web analytics
ޕީޕީއެމް ޕީއެންސީ ކޯލިޝަން

ރައްޔިތުންގެ ލާބައާއި މަންފާއަށް މިސަރުކާރުން ކުރި ކަމެއް ނެތް: ނަރީޝް

މިސަރުކާރަށް ރައްޔިތުންގެ މަޖިލިހުގެ ސުޕާ މެޖޯރިޓީއާއި ހިނގަމުން މިދާ މަޖިލިހުގެ އަޣުލަބިއްޔަތުވެސް ރައްޔިތުން ދިންނަމަވެސް ރައްޔިތުންނަށް ލާބަހުރި މަންފާހުރި ކަމެއް މިސަރުކާރަށް މިހައިތަނަށް ކުރެވިފައިނުވާ ކަމުގައި ޕީއެންސީގެ ކައުންސިލު މެންބަރު އަދި ޕީޕީއެމް ފަރާތުން މާފަންނު މެދުދާއިރާއަށް ލޯކަލް ކައުންސިލް އިންތިޚާބުގައި ވާދަކުރައްވާ ކެޑިޑޭޓު އަޙްމަދު ނަރީޝް ވިދާޅުވެއްޖެއެވެ.

ނަރީޝް މިފަދައިން ވިދާޅުވެފައިވަނީ ރޭ ޕީޕީއެމް އޮފީހުގައި އޮތް ޖަލްސާއެއްގައި ވާހަކަދައްކަވަމުންނެވެ. ނަރީޝު ވިދާޅުވި ގޮތުގައި ރާއްޖޭގެ އެކި ކަންކޮޅުތަކަށް ކުރެވުނު ދަތުރުގައި މިސަރުކާރުން މިހައިތަނަށް ރައްޔިތުންގެ ލާބައަށް ކުރެވިފައިވަނީ ކޮންކަމެއްތޯ ރައްޔިތުން އަރިހުގައި އެއްސެވި ކަމުގައި ވިދާޅުވިއެވެ.

މާފަންނު މެދުދާއިރާގެ ކައުންސިލު ގޮނޑިއަށް ކުރިމަތިލެއްވި ސަބަބަކީ އެދާއިރާގެ ރައްޔިތުންނަށް އެއްވެސް ކަމެއް ކޮށްނުދެވި ޙައްޤުވާ މިންވަރު އެރައްޔިތުންނަށް މިހާތަނަށް ހޯދައިދެވިފައިނުވަނީ ކީއްވެކަން އެދާއިރާގެ ގޮނޑީގައި އިންނެވި އެމްޑީޕީ މެންބަރަށް ވިދާޅުވެ ނުދެއްވޭތީ ކަމުގައިވެސް ނަރީޝު ވިދާޅުވިއެވެ. އަދި އޭނާ ނުކުންނަވަނީ ރައީސް ޔާމީނުގެ ފިކުރުގެ މަތީގައި ކަމުގައިވެސް ނަރީޝް ފާހަގަކުރެއްވިއެވެ. އޭނާ ވިދާޅުވި ގޮތުގައި އެފިކުރަކީ ރައްޔިތުންނަށް ތަރައްޤީ ހޯދައިދީ ޤައުމުގެ އިސްތިޤުލާލާއި މިނިވަންކަން ދަމަހައްޓައިދީ، އިސްލާމީ ވަޙުދަތު ރައްކާތެރިކޮށްދީ އިޖުތިމާޢީ ފޭރާން ހަރުދަނާކުރާ ފިކުރު ކަމުގައެވެ.

މި ސަރުކާރަށް ހާސިލުވީ ކޮންކަމެއްތޯ ރައްޔިތުން ސުވާލު އުފައްދަންޖެހޭ: ޣައްސާން

އަދި މާފަންނު މެދު ދާއިރާގެ ރައްޔިތުން އޭނާ އިންތިޚާބުކޮށްދެއްވައިފިނަމަ، އޭނާ ވެވަޑައިގަންނަވާނީ ނަމޫނާ ކައުންސިލަރަކަށް ކަމުގައިވެސް ނަރީސް ވިދާޅުވިއެވެ. އަދި އޭނާ ވެވަޑައިގަންނަވާނީ ދެވަނަ ފަހަރަށް ރައްޔިތުން ހޮއްވަވަން ބޭނުންފުޅުވާ ކަހަލަ ކެޑިޑޭޓަކަށް ކަމުގައިވެސް ނަރީޝު ވިދާޅުވިއެވެ. އަދި އޭނާއަކީ ޒުވާނުން މަގުމަތީ ބިއްޖެހިފައި ތިބުމަށް އެދިވަޑައިނުގަންނަވާ ޒުވާނެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ދިވެހިރާއްޖެ ތަރައްޤީކުރާނެ ފިކުރުގައި ހުރި ޒުވާނެއް ކަމުގައިވެސް އޭނާ ވިދާޅުވިއެވެ. އަދި ޕީޕީއެމްގެ ފަރާތުން މިއިންތިޚާބުގައި ވާދަކުރާ ހުރިހާ ކެޑިޑޭޓުންނަށް ވޯޓުދެއްވުމަށް ނަރީޝު އެދިވަޑައިގަތެވެ.

އަދި ކުރިއަށް އޮތް ދުވަސްތަކުގައި ފެނަށާއި ކަރަންޓަށް ސަރުކާރުން ދެމުންދާ ސަބްސިޓީއެއް ނުދެވޭނެ ކަމުގައި ނަރީޝް ވިދާޅުވިއެވެ. ޢުމުރުން ދުވަސްވީ ފަރާތްތަކާއި އެކަނިވެރިމައިންނާއި ނުކުޅެދުންތެރިކަން ހުންނަ ކުދިންނަށް ދޭ ފައިސާވެސް ނުދެވޭނެ ކަމުގައާއި އެހުރިހާ ކަމެއް އަޅުވާނީ ކުރީ ސަރުކާރާއި ކޮރޯނާ ވައިރަސްގެ ބޮލުގައި ކަމުގައިވެސް ނަރީޝު ވިދާޅުވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ހިނގަމުން އައި މަޝްރޫޢުތަކެއް އަލުން ފެށުމަކީ ޖޯކެއް – ޑރ މުޢިއްޒު

ސުވާދީބު

ޕީޕީއެމެއް ނުފެނުނު، ބޮޑު ބައްޔަކާ އެކު ބޮޑު ލަދެއް!

ސުވާދީބު

މާލެ އަތޮޅު ކައުންސިލް ރައީސްގެ މަޤާމަށް ޕީޕީއެމް ޓިކެޓުގައި ނިމާލު

ސުވާދީބު