web analytics
ޑރ. ޛަމީލު

އެމްޑީޕީ ދަފުތަރު ސައްހައެއް ނޫން، ބޭނުން ކުރަނީ ބާރު: ޖަމީލް

ސަރުކާރު ހިންގާ މައި ޕާޓީގެ ދަފުތަރު ސައްހަ ނޫން ކަމަށާ އޭގެ ސަބަބުން އެ ޕާޓީން ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުން ކޮށްފައިވާކަން ހާމަވާ ކަމަށް ކުރީގެ ނާއިބު ރައީސް ޑރ. މުހައްމަދު ޖަމީލް އަހުމަދު ވިދާޅުވެއްޖެ އެވެ.

ކޮންމެ ދުވަހަކުހެން އެމްޑީޕީއަށް ވަރަށް ބޮޑަށް ފާޑުވިދާޅުވަމުން ގެންދަވާ ޖަމީލް މިހެން ވިދާޅުވީ އިދިކޮޅުގެ ބައެއް އިސް ބޭފުޅުން ނަން އެމްޑީޕީގެ ދަފުތަރުގައި ހިމެނޭ މައްސަލައާއި ގުޅިގެން ކަންބޮޑުވުން ފާޅުކުރައްވަމުންނެވެ.

ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި ދިމާކޮށް އެމްޑީޕީން ބާއްވާ ޕްރައިމަރީގައި ވޯޓް ލެވޭނެ މީހުންގެ ލިސްޓް މިހާރު ވަނީ އާންމުކޮށްފައެވެ. އެ ލިސްޓްގައި އިދިކޮޅު ޕާޓީތަކުގައި އިސްކޮށް ހަރަކާތްތެރިވާ ބައެއް ބޭފުޅުންގެ ނަން ވެސް ހިމެނެ އެވެ.

ޖަމީލް ވިދާޅުވީ އެމްޑީޕީން އާންމުކޮށްފައިވާ އެ ޕާޓީގެ ދަފުތަރަކީ ސައްހަ އެއްޗެއް ނޫން ކަމަށެވެ. އަދި އެޕާޓީއަށް ނުވަންނަ އެތައް މެންބަރުންނެއް އެ ދަފުތަރުގައި ހިމެނުމަކީ ވެރިކަމުގެ ބާރާއި ނުފޫޒު ބޭނުން ކޮށްފައިވާކަން ހާމަވާ ކަމެއް ކަމަށެވެ.

ޖަމީލްގެ މި ފާޑު ވިދާޅުވުން އާއިރު އިިދިކޮޅުން ވެސް ގެންދަނީ އެމްޑީޕީން ކަމާބެހޭ އިދާރާތަކުގައި ހުރި ރައްޔިތުންގެ މައުލޫމާތު އެ ޕާޓީން ހޯދާފައިވާ ކަމަށް ތުހުމަތު ކުރަމުންނެވެ. އަދި އެކަން އެގޮތަށް ކޮށްފައިވަނީ މިމަހުގެ 31 ވަަނަ ދުވަހު އޮންނަ އެ ޕާޓީގެ ޕްރައިމަރީގައި ޕާޓީގެ ލީޑާޝިޕުން ބޭނުންވާ ބަޔަކަށް ޓިކެޓް ދިނުމުގެ މަގްސަދުގައި ކަމަށްވެސް އިދިކޮޅުން ތުހުމަތު ކުރެ އެވެ.

ޖަމީލް ވިދާޅުވީ ރައްޔިތުންނަށް އޮޅުވާލައިގެން ޕާޓީއަށް މީހުން ވެއްދުމުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުން އެބައޮތް ކަމަށެވެ. މިއީ ފުރިހަމަ ތަހުގީގެއްކޮށް، ފިޔަވަޅު އަޅަންޖެހޭ ޖިނާއީ ކުށުގެ އަމަލެއް ކަމަށް ވެސް ވިދާޅުވިއެވެ.

“އެމްޑީޕީގެ ދަފުތަރު ސައްހައެއް ނޫން. ވެރިކަމުގެ ބާރާއި ނުފޫޒް ބޭނުންކޮށް ފައިވާކަން މިއޮތީ ހާމަވެފައި. ރައްޔިތުންނަށް އޮޅުވާލައިގެން ޕާޓީ އަށް ވެއްދުމުގައި ގިނަ އިދާރާތަކެއްގެ ބައިވެރިވުން އެބައޮތް. މިއީ ފުރިހަމަ ތަހުގީގެއްކޮށް، ފިޔަވަޅު އަޅަންޖެހޭ ޖިނާއީ ކުށުގެ އަމަލެއް.” ކުރިން ފަނޑިޔާރު ކަމާއި ވަޒީރުކަން ވެސް ކުރެއްވި ޖަމީލު ވިދާޅުވި އެވެ.

އެމްޑީޕީގެ ދަފްތަރުގައި ތިމަރަފުށީ ދާއިރާގެ މެންބަރު އަބްދުﷲ ރިޔާޒާ، ދިއްދޫ ދާއިރާގެ ކުރީގެ މެންބަރު އަބްދުލްލަތީފާއި، ނިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ޑރ. އަބްދުﷲ ހަލީލާއި، މިލަންދޫ ދާއިރާގެ ކުރީގެ މެންބަރު ހަސަން މުފީދުގެ ނަންވެސް ހިމަނާފައި ވެއެވެ. އެ ބޭފުޅުން ވަނީ ދުވަހަކު ވެސް އަދި އެމްޑީޕީއަށް ސޮއި ކޮށްފައި ނުވާނެ ކަމަށް ވިދާޅުވެފައެވެ. އަދި އޮޅުވާލުމުގެ އެ އަމަލު ތަހުގީގު ކުރުމަށް ވެސް ގޮވާލާފައި ވެއެވެ.

އެމްޑީޕީގެ ޕްރައިމަރީގައި 80،000 އާ ކައިރި އަދަދަކަށް މެންބަރުންނަށް ވޯޓް ލެވޭނެ ކަމަށް ބުނި ނަމަވެސް އިލެކްޝަންސް ކޮމިޝަނުން ބަލަހައްޓަމުންދާ އެ ޕާޓީގެ ދަފްތަރުގައި ތިބީ 54101 މެންބަރުންނެވެ. އެ ކޮމިޝަނުން ވަނީ އެ އިދާރާއިން ބަލަހައްޓަމުންދާ ދަފުތަރު ގަޑުބަޑު ނުކުރާ ކަމަށް ބުނެފަ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

“މަޖިލީހުން ބޭނުންކުރީ ރައީސްގެ ބާރެއް”

ސުވާދީބު

ސަރުކާރަށް އަހަރެއް ވެއްޖެ، މާލޭގެ މަގުތަކުގެ ހާލަތަށް ބަދަލެއް ނާދޭ : ޖަމީލް

ސުވާދީބު

ރައީސްގެ ވާހަކަފުޅަށް ޖަމީލް ރައްދު ދެއްވައިފި

ސުވާދީބު