން ބޭނުންނުވާ ޓްރާންސްޕޯޓް އޮތޯރިޓީގެ މުވައްޒަފުންތަކެއް “ޑީޕީ” އަށް މައުލޫމާތު ދެމުން ބުނީ އެތަނުގައި މަސައްކަތް ކުރާ މުވައްޒަފުންގެ ތެރެއިން 11 މުވައްޒަފަކު ވަޒީފާ އިން ވަކިކުރަން ލިސްޓެއް ތައްޔާރުކޮށް އެއް މުވައްޒަފަކު މިހާރު ވަޒީފާ އިން ވަކިކޮށްފައިވާ ކަމަށެވެ.

“ސިޔާސީ މަގާމެއްގައި ހުރި ބޭފުޅަކު މިހާރު އަންގަވަމުން ގެންދަވަނީ ބާކީ ތިބި ދިހަ މުވައްޒަފުން ވެސް ކަނޑާލާނެ ކަން. އެކަމުގެ ސަބަބުން މުވައްޒަފުން މިތިބީ ވަރަށް ބޮޑު ބިރުވެރިކަމެއްގެ ތެރޭގައި. އާދައިގެ ވަޒީފާތަކުގެ މުވައްޒަފުން މިގޮތައް ކަނޑާލާނެ ކަމުގެ ބިރުދެއްކުމަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް.” އެމުވައްޒަފު ބުންޏެވެ.

އިތުރު މުވައްޒަފަކު ބުނީ ވަކި މުވައްޒަފުންތަކަކަށް ޓާގެޓް ކޮށްގެން އެމުވައްޒަފުންތައް ވަޒީފާ އިން ވަކިކުރުމަކީ އިންސާފުވެރި ނިންމުމެއް ނޫން ކަމަށެވެ.

“މިސަރުކާރު އައީވެސް އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާނެ ކަމަށް ވައުދު ވެގެން. ވަޒީފާތައް އިތުރަށް އުފައްދާނެ ކަމަށް ވައުދުވެގެން. ނަމަވެސް މިފެންނަ މަންޒަރަކީ މުވައްޒަފަކަށް ފަހު މުވައްޒަފެއް ވަޒީފާ އިން ވަކިކުރަމުންދާ މަންޒަރު. މިއީ މިސަރުކާރު އަންނަންވި ވައުދާއި ވެސް ހިލާފު ކަމެއް.” އޭނާ ބުންޏެވެ.

ޓްރާންސްޕޯޓް އޮތޯރިތީ އިން މައުލޫމާތު ދިން މުވައްޒަފުން ބުނާ ގޮތުގައި މާދަމާ ވެސް އެތަނުގެ މުވައްޒަފުންތަކެއް ވަޒީފާ އިން ވަކިކުރާނެ ކަމުގެ ބިރު އެބައޮތެވެ.

ރައީސް ޞާލިހް ވެރިކަމަށް ވަޑައިގެންނެވީ ސިޔާސީ މަޤުޞަދެއްގައި އެއްވެސް މުވައްޒަފަކު ވަޒީފާ އިން ވަކިނުކުރާނެ ކަމުގެ ވައުދު އެތައް ފަހަރަކު ތަކުރާރު ކުރެއްވުމަށް ފަހުއެވެ. ނަމަވެސް ފާއިތުވި ދިހަ ވަރަކަށް މަސް ދުވަސް ތެރޭގައި ސަރުކާރުގެ އެތައް މުވައްޒަފުންނެއް ވަނީ ވަޒީފާ އިން ވަކިކޮށްފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ލުޠްފީގެ ޖުރުމަނާ ސަރުކާރުން ދައްކާނަމަ ވިސާ މައްސަލައިގަ ޖުރުމަނާ ކުރާ ހުރިހާ ދިވެހިންގެ ޖުރުމަނާ ވެސް ސަރުކާރުން ދައްކައިދޭން ޖެހޭނެ

ސުވާދީބު

ވީރާނާވި ޕާކިން ސިސްޓަމް: ދިވެހިންނަކީ ހަމަ އެހާ މުއްސަނދި ބަޔަކީ ހެއްޔެވެ؟

ސުވާދީބު

ރިޔާސީ ޔޮޓު “އަރުމާޒު” ބަންނަން ކިހާވަރެއް ހަރަދުވިކަން އެނގޭތަ؟

ސުވާދީބު