web analytics
ޕީޕީއެމް ޕީއެންސީ ކޯލިޝަން

އިސްލާމްދީނަށް ފުރައްސާރަ ކުރަމުން ގެންދާ ކެނެރީގޭ ނަޝީދުއަށާއި ސަރުކާރަށް ދިވެހި މުސްލިމު ރައްޔިތުން ދިން ވަރުގަދަ މެސެޖެއް؟!

“މާތްވެގެންވާ އިސްލާމް ދީނާއި ދިވެހި ގައުމުގެ ހައްގުގައި ތިޔަބޭފުޅުންގެ ތިޔަ ނިކުމެވަޑައިގަތުމަށް އައްސަރިބަހާއި ސާބަސް ދަންނަވަން،” ކާނިވާ ސަރަހައްދަށް ރޭ އެއްވެފައި އޮތް މީހުންނަށް އިޝާރާތް ކުރައްވައި ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ ވިދާޅުވިއެވެ.

ފޯރީގައި ރެލީތަކުގައި އާންމުކޮށް ވާހަކަ ދައްކަވާ އަބްދުއްރަހީމް ފެންކަޅިވި އެއް ސަބަބަކީ މަނީ ލޯންޑްރިންގެ ކުށުގައި ފަސް އަހަރު ދުވަހުގެ މުއްދަތަކަށް ޖަލަށްލާފައިވާ ކުރީގެ ރައީސް އަބްދުﷲ ޔާމީން ވަޑައިގެން ނެތުމުން އެކަމުގެ ފަޅުކަމުންނެވެ. ކާނިވާ ސަރަހައްދު ޕީޕީއެމް/ޕީއެންސީގެ ސަޕޯޓަރުން ފުރާލިއިރު، ދެ ޕާޓީގެ ލީޑަޝިޕްގެ ބޭފުޅުންނާއި ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބުގައި ވާދަކުރައްވާ ކެންޑިޑޭޓުން ތިއްބެވީ ސަފުތައް ހަދައިގެން އެންމެ ކުރީގައި ކޮޅަށެވެ. އިށީންނާނެ ގޮނޑިއެއް ނެތުމުގެ ސަބަބުން ޖަލްސާ އަށް ދިޔަ ބައެއް މީހުން ވެސް ތިބެން ޖެހުނީ ކޮޅަށެވެ.

ޔާމީންގެ ވެރިކަން ނިމުނު ފަހުން ވަރަށް ބޮޑަށް ހީނަރުވި ކަމަށް ވާދަވެރިން ވަރަށް ބޮޑަށް ގަބޫލު ކުރަމުން އަންނަ ޕީޕީއެމް/ޕީއެންސީ އަށް މިފަހަކަށް އައިސް ބޮޑު ޖަލްސާއެއް ބޭއްވިފައެއް ނުވެއެވެ. ދެ ޕާޓީ އަށް ރައްޔިތުން ކުރާ ތާއީދު ގެއްލިފައިވާ ކަމަށް ބުނެ، ވާދަވެރިން އޭރުއްސުރެ ދިޔައީ ފާޑު ކިޔަމުންނެވެ. ޕީޕީއެމް/ޕީއެންސީގެ ކޮޅަށް ރައްޔިތުން ނާރަނީ ވައްކަމާއި ކޮރަޕްޝަނާއި އަނިޔާއާ ދެކޮޅުވީމަ ކަމަށް ބުނާ ބަޔަކު ވެސް ތިއްބެވެ.

އިސްލާމް ދީނާއި ދެކޮޅު ޖަމިއްޔާއިން ހަނިމާދޫ ވޯކްޝޮޕްގައި ފިތްކަނޑައިގެން ދާވަރުގެ ވާހަކަތަކެއް!

އޭގެ އެންމެ ބޮޑު އެއް ހެއްކަކަށް ދެއްކީ، ޔާމީން މިނިވަން ކުރަން ގޮވާލައި ބޭއްވި މުޒާހަރާތައް ވައިގައި ނުހިފުމުންނެވެ. ސިލްސިލާ މުޒާހަރާތަކަކަށް ފަހު، އެންމެ ފަހުން އެ މުޒާހަރާތައް ބަދަލުވީ ޕީޕީއެމް އޮފީހުގައި ބާއްވާ ސިލްސިލާ ބައްދަލުވުންތަކަކަށެވެ. ބައިވެރިވަނީ މަދު ބައެކެވެ. އެކަމަކު ކާނިވާ ސަރަހައްދުގައި ރޭ ބޭއްވި ޖަލްސާ އަށް ގިނަ ބަޔަކު ހާޒިރުވުމުން، މިއީ ރާއްޖޭގެ ސިޔާސީ މަސްރަހަށް އައި ބޮޑު ބަދަލެކެވެ.

