web analytics
ސިއްޙަތު

ހެލްތު މިނިސްޓަރުގެ އިސްތިޢުފާއަށް އެމްޑީޕީގެ ޗެއާޕާސަން ގޮވާލައިފި

ހެލްތު މިނިސްޓަރ އަބްދުﷲ އަމީން އިސްތިއުފާ ދެއްވުމަށް އެމްޑީޕީގެ ޗެއާޕާސަން ހަސަން ލަތީފް ގޮވާލައްވައިފިއެވެ.މިއަދު ހެނދުނު ހަސަން ލަތީފް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ މިނިސްޓަރ ސަރުކާރުގެ ސިޔާސަތާއި އެއްގޮތަށް ޒިންމާދާރު ކަމާއި އެކު މަގާމު އަދާނުކުރެވޭނަމަ އިސްތިއުފާ ދެއްވުމަށެވެ.

ހެލްތު މިނިސްޓަރުގެ އިސްތިއުފާއަށް ގޮވާލައި ހަސަން ލަތީފް ޕޯސްޓު ކުރައްވައިފައި ވަނީ އަންހެނުން ހިތާނު ކުރުމަކީ ސަރުކާރުގެ ސިޔާސަތެއް ނޫން ކަމަށާއި އެކަމަށް ހިތްވަރު ނުދެއްވާ ކަމަށް ހެލްތު މިނިސްޓަރު އަމީން ވިދާޅުވެފައިވާ ޚަބަރެއް ޓްވީޓް ކުރައްވަމުންނެވެ.

އަންހެނުން ހިތާނު ކުރުމާއި މެދު އިސްލާމިކް މިނިސްޓްރީގެ ލަފައަކަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ(އެޗްޕީއޭ) އިން އެދުނު މައްސަލަ ފެންމަތިވެފައި ވަނީ މިދިޔަ ހަފްތާގައި އެވެ. އެމައްސަލަ ފެންމަތިވެ އެތައްބައެއްގެ ފާޑުކިއުން ލިބުމާއި އެކު އެ މައްސަލައާއި ގުޅިގެން އެޗްޕީއޭ އިން އިސްލާމިކް މިނިސްޓްރީ އަށް ފޮނުވި ސިޓީ ވަނީ ބާތިލުކޮށްފައެވެ.

އަމީން ރާއްޖޭގެ ހެލްތު މިނިސްޓަރުކަމާއި ހަވާލުވެވަޑައިގެންނެވީ ޖުމްހޫރީ ޕާޓީގެ ފަރާތުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ޗިކުންގުންޏާ އާއި ޑެންގީ ޖެހިގެން ރިޕޯޓް ކުރާ މިންވަރު އަދިވެސް އިތުރު!

ސުވާދީބު

ދުނިޔެ ސިއްސުވާލި 4 ބަލިމަޑުކަން!

ސުވާދީބު

މިއީ ގިނައިން ބޭނުން ކުރެވޭ ކާނާ ނަމަވެސް ހަށިގަނޑަށް ނުރައްކާތެރި!

ސުވާދީބު