web analytics
ޕްރައިމަރީ

ނިޒާރުގެ ސުވާލު: އައްޑޫ ރައްޔިތުންނަށް މުހިންމީ ދިދަ ދަނޑި ޖެހުމާއި ޕާކު ހެދުންތޯ؟

އައްޑޫގައި އާ ސަރުކާރުން ފެށި ފުރަތަމަ މަސައްކަތަށް އެމްޑީޕީ އަށް ނިސްބަތްވާ ހިތަދޫ ދެކުނު ދާއިރާގެ މެމްބަރު އަލީ ނިޒާރުގެ ފާޑުކިޔުން އަމާޒުކުރައްވައިފިއެވެ.

ނިޒާރު މިއަދު ފޭސްބުކްގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އާ ސަރުކާރާއެކު އައްޑޫ ސިޓީ ކައުންސިލްގެ ފުރަތަމަ މަސައްކަތަކަށް ވެފައިވަނީ ސިޔާސީ މަސައްކަތެއް ކަމަށެވެ. ނިޒާރު މިގޮތަށް ވިދާޅުވި ނަމަވެސް، ފީވެގެން ކުރިން ހިތަދޫ ސިޓީ ސްކޮޔާގައި ހުރި ދިދަ ނަގަން އުޅުމުން އެ ސަރަޙައްދަށް ވަޑައިގެން އެންމެ ބޮޑަށް ނުރުހުން ފާޅުކުރެއްވި އެއް ބޭފުޅަކީ އޭނާއެވެ.

“އަސާސީ އެތަށް ކަމަކުން މަހުރޫމުވެފައިވާ އައްޑޫ ސިޓީގެ ރައްޔިތުންނަށް އެންމެ މުހިއްމީ ދިދަ ދަނޑި ޖެހުމާއި ޕާކު ފަދަ ތަންތަން ހެދުންތޯ؟” ނިޒާރު ސުވާލު އުފެދެއްވިއެވެ.

އެމްޑީޕީ މަޖިލިސް ޕްރައިމަރީން ނާކާމިޔާބުވި ނިޔާޒު މިހެން ވިދާޅުވިއިރު އައްޑޫ ސިޓީ ހިތަދޫ ސިޓީ ސްކޮޔާ ސަރަހައްދުގައި ބޮޑު ދިދައެއް ނެގުމަކީ މި ސަރުކާރުގެ ފުރަތަމަ 100 ދުވަހުގެ ތެރޭގައި ހިމެނޭ ކަމެކެވެ. މިހާރު އައްޑޫ ސިޓީ ކައުންސިލުން އެކަމުގެ އަމަލީ މަސައްކަތް ފަށައިގެން ދަނީ ކުރަމުންނެވެ.

އެމްޑީޕީން ބޭއްވި މަޖިލިސް ޕްރައިމަރީގައި ހިތަދޫ ދެކުނު ދާއިރާއަށް ވާދަކުރައްވައި އަލީ ނިޒާރަށް ވަނީ ނާކާމިޔާބުވެވަޑައިގެންފަ އެވެ. އިންތިޚާބު ނާކާމިޔާބުވެވަޑައިގަތީ ހިތަދޫ ދެކުނު ދާއިރާގެ އެމްޑީޕީގެ ރައީސް އިބްރާހިމް ނާޒިލް އާއި ވާދަކުރައްވައިގެންނެވެ. އެ އިންތިޚާބަށްފަހު ނިޒާރު ވިދާޅުވެފައި ވަނީ އެމްޑީޕީ ރީފޯމް ކުރަން ޖެހޭ ކަމަށެވެ.

އޭގެ ފަހުން ނިޒާރު ގެންދަވަނީ އެމްޑީޕީގެ ހިންގުމަށް ފާޑުކިޔަމުންނެވެ. އެގޮތުން އެމްޑީޕީގެ އެތެރޭގެ ޕްރައިމަރީތައް ކުރިއަށް ގެންދާ އުސޫލަށް ބަދަލު ގެންނަންޖެހޭ ކަމަށް ވިދާޅުވެ އަލީ ނިޒާރު ވިދާޅުވީ އޭނާ އަކީ ނިމިދިޔަ ސަރުކާރުގައި ޕީޕީއެމަށް އެންމެ ބޮޑަށް ފާޑުކީ އެކަކު ކަމަށާއި ޕީޕީއެމުން އެމްޑީޕީއަށް ބަދަލުވި ގިނަ މީހުން ތިބީ ސީދާ އޭނާ ބަލިކުރަން ހިފާފައި ކަމަަށެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އިސްކަންދަރު މައިޒާން ކައިރިން ނަޖިސް ލީކްވާން ފަށައިފި

ސުވާދީބު

ޒުވާނުންގެ އެކުވެރިޔާ އަހުމަދު ނާޒިމް ނާޒާ ދާއިރާގެ އަޑު އުފުލުމަށް ތެދުވެއްޖެ. ނުވިކޭނެ ނުވެސް ގަނެވޭނެ

ސުވާދީބު

ޔާމީންގެ ބަޔާން އޭސީސީން ނެގީ އުސޫލާ ޚިލާފަށް!

ސުވާދީބު