އެންމެ ފަހުން ބޭއްވި ރިޔާސީ އިންތިހާބު އޮޅުވާލައި ރައީސް އިބްރާހިމް މުހައްމަދު ސާލިހް ރައީސް ކަމަށް އައްޔަން ކުރުމަށް އިންޑިއާއިން އެހީތެރިކަން ފޯރުކޮށްދިން ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެފައި ވުމުން އިންޑިއާއިން އެކަމަށް ޖަވާބުދާރީވާން ޖެހޭ ކަމަށް ޕީޕީއެމްގެ ނައިބުރައީސް މުހައްމަދު ހުސައިން ޝަރީފް (މުންދު) ވިދާޅުވެއްޖެއެވެ.
އިންޑިއާ އިން ރާއްޖޭގެ ރިޔާސީ އިންތިޚާބަށް ނުފޫޒު ފޯރުވިކަމަށް ނަޝީދު އިއުތިރާފުވީ މިހާރު އިންޑިއާ އަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި އިންޑިއާގެ ޓީވީ ޗެނަލްއަކަށް ދެއްވި އިންޓަވިއުއެއްގައެވެ.
ބޭނުމީ “ފުރަތަމަ އިންޑިއާ” ސިޔާސަތެއް ނޫން! “ފުރަތަމަ ދިވެހިރާއްޖެ” ސިޔާސަތު!
ނަޝީދު ވިދާޅުވީ މިދިޔަ އަހަރުގެ ރިޔާސީ އިންތިޚާބު އިދިކޮޅު އައިއިރު އިދިކޮޅުގައި ތިބި ފަރާތްތަކަށް އިންތިޚާބު ކާމިޔާބު ކުރެވިދާނެ ކަމަށް އެއްވެސް ބަޔަކު ހީނުކުރާ ކަމަށެވެ. ނަމަވެސް އިންތިޚާބު ކާމިޔާބު ކުރެވޭނެ ކަމަށް އިންޑިއާ އިން ގަބޫލުކުރި ކަމަށް ނަޝީދު ވިދާޅުވިއެވެ.
“އެކަކުވެސް ހީނުކުރޭ އަޅުގަނޑުމެންނަށް ރިޔާސީ އިންތިހާބު ކާމިޔާބު ކުރެވިދާނެ ކަމަށް. އެންމެން ހީކުރީ އިންތިހާބު އޮންނާނީ އޮޅުވާލާފައި ކަމަށް. އަޅުގަނޑުމެއްނަނސޤ ކާމިޔާބު ލިބޭނެ އެއްވެސް ފުރުސަތެއް ނޯންނާނެކަމަށް ހީކުރެވުނު.” ނަޝީދު ވިދާޅުވިއެވެ.
އެންމެއް އެއްގަލަކަށް އަރައި ނަޝީދުގެ “އެޖެންޑާ”އިން ގައުމު ސަލާމަތް ކުރުން
އެމްޑީޕީ އަށް އިންތިޚާބު ކާމިޔާބު ކޮށްދިނުމަށް އިންޑިއާ އޮފިޝަލުން އަދި ޑިޕްލޮމެޓުން ގަދަޔަށް މަސައްކަތް ކުރިކަމަށް ނަޝީދު ވިދާޅުވިއެވެ. “ކުޑަކުޑަ ފުރުސަތެއް ތަނަވަސް ކޮށްދީފި ކަމުގައި ވާނަމަ، އެމްޑީޕީއަށް އިންިތހާބު ކާމިޔާބު ކުރެވޭނެކަން އިންޑިއާ ސަރުކާރަށް އެނގޭ” ނަޝީދު ވިދާޅުވިއެވެ.
މިކަމާއި ގުޅިގެން ގިނަ ބަޔަކު ދަނީ މި ސަރުކާރަށް ފާޑު ކިޔައި އިންޑިއާ އާއި މެދު ނުރުހުން ފާޅުކުރަމުންނެވެ. ރައީސް ނަޝީދަކީ މީގެ ކުރިންވެސް އެފަދަ ކަންކަން ކުރެއްވުމަށްފަހު ހާމަކުރައްވަމުން އައި ބޭފުޅެކެވެ.
Facebook Comments