web analytics
ޕީޕީއެމް ޕީއެންސީ ކޯލިޝަން

ޕީޕީއެމްގެ ޖަލްސާގައި މީހުން ގިނަވީ، ރައީސް ނަޝީދު ރައީސް ސާލިހަށް ކުރައްވާ ދުއްތުރާލާއި ހުރެ – އަލްހާން

އިދިކޮޅު ޕީޕީއެމްގެ ޖަލްސާ އަށް އެހާ ގިނަ މީހުން ނުކުތީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހު އަށް ކުރީގެ ރައީސް އަދި މަޖިލީހުގެ ރައީސް ކުރައްވާ ދުއްތުރާލުގެ ސަބަބުން ކަމަށް، އެމްޑީޕީގެ އިސްސަފުގައި ކުރިން މަސައްކަތް ކުރެއްވި، ރައްޔިތުންގެ މަޖިލީހުގެ ފޭދޫ ދާއިރާގެ ކުރީގެ މެމްބަރު އަލްހާން ފަހުމީ ވިދާޅުވެއްޖެއެވެ.

ރޭ ކާނިވާ ސަރަހައްދުގައި، ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިޚާބުގެ ކެމްޕެއިން ރަސްމީކޮށް ފެށުމަށް ޕީޕީއެމް އިން ބޭއްވި “މިއީ މަގޭ ރާއްޖެ” ޖަލްސާއަށް ގިނަ ބަޔަކު ގޮސްފައިވާތީ، އެކަމަށް އިޝާރާތްކުރައްވާ އަލްހާން ރޭ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ޕީޕީއެމްގެ ޖަލްސާ އަކީ ރައްޔިތުން ސަރުކާރުގެ މޫނުމަތީގައި ޖެހި ބޮޑު ތަފާއްޔެއްކަމަށެވެ.

“އިދިކޮޅު ޕާޓީގެ ޖަލްސާ އަށް އާދަޔާ ޚިލާފު އަދަދަކަށް މީހުން ނުކުތުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަށް، އަށް އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ކުރައްވާ ދުއްތުރާލުގެ ސަބަބުން ވާގޮތެއް! މީ ރައްޔިތުން ސަރުކާރުގެ މޫނުމަތީގައި ޖެހި ބޮޑު ތަފާއްޔެއް!” އަލްހާން ވިދާޅުވިއެވެ.

ALHAN FAHMY@AlhanFahmy

އިދިކޮޅު ޕާޓީގެ ޖަލްސާ އަށް އާދަޔާ ޚިލާފު އަދަދަކަށް މީހުން ނުކުތުމަކީ ރައީސް @ibusolih އަށް @MDPSecretariat ގެ ރައީސް @MohamedNasheed ކުރައްވާ ދުއްތުރާލުގެ ސަބަބުން ވާގޮތެއް!
މީ ރައްޔިތުން ސަރުކާރުގެ މޫނުމަތގައި ޖެހި ބޮޑު ތަފާއްޔެއް!

View image on Twitter
108 people are talking about this

ކުރިއަށް އޮތް އޭޕްރިލް މަހު ބާއްވާ ލޯކަލް ކައުންސިލް އިންތިޚާބުގައި ޕްރޮގްރެސިވް ޕާޓީ އޮފް މޯލްޑިވްސް (ޕީޕީއެމް) އިން ބޭނުން ކުރާނެ ފަސް ސިޔާސަތު ރޭ ވަނީ ހާމަކޮށްފައެވެ. އެއީ އިސްލާމް ދީން، މިނިވަން ކަމާއި މުސްތަގިއްލުކަން، ރައީސް ޔާމިން ދެއްވި އިރުޝާދުތައް، އިގްތިސާދު އަދި ތަހުޒީބު ކައުންސިލެއް، މިއެވެ.

ރޭގެ ޖަލްސާއަށް ގިނަ ބަޔަކު އެއްވުމުން، ޕީޕިއެމްގެ އިސް ބޭފުޅުން ތިއްބަވަން ޖެހިވަޑައިގަތީ ކޮޅަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މި ސަރުކާރަށް ވުރެ ބޮޑަށް ދަރާ އޮތް ސަރުކާރެއް ނެތް: ޔާމީން

ސުވާދީބު

ލިބޭނެ ވޯޓުގެ އަދަދު އެމްޑީޕީއަށް އެނގުމުން ސުވާލު އުފެދޭ: ސުޖާއު

ސުވާދީބު

‏ސަރުކާރުގެ ކޯލިޝަނަށް މެންބަރު ސައީދުގެ ފާޑުކިޔުން

ސުވާދީބު