web analytics
ޕީޕީއެމް ޕީއެންސީ ކޯލިޝަން

ނަޝީދުގެ ބަސްމަގާމެދު ކަންބޮޑުވުން ފާޅުކޮށްފި

ލޯކަލް ކައުންސިލް އިންތިހާބަށް އެމްޑީޕީގެ ކެންޕެއިން ރަސްމީކޮށް ފެށުމަށް ރޭ ބޭއްވި ޖަލްސާގައި ކުރީގެ ހައުސިން މިނިސްޓަރު ޑރ. މުހައްމަދު މުއިއްޒުއާ އިިދިކޮޅު ޕީޕީއެމަށް އަމާޒު ކުރައްވާ ރައީސް ނަޝީދު ވާހަކަފުޅު ދެއްކެވިއިރު ބޭނުން ކުރެއްވި ބަސްމަގާމެދު އިދިކޮޅުން ކަންބޮޑުވުން ފާޅުކޮށްފި އެވެ.

ކައުންސިލް އިންތިހާބުގައި އިދިކޮޅު ޕީޕީއެމަށް މެޖޯރިޓީ ދިނުމަކީ ޑްރެކިއުލާ އަކާ ބްލަޑް ބޭންކެއް ހަވާލުކުރުމާ އެއްވަރުގެ ކަމެއް ކަމަށް ނަޝީދު ވިދާޅުވިއެވެ. އަދި މާލެ މި ފަހުން ހަލާކުކޮށްލުމުގައި އެންމެ އިސްކޮށް ހުރީ “ހޮޅި މުއިއްޒު” ކަމަށް ވިދާޅުވެ ކުރީގެ މިނިސްޓަރު މުއިއްޒުއަށްވެސް ވަރަށް ބޮޑަށް ފާޑު ވިދާޅުވިއެވެ. މުއިއްޒު އަކީ މިފަހަރުގެ އިންތިހާބުގައި އިދިކޮޅުން މާލޭގެ މޭޔަރު ކަމަށް ކުރިމަތިލައްވާ ކެންޑިޑޭޓެވެ.

ރައީސް ނަޝީދުގެ ބަސްމަގާމެދު ކަންބޮޑުވުން ފާޅުކުރައްވާ ޕީއެންސީގެ ޕީޖީ ގުރޫޕްގެ ލީޑަރު އާދަމް ޝަރީފް އުމަރު ވަނީ އެހެން މީހުންނަށްވެސް އިހުތިރާމާއެެކު މުއާމަލާތް ކުރެއްވުމަށް އެދިވަޑައިގެންފައެވެ. އަދި ނަޝީދުގެ ހައިސިއްޔަތު ހަނދާން ނައްތާނުލުމަށްވެސް އެދިވަޑައިގެންނެވިއެވެ.

“ރައީސް ނަޝީދު، މިރޭ މާ ޕްރެޝަރު ބޮޑުވީތޯ. ތިޔައީ ރައްޔިތުންގެ މަޖިލީހުގެ ރައީސް. އެހެން މީހުންނަށްވެސް އިހުތިރާމް ކުރައްވާ. ސަރުކާރުން ނުފޫޒު ނުފޯރުވައިފިނަމަ މާލޭގެ މޭޔަރަކަށް ހޮވޭނީ ޑރ. މުއިއްޒު. އިންޝާﷲ.” ޝަރީފް ވިދާޅުވިއެވެ.

އާދަމް ޝަރީފް ވިދާޅުވީ ޑްރެކިއުލާގެ ނުރައްކާ އެންމެ ބޮޑީ މިހާރު ކަމަށެވެ. އިންޓަނޭޝަނަލް ޓްރާސްޕޭރަންސީ ކޮރަޕްޝަން އިންޑެކްސް ރިޕޯޓްގައި 2019 ގައި ރާއްޖެ ހަ ދަރަޖަ ފަހަތަށް ޖެހިފައިވާ ކަމަށް ޝަރީފް ވިދާޅުވިއެވެ. އޭނާ ވިދާޅުވީ ކުރިއަށް އޮތް ކައުންސިލް އިންތިހާބު އެމްޑީޕީއަށް ދީފިނަމަ އެއީ ރާއްޖޭގައި “ސެކިއުލަރިޒަމް” ފެތުރުމަށް ދެވޭ ފުރުސަތެއް ކަމަށެވެ.

“ދިވެހިން މިހާރު ތިބީކީ އެމްޑީޕީއަށް ކައުންސިލް އިންތިހާބު ދޭ ގޮތަކަށް ނޫން.”

އާދަމް ޝަރީފް ވިދާޅުވީ ދިވެހިން އެމްޑީޕީއަށް ވެރިކަމާއި، މަޖިލީހުގެ މެޖޯރިޓީ ދީފައިވާ ކަމަށާ ނަމަވެސް ރައްޔިތުން އެދުނު ފަދަ ވެރިކަމެއް ނުކޮށް ދެވުނު ކަމަށެވެ. އަދި ކައުންސިލް އިންތިހާބު ދިންނަމަވެސް އެމްޑީޕީއަށް ކޮށްދެވޭނެ މާބޮޑު ކަމެއް ނެތްކަން ރައްޔިތުން ދަންނަ ކަމަށް ވިދާޅުވިއެވެ.

“ދިވެހިންނަކީ ހޭލުންތެރި ބައެއް. ‘އަތެއް އޮތަކަސް، ބަތެއް ނުކެވޭނެކަން’ ދިވެހިންނަށް އެނގޭ.” އެމްޑީޕީއަށް އިޝާރާތް ކުރައްވާ އާދަމް ޝަރީފް ވިދާޅުވިއެވެ.

އެމްޑީޕީ ޖަލްސާއަށް ދިޔަ މީހުން މަދުވެގެން ފާޑުކިޔަނީ

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެޖެންޑާ 19 ގައި ހަކަތައެއް ނެތް، އެއީ މަކަރުވެރި ސިޔާސަތެއް: ނިހާން

ސުވާދީބު

ރައްޔިތުންގެ ލާބައާއި މަންފާއަށް މިސަރުކާރުން ކުރި ކަމެއް ނެތް: ނަރީޝް

ސުވާދީބު

ޕީޕީއެމްގެ ޖަލްސާގައި މީހުން ގިނަވީ، ރައީސް ނަޝީދު ރައީސް ސާލިހަށް ކުރައްވާ ދުއްތުރާލާއި ހުރެ – އަލްހާން

ސުވާދީބު