ޕްރައިމަރީ

އަންހެނުންނަށް ހަމަހަމަ ފުރުސަތު އޮތުން ސުވާލަކަށް ވެގެން ނުވާނެ: ޝިދާތާ

ހުރިހާ ކަމެއްގައި ވެސް އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭނެ ކަމަށާއި އެއީ ސުވާލެއް އޮތް ކަމެއް ނޫން ކަމަށް ޖެންޑާ މިނިސްޓަރު ޝިިދާތާ ޝަރީފް ރޭ ވިދާޅުވެއްޖެ އެވެ.

ޖެންޑާ މިނިސްޓަރު މިހެން ވިދާޅުވީ، މާލެ ސިޓީގެ އަންހެނުން ތަރައްގީ ކުރާ ކޮމިޓީގެ ތިންވަނަ ދައުރުގެ އިންތިހާބީ މެމްބަރުން އިގުރާރުކުރުމަށް ރަސްފަންނުގައި ބޭއްވި ރަސްމިޔާތުގައި ވާހަކަ ދައްކަވަމުންނެވެ.

“ދުނިޔޭގެ އާބާދީގަ އާއި ރާއްޖޭގެ އާބާދީގައި 50 އިންސައްތަ އަންހެނުން ހިއްސާކުރާ އިރު، އަންހެނުންނަށް ހަމަހަމަ ފުރުސަތެއް އޮންނަން ޖެހޭ ތޯ މިއަދު ސުވާލަކަށް ވެސް ވެގެން ނުވާނެ،” ޝިދާތާ ވިދާޅުވި އެވެ.

މިނިސްޓަރު ޝިދާތާ މާލެ ސިޓީގެ އަންހެނުން ތަރައްގީކުރުމަށް މަސައްކަތްކުރާ ކޮމިޓީ އާ އެކު — ފޮޓޯ: ޖެންޑާ މިނިސްޓަރު

މީގެ އިތުރުން އަންހެނުންނަށް ކުރިމަތިވާ ތަފާތު ގޮންޖެހުންތަކުގެ ތެރޭގައި އިންތިހާބުތަކުގައި ވާދަކުރުމުގައި ދިމާވާ ދަތިތައް ޝިދާތާ ފާހަގަކުރެއްވި އެވެ. އަދި ބޮޑެތި ނިންމުންތަކުގައި އަންހެނުންގެ ހިއްސާ ކުޑަ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“ސިޔާސީ ހަރަކާތްތަކުގައި ގިނަ އަންހެނުން ބައިވެރިވި ކަމުގައި ވިޔަސް، ހަގީގަތުގައި ސިޔާސީ މަގާމުތަކުގައި މި ނިސްބަތް ދަށް،” މިނިސްޓަރު ވިދާޅުވި އެވެ.

ޝިދާތާ ވިދާޅުވީ އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރި ކުރެވިއްޖެ ނަމަ މުޅި މުޖްތަމައު އަށް އެކަމުގެ ފައިދާ ކުރާނެ ކަމަށެވެ. އަދި އަންހެނުންގެ ޒިންމާތަކާ މެދު މުޖްތަމައުން އާއްމުކޮށް ދެކޭގޮތް ބަދަލުކުރަން ޖެހޭ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

“އިގްތިސާދީ ގޮތުން އަންހެނުން ބާރުވެރި ބަޔަކަށް ވެއްޖެ ނަމަ، އެކަމުގެ ފައިދާ ފިރިހެނުންނަށާއި، ކުޑަކުދިންނާއި އުމުރުން ދުވަސްވީ މީހުންނަށް ވެސް ކުރާނެ،” އޭނާ ވިދާޅުވި އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އެމްއެމްއޭގެ އިހުމާލު ބޮޑު! އަޅާނުލާ ހަމަ ތިބީ!

ސުވާދީބު

އިސްކަންދަރު މައިޒާން ކައިރިން ނަޖިސް ލީކްވާން ފަށައިފި

ސުވާދީބު

އެމްޑީޕީގެ ޕްރައިމަރީން ބަލިވި ހަތަރު ފަރާތެއް އިންތިހާބުގައި ވާދަކުރަނީ

ސުވާދީބު