web analytics
ޕްރައިމަރީ

“ޖޯޝުގައި” ޖެހިގެން މުޅި ޤައުމުގައި ހުޅު ރޯކުރިތާ 8 އަހަރު!

2012 ވަނަ އަހަރުގެ ފެބްރުއަރީ 7 ވަނަ ދުވަހަކީ ރާއްޖޭގެ ތާރީހުގައިވެސް ފުރަތަމަ ފަހަރަށް އިންތިހާބު ކުރެވިފައި ހުރި ރައީސަކު މަޤާމުގެ ދައުރު ހަމަނުވަނީސް އިސްތިއުފާދެއްވި ދުވަހެވެ.

ދިވެހި ރައްޔިތުން ކުރިމަތީ ލައިވް ޓީވީގައި، ކުރީގެ ރައީސް ނަޝީދު ވެރިކަމުން އިސްތިއުފާދެއްވިއެވެ. އެމަނިކުފާނު ވެރިކަމުގައި އިތުރަށް ހުރެއްޖެނަމަ، ދިވެހި ޤައުމާއި، ދިވެހި ރައްޔިތުންނަށް ބޮޑެތި ގެއްލުންތަކެއް ލިބިދާނެ ކަމަށް ވިދާޅުވެ ރައީސް ނަޝީދު އިސްތިއުފާ ދެއްވީ އެމަނިކުފާނަށް ތާއީދު ކުރާ ރައްޔިތުން ރޮއްވާލާފައެވެ. މުޅި ޤައުމު އޭރު އޮތީ ޝޮކެއްގައެވެ. އިސްތިއުފާ ދެއްވުމަށްފަހު ދެން ރައީސް ނަޝީދު ވަޑައިގެންނެވީ ގެއަށެވެ.

އޭގެ ފަހު ދުވަހު އެމްޑީޕީގެ ޤައުމީ މަޖްލީހުގެ ބައްދަލުވުމެއް ބޭއްވުނެވެ. އަދި އެ ބައްދަލުވުމުގައި ގިނަ ކަންތައްތަކެއް ނިންމުނެވެ. މިގޮތުން، ރައީސް ނަޝީދު އަމިއްލަފުޅަށް ދެއްވި އިސްތިއުފާއަކީ، ބަޣާވާތެއްކަމަށް ނިންމުނެވެ. އަދި ގެއްލުނު ވެރިކަން އަނބުރާ ހޯދުމަށް އެ ޤައުމީ މަޖްލީހުގައި ފާސްކުރިއެވެ.

އަދި ރައީސް ނަޝީދުވެސް ރާއްޖޭގެ މީޑިއާތަކަށާއި ބޭރުގެ މީޑިއާތަކަށް ބަސްދީގަތުންދެއްވިއެވެ. އެއްގޮތަކަށްވެސް ވެރިކަމުން އިސްތިއުފާދެއްވީ އަމިއްލަފުޅަށް ބޭނުންފުޅުވެގެން ނޫންކަމަށާއި، އެމަނިކުފާނުގެ އިސްތަށިފުޅުގައި ބަޑި ޖައްސައި އިސްތިއުފާ ދޭން މަޖުބޫރުކުރުމުން އިސްތިއުފާ ދެއްވީކަމަށް ވިދާޅުވިއެވެ. އަދި މުޅި ރާއްޖޭގައި މުޒަހަރާ ކުރެއްވުމަށް ރައީސް ނަޝީދު ގޮވާލެއްވިއެވެ.

ރައީސް ނަޝީދުގެ މި މެސެޖު މުޅި ރާއްޖެއަށް ފެތެރުނީ ވަރަށް ހަލުވިކޮށެވެ. އެދުވަހުން އެދުވަހަށް ރާއްޖޭގެ ވަރަށް ގިނަ ރަށްތަކުގައި ބޮޑެތި މުޒާހަރާތައް ފެށުނެވެ. މާލޭގައި ވެސް ރައީސް ނަޝީދު އިސްވެ ހުންނަވައި މުޒާހަރާ ފެއްޓެވިއެވެ. ފުލުހުންނާއި ރައްޔިތުންނާއި ދެމެދު ބޮޑެތި ކުރިމަތިލުންތައްހިނގިއެވެ.

މުޒާހަރާތައް ކުރީ ވަރަށް ޖޯޝާއި ފޯރީގައެވެ. ޖޯޝުގައި ޖެހިގެން މުޒާހަރާތަކުގެ ބައިވެރިން ވަނީ ދައުލަތުގެ އިމާރާތްތަކުގައި ހުޅު ރޯކޮށްފައެވެ. މިގޮތުން އެންމެ ގަދަޔަށް މުޒާހަރާކުރި ދެކުނުގެ އަތޮޅުތަކުގައި ފުލުހުންގެ އިމާރާތްތަކާއި، ކޯޓު އަދި ރަށުއޮފީސް ފަދަ ތަންތަންތާ އަލިފާން ރޯކޮށް އެތަންތަން އަނދައިއަޅިއަށްހެދިއެވެ. އެތައް މިލިއަން ރުފިޔާގެ ގެއްލުންތައް އެކަމުން ލިބުނު އިރު، އަދިއަދަށް ވެސް އޭރު ރޯކޮށްލި ބައެއް އިމާރާތްތަކުގެ ބަދަލުގައި އާ އިމާރާތްތަކެއް ނޭޅެއެވެ. މީގެ އިތުރުން، އައްޑޫ ސިޓީ ފަދަ ތަންތަނުގައި ފުލުހުން ދިރިއުޅޭ އެކޮމޮޑޭޝަން އިމާރާތްތަކުގައި ރޯކޮށްލުމުގެ ސަބަބުން، ފުލުހުންގެ އަމިއްލަ ގިނަ ތަކެއްޗަށްވެސް ވަނީ ގެއްލުންވެފައެވެ. ހައްތަހާވެސް ޖޯޝުގައި ކުރެވުނު ކަންކަމެވެ.

