web analytics
ޕްރައިމަރީ

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ އިނާޔަތް 7000 ރުފިޔާ އަށް ބޮޑުކުރަން ހުށަހަޅައިފި

ނުކުޅެދުންތެރިކަން ހުންނަ މީހުން ގިންތިކޮށް އެމީހުންނަށް 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ދިނުމުގެ ބިލެއް ދަނގެތި ދާއިރާގެ މެމްބަރު މުހައްމަދު ނާޒިމް މަޖިލީހަށް ހުށަހަޅުއްވައިފި އެވެ.

ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ހައްގުތައް ރައްކާތެރިކުރުމާއި މާލީ އެހީތެރިކަން ފޯރުކޮށްދިނުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުއްވީ ހާއްސަ އެހީއަށް ބޭނުންވާ މީހުންނަކީ އާއިލާގެ ފަރާތުންނާއި ޖަމާއަތުގެ ފަރާތުންނާއި ދައުލަތުގެ ފަރާތުން ހާއްސަ އެހީތެރިކަމާއި ރައްކާތެރިކަން ލިބެން ޖެހޭ ބައެއް ކަމަށް ވާތީ ކަމަށް ބިލް ހުށަހެޅުއްވި ސަބަބުގެ ގޮތުގައި ނާޒިމް ވިދާޅުވެފައިވެއެވެ.

ބިލްގައި ބުނެފައި ވަނީ ނުކުޅެދުންތެރިކަން ހުންނަ މީހުންގެ ދަފްތަރެއް އެކުލަވާލައި އެ ދަފްތަރު ބަލަހައްޓައި އެ މީހުން ގިންތި ކުރަން ވާނެ އެވެ. ބިލްގައި ކަނޑައަޅާފައިވާ އިނާޔަތް ދޭނީ މީހެއްގެ ހުރި ނުކުޅެދުންތެރި ކަމަކާއި އެކަމެއްގެ ސަބަބުން އެ މީހެއްގެ ދިރިއުޅުމަށް އަސަރު ކުރާ މިންވަރުގެ މައްޗަށް ރިއާޔަތްކޮށް، ސަރުކާރުން ކަނޑައަޅާ ގޮތެއްގެ މަތިން ކަމަށް ވެސް ބިލްގައި ވެއެވެ.

ނުކުޅެދުންތެރިކަން ހުންނަ ކޮންމެ މީހަކު ދަފްތަރުގައި ހިމަނާފައި އޮންނަ އިރު ކޮންމެ މަހަކު 5000ރ. އާއި 7000ރ. އާ ދެމެދުގެ އިނާޔަތެއް ސަރުކާރުން ދޭން ވާނެ ކަމަށާއި އަދި އެމީހެއްގެ ހުންނަ ނުކުޅެދުންތެރި ކަމެއްގެ ސަބަބުން ދިގު މުއްދަތަކަށް އެނދުމަތި ކުރެވިފައިވާ މީހުންނަށް މަދުވެގެން 9000ރ. ގެ އިނާޔަތެއް ދޭން ވާނެ ކަމަށް ވެސް ނާޒިމް ހުށަހެޅުއްވި ބިލްގައި ވެއެވެ.

މިބިލްގެ ފުރަތަމަ ކިޔުން މިއަދުގެ ޖަލްސާގައި ވަނީ އިއްވާފައެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މައުމޫންގެ އާ ޕާޓީ އުފެއްދުމުގެ ހުއްދަ ދީފި

ސުވާދީބު

ދިވެހި ކިޔަވާ ކުދިންގެ ފަރާތުން މަޖިލީހަށް: ޕްލާސްޓިކް މަދުކޮށްދީ!

ސުވާދީބު

އަހަރެންނާއި އަހަރެންގެ އަންހެނުން މަރަައިލަން ރައީސް ޔާމީން މަސައްކަތް ކުރެއްވި: ސިމްޑީ ޑީޑީ

ސުވާދީބު