web analytics
ޕްރައިމަރީ

ރައުދާގެ މަރާއި ގުޅޭ ރިޕޯޓްގައި ހުރީ ޚިޔާލީ ވާހަކަތަކެއް – ބައްޕަ

ބަންގްލަދޭޝްގައި ތައުލީމް ހާސިލް ކުރަން ހުއްޓާ މަރުވި ދިވެއްސެއް ކަމަށްވާ ރައުދާ އާތިފްގެ މަރުގެ ތަޙްޤީޤު ކުރުމަށް ފަހު ބަންގްލަދޭޝް ފުލުހުން ކޯޓަށް ހުށަހެޅި ރިޕޯޓްގައި ހުރީ ޚިޔާލީ ވާހަކަތަކެއް ކަމަށް ރައުދާގެ ބައްޕަ ޑރ.މުހައްމަދު އާތިފް ބުނެފިއެވެ.

އާތިފް މިހެން ބުނީ ރައުދާގެ މަރާއި ގުޅިގެން ބަންގްލަދޭޝް ފުލުހުން ތައްޔާރު ކުރި ރިޕޯޓް ކޯޓަށް ހުށަހެޅުމުން ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓެއްގައެވެ. އާތިފް ވަނީ ރައުދާގެ މަރުގެ ތަޙްޤީޤު ކުރަން ބަންގްލަދޭޝް ފުލުހުންގެ ޕީބީއައި އިން އަހަރަކަށް ވުރެ ގިނަ ދުވަސް ހޭދަކުރުމުން އެކަމާއި ވެސް ކަންބޮޑުވުން ފާޅުކޮށްފައެވެ.

“ފުލުހުން ވަނީ އެއީ ލޯބީގެ ޑްރާމާއެއްގެ ގޮތުގައި ދެއްކުމަށް މަސައްކަތް ކޮށްފައި.” ރައުދާގެ ބައްޕަ ބުންޏެވެ.

ރައުދާގެ ބައްޕަ ބުނީ ރައުދާގެ ފޯނަށް އައިސްފައި ހުރި ބައެއް ކޯލްތަކާއި މެސެޖްތަކުގެ ވާހަކަ ފުލުހުން ދެއްކި ނަމަވެސް ރައުދާގެ ފޯނުން މެސެޖް މެދުވެރިކޮށް ރައުދާގެ ކްލާސްމޭޓެއް ކަމަށްވާ ސީރަތު އާއި ދެމެދު ކުރެވިފައި ހުރި ޒުވާބުގެ ވާހަކަ ފުލުހުން ފާހަގަ ކޮށްފައި ނުވާ ކަމަށެވެ.

ރައުދާގެ ބައްޕަ ފޭސްބުކްގައި ކޮށްފައިވާ ޕޯސްޓަށް ރައުދާގެ މަރުގެ ތަޙްޤީޤުގައި ބައިވެރިވި ބަންގްލަދޭޝްގެ ފުލުހެއް ކަމަށްވާ ސަބް އިނިސްޕެކްޓަރ ސައިދްރް ރަހުމާން ވަނީ ރައްދު ދީފައެވެ. ރަހުމާން ބަންގްލަދޭޝްގެ މީޑިއާ އަސް މައުލޫމާތު ދެއްވަމުން ވިދާޅުވީ ފުލުހުން ތަޙްޤީޤު ކުރިއަށް ގެންދިޔައީ ހެކިވެރިންނާއި ސުވާލުކޮށް، ލިބިފައި ހުރި ހެކިތައް ދިރާސާކޮށްގެން ކަމަށެވެ.

“ހެކިތައް ދިރާސާ ކޮށްފައި ވާނީ ވެސް މެޑިކަލް އަދި ޑިޖިޓަލް ފޮރެސިކްގެ އުސޫލުތަކާއި އެއްގޮތައް.” އޭނާ ވިދާޅުވިއެވެ.

ރައުދާގެ މަރާއި ގުޅޭ ގޮތުން ބަންގްލަދޭޝް ފުލުހުން ތައްޔާރު ކުރި ރިޕޯޓް ކޯޓަށް ހުށަހަޅާފައި ވަނީ މިދިޔަ ބުދަ ދުވަހު އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ފުރަތަމަ 100 ދުވަސް: ކޮމިއުނިކޭޝަން ސެކްރެޓަރީގެ ކުންފުންޏަކަށް 30 މިލިއަން ރުފިޔާ ސަޅި

ސުވާދީބު

އެންމެ އެކްސިޑެންޓެއް، މުޅި ދިރިއުޅުން ބޮޑު އަނދަވަޅަކަށް

ސުވާދީބު

ހުޅުމާލޭގައި ނުރައްކާތެރި އެކްސިޑެންޓެއް، ކްރޭނެއްގެ ބުޅިގަނޑު ވޭނެއްގެ ތެރެއަށް!

ސުވާދީބު