web analytics
ޑރ. ޛަމީލު

ޖަލްސާއިން އެނގުނީ ރައީސް ޔާމީންގެ މަސައްކަތް ބަލައިގެންފިކަން: ޖަމީލް

ލޯކަލް ކައުންސިލް އިންތިހާބުގެ ކެމްޕެއިން ފެށުމަށް އިދިކޮޅު ފަރާތްތަކުން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އިން ފެނިގެން ދިޔައީ ކުރީގެ ރައީސް އަބްދުﷲ ޔާމީން ކުރެއްވި އިހްލާސްތެރި މަސައްކަތް ރައްޔިތުން ބަލައިގަންނަ ކަން ކަމަށް ކުރީގެ ނައިބު ރައީސް ޑރ. މުހައްމަދު ޖަމީލް ވިދާޅުވެއްޖެއެވެ.

“މިއީ މަގޭ ރާއްޖެ” ނަމުގައި އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާ އަށް އެތައް ހާސް ބަޔަކު ހާޒިރުވުމާ ގުޅިގެން އެކަން އިޝާރާތް ކުރައްވައި ރައީސް ޔާމީންގެ ގާނޫނުގެ ވަކީލުންގެ ޓީމުގައި ހިމެނިވަޑައިގަންނަވާ ޖަމީލް މިއަދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ޖަލްސާ އިން ތިން ކަމަކަށް ރައްޔިތުން ނޫނެކޭ ބުނެފައިވާ ކަމަށެވެ.

އެއީ އިސްލާމް ދީނާއި މިނިވަން ކަމަށް ގޮންޖެހުމާއި އާންމުވަމުންދާ ކޮރަޕްޝަންގެ އަމަލުތަކާއި ރައްޔިތުންގެ މަޖިލިހުގެ ރައީސް، އަދި ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ސިޔާސަތުތަކަށް ކަމަށް ޖަމީލް ވިދާޅުވިއެވެ.

Mohamed Jameel Ahmed

@MJameelAhmed

PPM ge reyge jalsaa in fenigen dhiyaee, Raees Yameen aai PPM sarukaaru ge ikhlaastheri masaikah rayyithun balaigenfikan. Adhi 3 kamakah Rayyithun noonekey bunefikan.
1. Islam Dheen aai minivankamah gonjehun.
2. Aanmuvamun dhaa corruption ge amaluthah.
3.RN ge siyaasathuthah.

View image on TwitterView image on TwitterView image on Twitter
117 people are talking about this

އޭޕްރިލް މަހުގެ ހަތަރު ވަނަ ދުވަހު ބާއްވާ ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ފެށުމަށް ޕީޕީއެމް އިން ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާ އަށް ދިޔަ އާއްމުންގެ އަދަދު ގިނަވުމުން ކުރީ ސަފުގައި ހުރި ގޮނޑިތައް އާންމުންނަށް ދިނުމަށް ފަހު، ޕީޕީއެމްގެ އިސް ބޭފުޅުން އެ ޖަލްސާގައި ތިއްބެވީ ކޮޅަށެވެ.

ކާނިވާ ސަރަހައްދުގައި ބޭއްވި ޖަލްސާގައި މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރަށް ޖަލަށްލާފައިވާ ޔާމީން ދޫކޮށްލުމަށްގޮވާލައިފައެވެ. އަދި ޖަލްސާގެ ގިނަ ބައިވެރިން ތިބީ، ޔާމީން ދޫކޮށްލުމަށް ގޮވާލާ، ތަފާތު މެސެޖްތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފަހައްޓައިގެންނެވެ.

ކުރިއަށް އޮތް އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕީޕީއެމުން ބޭނުން ކުރާނެ ފަސް ސިޔާސަތު ރޭ ވަނީ ހާމަކޮށްފައެވެ. އެއީ އިސްލާމް ދީން، މިނިވަންކަމާއި މުސްތަގިއްލުކަން، ރައީސް ޔާމިން ދެއްވި އިރުޝާދުތައް، އިގްތިސާދު އަދި ތަހުޒީބު ކައުންސިލެއް، މިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

“ފަނޑިޔާރުންނަށް ބިރުދެއްކުން ބަލައިނުގަނެވޭނެ“

ސުވާދީބު

އަނދުން ހުސޭނަށް ފިޔަވަޅު އަޅަން ޖެހޭ – ޖަމީލް

ސުވާދީބު

ކޮރަޕްޝަނަށް އެންމެ ފަރިތަ ފިކުރަކީ އެމްޑީޕީ: ޖަމީލް

ސުވާދީބު