އޭގެފަހުން މިހާރު 8 އަހަރުވެފައިވާއިރު ޖޯޝުގައި ޖެހިގެން ތަންތަން ފަނާކޮށްލާ ފިކުރަކަށް ބަދަލެއް ނާދެއެވެ. ކަމެއްގައި ހިޔާލުތަފާތުވާ އިރަށް ފެންނަނީ ތަންތަން ރޯކުރަން، ނޫނީ ބޮޑެތި ކުރިމަތިލުމަކަށް ތައްޔާރުވާތަނެވެ. ދާދިފަހުން ބޭއްވި އެމްޑީޕީގެ ޕްރައިމެރީގައިވެސް ފެނުނީ އެ މަންޒަރެވެ. ބޭނުންވި ނަތީޖާ ނުލިބުމުން ރޯކޮށްލީ ވޯޓު ފޮށީގައެވެ. ރައީސް ނަޝީދު ވިދާޅުވީ އެއީ މައްސަލައެއް ނޫން ކަމަށާއި، އެއީ ޖޯޝުގައި ކުރެވުނުކަމެއް ކަމުގައެވެ.

ޖޯޝުގައި އަރައިގަންނަ ކައްޓިހިތްވަރުގައި، ސިޔާސީ ބައެއް ފަރާތްތަކުން ގެއްލުންދެނީ ޤައުމުގެ ހަރުމުދަލަށް އެކަންޏެއްނޫނެވެ. ހަރުމުދަލަށް ދިން ގެއްލުމަކީ އަގުކުރެވޭނެ މިންކުރެވޭނެ ގެއްލުމެވެ. އެގެއްލުން ލިބުނު މުދާ އަލުން އާބާތުރަ ފިލުވައިގެން ނަމަވެސް ބޭނުންކުރެވިދާނެއެވެ. އަދި ހަލާކުވެ އަނދާ އަޅިއަށްވި ޢަމާރާތްތަކުގެ ބަދަލުގައި އައު ޢިމާރާތްތަކެއް އެޅިދާނެއެވެ. ނަމަވެސް، ނަމަވެސް އިޖުތިމާޢީ ފޭރާން ވީދި ކުދިވީމައި، އަޚުލާޤީ އަގުކުރުންތަކާއި، ޖަމާޢީ ގުޅުންތައް ހީނަރުވެ، މީހުންގެ އުޅުމާއި ސުލޫކަށް ނޭދެވޭ ބޮޑެތި ބަދަލުތައް އައީމައި، ނަފުރަތުގެ ހުޅުގަނޑުގައި ދޭދޭ ގުޅުންތައް ފިތުނަވެރިވެ ވިހަވުމުން އެލިބުނު ގެއްލުމަކީ އަގުނުކުރެވޭނެ ގެއްލުމެކެވެ. އެއީ މިނައި ކިރައި ވަޒަންކުރެވޭ ވަރަށްވުރެ ބޮޑު ގެއްލުމެކެވެ.

އެހެންވީމާ ފާއިތުވެދިޔަ 8 އަހަރުތެރޭ 8 ފެބްރުއަރީ ޙާދިސާއާ ގުޅިގެން ޤައުމަށް ލިބިފައިވާ ގެއްލުމަކީ އަގުކޮށް ވަޒަންކޮށް މިނެކިރޭ ވަރަށްވުރެ ބޮޑެތި ގެއްލުންތަކެވެ. އެގެއްލުންތައް އަނބުރައި ރަނގަޅުކުރުމަކީ ކުރެވޭނެ ކަމެއްވެސް ނޫނެވެ. އިޢާދަނުކުރެވޭ ވަރުގެ ގެއްލުން ޤައުމަށް ދިނުމަކީ “ޖޯޝު”ގައި ނަމަވެސް ބަޔަކު ކުރި ނޭދެވޭ ނުރަނގަޅު ނުސިޔާނު ނޭއްގާނީ ޢަމަލެކެވެ.

ސުވާދީބު ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިން ވުމަށް ދައުވަތު އަރުވަމެވެ  މިލިންކަށް  ކްލިކް ކޮއްލައްވާ އެންމް ފަހުގެ ހަބަރު ލިބި ވަޑައިގަންނަވާނެ. ވީހާވެސ ގިނަ ބޭފުޅުން ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިންވުމަކީ  ސުވާދީބު ވެބްސައޓް ޓީމަށް ލިބިގެންދާނެ ވަރަށްވެސް ރަގަޅު ހިތްވަރެކެވެ. ކިއުންތެރިންގެ ފަރާތުން އެއްބާރުލުން ދެއްވުން އެދެމެވެ.

 

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ދުސްތޫރީ ނިޒާމަކީ ބަންޑާރަނައިބު މޮޑޭ ފުއްގަނޑަކަށް ހަދައިގެން ނުވާނެ – ޖަމީލް

ސުވާދީބު

އެމްއޭސީއެލްގެ ބޯޑު ބަދަލުކޮށްގެން ނަމަވެސް ކުޑައަގުގައި ޓީއެމްއޭއަށް ޓާމިނަލް ދޭނަން – އަމީރު

ސުވާދީބު

“އަހަރެންގެ ބޭންކު ކޮމިއުނިޓީ ފަންޑު” ހުޅުވައިފި

ސުވާދީބު