 

ރޭ ބާއްވާ ޕީޕީއެމް ޖަލްސާ: ފޮޓޯ ޕީޕީއެމް

ޕާޓީގެ ލީޑަރު ޔާމީން ޖަލަށް ލައި، އިދިކޮޅު ހަރަކާތް ވަރަށް ބޮޑަށް ހީނަރުވެފައިވާ މިފަދަ ދަނޑިވަޅެއްގައި އެތައް ހާސް ބަޔަކާ އެކު، ޕީޕީއެމް/ޕީއެންސީން ނުކުތުމަކީ ހާއްސަކޮށް، އެމްޑީޕީގެ ސަޕޯޓަރުންނަށް ވެސް ގަބޫލު ކުރަން ވަރަށް ދަތިވި ކަމެކެވެ. ޔާމީން މިނިވަން ކުރުމަށް ގޮވާލައި ޝުއޫރުތައް ލިޔެފައިވާ ބޯޑުތަކާއި އެމަނިކުފާނުގެ ފޮޓޯފުޅު ޖަހާފައިވާ ބޯޑުތައް ހިފައިގެން ގިނަ ބަޔަކު ނުކުތުމުން އެމްޑީޕީ ސަޕޯޓަރުންނަށް ވެސް ލިބުނީ ހައިރާންކަމެކެވެ.

ޔާމީން ވެރިކަމުގައި އޮތް އިރު، ޕީޕީއެމްގެ ހަރަކާތްތަކަށް ބޮޑު “ލަޝްކަރެއް” އަބަދުވެސް ނުކުމެއެވެ. މާލެ އާއި ހުޅުލެ އާއި ދެމެދު އެޅި ބްރިޖާއި 25 ބުރީގެ ދަރުމަވަންތަ ހޮސްޕިޓަލާއި ކުރު މުއްދަތެއްގެ ތެރޭގައި މާލެ އާއި ރަށްރަށަށް ގެނައި ބަދަލުން ޔާމީނަށް ގިނަ ބަޔަކު އޭރު ކުރީ ތައުރީފެވެ. ވެރިކަމުގައި އަބަދުވެސް ތިބޭ ސިޔާސީ ޕާޓީތަކުން ބާއްވާ ޖަލްސާތަކަށް އަބަދުވެސް ބޮޑު ތަރުހީބެއް ލިބެއެވެ. އެއީ އެމްޑީޕީ ވިޔަސް، ޕީޕީއެމް ވިޔަސް މާޒީ އަށް ބަލާ އިރު، ހަގީގަތަކީ ގިނަ ބަޔަކު ތިބެނީ އެ ޖަލްސާތަކަށް ދާން ކެތް މަދުވެފައި ކަމެވެ.

އިސްލާމްދީނާއި ދެކޮޅު ޖަމާއަތަކުން އައްޑޫގައި ވޯކްޝޮޕެއް ހިންގައިފި

 

އެކަމަކު، މީގެ އެއް ހަފްތާ ކުރިން ކާނިވާ ސަރަހައްދުގައި ސަރުކާރު ކޯލިޝަންގެ އެންމެ ބޮޑު ޕާޓީ، އެމްޑީޕީން ބޭއްވި ޖަލްސާގައި “ރަށްވެެހި ފަތިސް” މި ނަމުގައި ރައީސް އިބްރާހީމް މުހައްމަދު ސޯލިހާއި ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ބައިވެރިވެވަޑައިގެންނެވި އިރު، ޖަލްސާ ފެށިގެން ނިމެންދެން ވެސް ގިނަ ގޮނޑިތަކެއް ހުރީ ހުހަށެވެ. ޖަލްސާގައި ބައިވެރިވެފައި ވަނީ ވެސް މަދު އަދަދެއްގެ ބައެކެވެ. މިއީ ތަފާތުކަމާއި ރޭވުންތެރިކަމާ އެކީގައި އަބަދުވެސް ޖަލްސާތައް ބާއްވަމުން އަންނަ އެމްޑީޕީގެ ޖަލްސާތަކުގައި ކުރިން ނުފެންނަ މަންޒަރެކެވެ.

