web analytics
ސިޔާސީ

ބަރުލަމާނީ ގެންނަން އުޅެފިނަމަ އަޅުގަނޑުމެން އަތުން އެމްޑީޕީ ވެލިކާނެ”

ރާއްޖެ އަށް ބަރުލަމާނީ ނިޒާމު ގެންނަން އުޅެފިނަމަ އިދިކޮޅު ފަރާތްތަކުގެ އަތުން އެމްޑީޕީ ވެލިކާނެ ކަމަށް ކުރީގެ ހޯމް މިނިސްޓަރު އުމަރު ނަސީރު ވިދާޅުވެއްޖެއެވެ.

ސީއެންއެމްގެ ޕްރޮގްރާމެއްގައި ވާހަކަދައްކަމުން އުމަރު ވިދާޅުވީ ރާއްޖޭގައި އޮންނަން ވާނީ ރިޔާސީ ނިޒާމެއް ކަމަށް ގަބޫލުކުރާ ކަމަށާއި ބަރުލަމާނީ ނިޒާމެއް ރާއްޖެ އަށް ގެންނަން ބޭނުންވާ ހަމައެކަނި ބޭފުޅަކީ ކުރީގެ ރައީސް މުހައްމަދު ނަޝީދު ކަމަށެވެ.

ބަރުލަމާނީ ނިޒާމެއް ގެންނަން ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ތާއީދު ނުކުރައްވާނެ ކަމަށާއި ނަމަވެސް ބަރުލަމާނީ ނިޒާމެއް ގެންނަން ނަޝީދު އުޅުއްވައިފިނަމަ ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓުން އެމްޑީޕީ ބަލިކުރާނެ ކަމަށްވެސް އުމަރު ވިދާޅުވިއެވެ. އަދި ޖެހިޖެހިގެން ތިން އިންތިހާބުން ބަލިވެފައިވާ ޕީޕީއެމް އަށް ވެސް އިންތިހާބެއް ކާމިޔާބު ކުރުން މިވަގުތު ވަރަށް މުހިއްމު ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

“އެހެންވީމަ ބަރުލަމާނީއެއް ގެންނަން މަސައްކަތްކޮށްފިއްޔާ، އަޅުގަނޑު ދަންނަވާނީ އެއީ އެމްޑީޕީ ފުރަތަމަ ފަހަރަށް އަޅުގަނޑުމެން އަތުން ވެލިކާނެ ފަހަރޭ އެއީ. ވަރަށް އުފާވާނެ ނަޝީދު އެ މަސައްކަތް ކުރައްވައިފިއްޔާ” އުމަރު ވިދާޅުވިއެވެ.

އެންމެއް އެއްގަލަކަށް އަރައި ނަޝީދުގެ “އެޖެންޑާ”އިން ގައުމު ސަލާމަތް ކުރުން

ރާއްޖޭގައި މިހާރު އޮންނަނީ ރިޔާސީ ނިޒާމެއް ކަމަށްވާއިރު އިދިކޮޅު ފަރާތްތަކުން މިދިޔަ މަޖިލިސް އިންތިހާބުގައި ވަނީ ވެރިކަމުގެ ނިޒާމު ބަދަލުކުރަން ފުރުސަތު ނުދޭނެ ކަމަށް ބުނެފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

“މަވަރެއް ނެތިގެން” އުޅޭ މީހުންވެސް އުޅޭ ދޯ އެވެ!

ސުވާދީބު

ޕީޕީއެމް މައްސަލައިގެ ތެރެއަށް މައުމޫން ތަދައްޚުލްވާން ނިންމައިފި

ސުވާދީބު

ޕީޕީއެމްގެ ހިންގުން މައުމޫނާ ހަވާލުކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފަށަނީ

ސުވާދީބު