web analytics
ޖިންސީގޯނާ

ކުޑަކުދިން ތަކަކަށް ޖިންސީ ގުނަވަން ދެއްކި، އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފި

އެކި ދުވަސްވަރު މަތިން ކުޑަކުދިންތަކަކަށް ޖިންސީ ގުނަވަން ދެއްކި، އުމުރުން ދުވަސްވީ މީހަކު ހައްޔަރުކޮށްފިއެވެ.

މި މައްސަލައިގާ ހައްޔަރުކޮށްފައިވަނީ އުމުރުން 60 އަހަރުގެ ދިވެހި ފިރިހެނެކެވެ. އޭނާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުންނެވެ.

ފުލުހުން ބުނެފައިވާގޮތުގައި ޅ. ނައިފަރުން އެމީހާ ހައްޔަރުކޮށްފައިވަނީ މި މަހުގެ އެކި ދުވަސްމަތިން ކުޑަކުދިންނަށް ޖިންސީ ގުނަވަން ދެއްކި މައްސަލައިގާ މިރޭ 06:10 ގައެވެ.

އުމުރުން ދެ އަހަރު ނުވާ ކުޑަ ކުއްޖަކަށް އެ ކުއްޖާގެ ބައްޕައާއި ކާފަ އާއި އަދި މުނިކާފަ ޖިންސީ ގޯނާ ކުރި މައްސަލަ މި މަހުގެ ތެރޭގައި ފެންމަތިވި ފަހުން ކުޑަކުދިންނަށް ޖިންސީ ގޯނާ ކުރުމުގެ ގިނަ މައްސަލަތަކެއް އަންނަނި ފެންމަތި ވަމުންނެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

އަހަރެންގެ ދިރިއުޅުން ހަލާކުކޮށްލީ ފުލުހެއް. އަދިވެސް އިންސާފެއް ނުލިބޭ- ގއ ވިލިގިނލީ ޒުވާނެއް

ސުވާދީބު

އިތުރު ޖިންސީ ގޯނާގެ މައްސަލައެއް، ޖިންސީ ގޯނާކުރި މީހާ ހައްޔަރުކޮށްފި

ސުވާދީބު

ޖިންސީ ގޯނާގެ ދެ މައްސަލައެއް ފެންމަތިވެއްޖެ

ސުވާދީބު