web analytics
ޕްރައިމަރީ

މުނާޒްގެ މައްސަލައެއް އޭސީސީއަށް

ކޮމިޝަނާ އޮފް ޕްރިޒަންސް އަބްދުﷲ މުނާޒާ ގުޅޭ ހިޔާނާތުގެ މައްސަލައެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ) އަށް ހުށަހަޅައިފި އެވެ.

އަމިއްލަ ފަރާތަކުން އޭސީސީއަށް ހުށަހަޅާފައިވާ އެ މައްސަލާގައި ބުނެފައި ވަނީ ރައީސުލްޖުމްހޫރިއްޔާ އަށް ލިބިގެންވާ އިހުތިޔާރުގެ ދަށުން ގައިދީންނަށް އަދަބު ލުއިކޮށް ދިނުމުގެ ޕްރޮގްރާމްގެ ތެރެއިން ގައިދީއެއްގެ އަދަބު ލުއި ކޮށްދިނުމަށް ރައީސް އޮފީހުން ކަރެކްޝަނާއި ކަމާ ބެހޭ ފަރާތްތަކަށް މިދިޔަ އަހަރު އޭޕްރިލް މަހު 18 ގައި އަންގާފައިވާ ކަމަށެވެ.

ނަމަވެސް އެ ސިޓީއާ ހަވާލާދީ ރައީސް އަދަބު ލުއިކޮށްދޭން އަންގާފައި ނުވާ ލ. ގަން ތުނޑި، މައުސޫމް މޫސާ މިނިވަން ކުރަން ރައީސް ނިންމަވާފައިވާ ކަމަށް ބުނެ ކޮމިޝަނާ އޮފް ޕްރިޒަން ސޮއިކޮށް އެ މަހު 24 ލިޔުން ދޫކޮށްފައި ވަނީ މަގާމްގެ ނުފޫޒު ބޭނުން ކޮށްގެން މަންފާއެއް ހޯދައިދޭން ކަމަށެވެ.

އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް އޭސީސީން ވެސް ކަށަވަރުކޮށްދެ އެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކެނެރީގެ ނަޝީދު ވަޒީރުންގެ ދިފާއުގައި ތަފާތު ކުރަނީ ކީއްވެ؟

ސުވާދީބު

ދުނިޔެއާއި އާޙިރަތުގެ ދުޢާ

ސުވާދީބު

ގާފުރޮޅާނީ ރޭވުންތެރިކަމާ އެކު، މަޝްރޫއުތަކުގެ ސްޕީޑު ބާރުވާނެ: އަލީ ޒާހިރު

ސުވާދީބު