އެމްޑީޕީ އަށް ބޮޑު “ލަދެއް” ކުރިމަތިވެފައި އޮއްވައި، ޖެހިގެން އައި ދުވަހު، ނަޝީދު ވިދާޅުވީ ޖަލްސާ އަށް ގިނަ ބަޔަކު ނުދިޔައީ ރައްޔިތުން ދެކުނު ހުވަފެންތަކުގައި އަދި ކުލަ ޖައްސައި ނުދެވުމުން ކަމަށެވެ. މިދިޔަ ހޮނިހިރު ދުވަހު ނަޝީދު ކުއްލި ގޮތަކަށް ބޭއްވެވި ނޫސްވެރިންގެ ބައްދަލުވުމުގައި އެމަނިކުފާނު ވިދާޅުވީ ރައްޔިތުންގެ ކަންބޮޑުވުންތައް ދެނެގަނެ، އެކަންކަން ހައްލުކޮށްދިނުމަށް މަސައްކަތްޕުޅު ކުރައްވާނެ ކަމަށެވެ. އަދި ޖަލްސާ އަށް ބަޔަކު ނުކުތަސް، ލޯކަލް ކައުންސިލް އިންތިހާބުގެ މެޖޯރިޓީ ނަގާނީ އެމްޑީޕީން ކަމަށް ވެސް ނަޝީދު އޭރު ވިދާޅުވިއެވެ.

ރައީސް ޔާމީން ދޫކޮށްލުމަށް ގޮވާލާ، ތަފާތު މެސެޖްތައް ލިޔެފައިވާ ޕޯސްޓަރުތައް ހިފަހައްޓައިގެން ތިބި ސަޕޯޓަރުން:

ނަޝީދާ އެއް ހިޔާލަކަށްދާ އިދިކޮޅު ފަރާތްތަކުން ވެސް ގަބޫލު ކުރާ ގޮތުގައި ރައްޔިތުން ތިބީ ސަރުކާރާ މެދުގައި މާޔޫސްވެފައެވެ.

އަބްދުއްރަހީމް ވިދާޅުވި ގޮތުގައި އިދިކޮޅު ފަރާތްތަކުން ކުރާ މަސައްކަތުގައި ލިބޭ އެންމެ ބޮޑު ހިތްވަރަކީ ރައްޔިތުން ކާނިވާ ސަރަހައްދު ފުރާލުމެވެ. ރައްޔިތުން ދެއްކި ސާބިތުކަމާ ގުޅިގެން އެމީހުންނަށް އިތުރު ގޮންޖެހުންތަކާއި އުނދަގޫތައް ކުރިމަތިވާނެ ކަމަށް އަބްދުއްރަހީމް ވިދާޅުވިއެވެ.

ޕީޕީއެމްގެ ޖަލްސާގައި މީހުން ގިނަވީ، ރައީސް ނަޝީދު ރައީސް ސާލިހަށް ކުރައްވާ ދުއްތުރާލާއި ހުރެ – އަލްހާން

“ވަޒީފާގެ ބިރު އިންތިހާ އަށް ކުރިމަތިވާނެ. އަދި އެ ނޫން އުނދަގޫތަކާއި ދުއްތުރާތައް ވެސް ކުރިމަތިކުރަމުން ގެންދާނެ. ނަމަވެސް އަޅުގަނޑު ތިޔަބޭފުޅުން އަރިހު ދަންނަވަން ބޭނުންވާ ވާހަކައަކީ ވަޒީފާގެ ބިރަށް އެއްވެސް ބޭފުޅަކު ފަހަތަށް ޖެހިވަޑައިނުގަންނަވާށޭ. އަޅުގަނޑުމެން ކޮންމެ މީހެއްގެ ވަޒީފާއަށް ވުރެ، ކޮންމެ މީހެއްގެ އަމިއްލަ މަސްލަހަތަށް ވުރެ، ކޮންމެ މީހެއްގެ މަންފާ އަށް ވުރެ އަޅުގަނޑުމެން ކުރިމަތީގައި މާތްވެގެންވާ އިސްލާމް ދީނުގެ ގަދަރާއި އިއްޒަތް މަތިވެރިވާން ވާނެ. ކޮންމެ މީހެއްގެ ކުރިމަތީގައި ގައުމިއްޔަތާއި މިނިވަންކަމުގެ އަގު ބޮޑުވެގެންދާން ވާނެ،” އަބްދުއްރަހީމް ވިދާޅުވިއެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދެ ނަމާދު ދޭތެރޭގައި ޖަލްސާ ބޭއްވުމަކީ ޖަޒީރާ ވަންތަ ސިފައަކަށް ވެދާނެ – އަދުރޭ

ސުވާދީބު

ރައީސް ޔާމީންގެ އެކައުންޓުތައް ފްރީޒް ކުރުމަށް ނެރެފައިވާ އަމުރު ހައި ކޯޓުން ބާތިލުކޮށްފި

ސުވާދީބު

އޮޅުވާލުމާއި ދޮގުހެދުން ފިޔަވައި، މި ސަރުކާރުން ކުރާ ކަމެއް ނެތް: ރައީސް ޔާމީން

ސުވާދީބު