web analytics
ސިޔާސީ

“ކިރުވާ މަސްކޮޅުގެ ފައިސާ ހޯދަންވެސް މުޒާހަރާ”

މަސްވެރިން ބާނާ މަސްކޮޅު ކިރުވުމަށްފަހު، ފައިސާ ހޯދަންވެސް ޖެހެނީ މުޒާހަރާ ކުރަން ކަމަށާ އެއީވެސް އޯގާތެރިކަންތޯ ނައިފަރު ދާއިރާގެ މެންބަރު އަދި އިދިކޮޅު ޕީޕީއެމްގެ ނާއިބް ރައީސް އަހުމަދު ޝިޔާމް ސުވާލު ކުރައްވައިފި އެވެ.

މިފްކޯއަށް ކިރުވާފައިވާ މަހަށް ފައިސާ ލިބިފައިނުވާ ކަމަށް ބުނެ ބައެއް މަސްވެރިން މިއަދު މުޒާހަރާ ކުރަން ނިންމުމުން އެ ކުންފުންޏަށް ކިރުވި މަހަށް ފައިސާ ދީފައިވާ ކަމަށް ބައެއް ނޫސްތަކުގައި ވަނީ ރިޕޯޓްކޮށްފައެވެ. އަށް ދޯންޏެއްގައި މަސްވެރިކަން ކުރަމުންދާ މީހުން މިއަދު މުޒާހަރާ ކުރަން ނިންމުމުން މިމަހުގެ 18 ވަނަ ދުވަހުގެ ނިޔަލަށް މަސްވެރިންނަށް ދޭންޖެހޭ ފައިސާތައް މިފްކޯއިން ދީފައިވާ ކަމަށް އެ ރިޕޯޓްތަކުގައިވެއެވެ.

އެކަމާއި ގުޅިގެން ޝިޔާމް ކުރައްވާފައިވާ ޓްވީޓެއްގައި ވިދާޅުވީ މަސްވެރިން ބާނާ މަސްކޮޅު ކިރުވުމަށްފަހު، ފައިސާ ހޯދަންވެސް ޖެހެނީ މުޒާހަރާ ކުރަން ކަމަށެވެ. އަދި ސަރުކާރުން ދަނީ ދިވެހި މަސްކަނޑުން މަސްބާނަން ޖެހޭ މިންވަރުވެސް ލިމިޓް ކުރަމުން ކަމަށް ޝިޔާމް ވިދާޅުވިއެވެ.

“މަސްކިރާފަ މަސްކޮޅަށްވާ ފައިސާކޮޅު، މުޒާހަރާކޮށްގެން ހޯދީމަވެސް ހަމަ އޯގާތެރި. މި ސަރުކާރުން މިވަނީ ދިވެހި މަސްކަނޑުން ދިވެހިން މަސް ބާނަންޖެހޭ މިންވަރުވެސް ލިމިޓްކޮށްފައި.” ޝިޔާމް ވިދާޅުވިއެވެ.

މަސްވެރިންނަށް ފަހި ގޮތްތައް ހޯދާދީ، މަހަށް ހަމަ އަގު ދިނުމަކީ ސަރުކާރުގެ ވައުދެކެވެ. އަދި މަސްވެރިން ބާނާ މަސް ފަސޭހައިން ކިރޭނެ އިންތިޒާމް ހަމަޖައްސާ މަސްވެރިންނަށް ޒަމާނީ ފަސޭހަތައް ހޯދާދިނުމަކީ ސަރުކާރުގެ އަމާޒެކެވެ.

އެ އަމާޒަށް ވާސިލްވުމަށް ސަރުކާރުން ދަނީ މުހިންމު މަސައްކަތްތަކެއް ކުރަމުންނެވެ.

މަސްވެރިންނަށް އަޅާނުލުމާއި، މަސްވެރިންގެ ޝަކުވާތަކަށް ސަރުކާރުން އިޖާބަ ނުދޭ ކަމުގެ ވާހަކައަކީ ކޮންމެ ސަރުކާރެއްގެ ދުވަސްވަރުވެސް ވަރަށް ބޮޑަށް ދެކެވޭ ވާހަކަތަކެކެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމްޑީޕީގެ ޕްރައިމަރީގައި ވާދަކުރުމަށް ނިޒާރު ފޯމު ހުށަހަޅައިފި

ސުވާދީބު

ޕީޕީއެމް އަށް ނުވަދެ މިހިރީ ފެކްޝަނެއް އުފެދިދާނެތީ – އުމަރު

ސުވާދީބު

ވެރިކަން ލިބުމުން މަހުޖަނުން ގޯސްވެއްޖެ – ގާސިމް

ސުވާދީބު