web analytics
ޖިންސީގޯނާ

ޖިންސީ ގޯނާގެ ދެ މައްސަލައެއް ފެންމަތިވެއްޖެ

ޖިންސީ ގޯނާގެ ދެ މައްސަލައެއްގައި ދެ މީހަކު ހައްޔަރުކޮށްފިއެވެ.

ފުލުހުން މިއަދު ވިދާޅުވީ، ދެކުނުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖަކަށް ބިދޭސީއަކު ޖިންސީ ގޯނާ ކުރި މައްސަލާގައި އާއި، އުތުރުގެ ރަށެއްގައި ބިދޭސީއެއް އަންހެނަކަށް ޖިންސީ ފުރައްސާރަކުރި މައްސަލައެއްގައި މީހަކު ހައްޔަރުކޮށްފައިވާ ކަމަށެވެ.

ފުލުހުން ވިދާޅުވީ، ދެކުނުގެ ރަށެއްގައި 15 އަހަރުގެ އަންހެން ކުއްޖާއަށް ޖިންސީ ގޯނާ ކުރި 40 އަހަރުގެ ބަންގްލަދޭޝް ފިރިހެނެއް ކަމަށެވެ. އަދި އެމައްސަލަ ފުލުހަށް ހުށަހެޅީ މިދިޔަ އަންގާރަ ދުވަހު ކަމަށް ފުލުހުން ވިދާޅުވިއެވެ. އަދި އެ ދުވަހު ކޯޓު އަމުރެއްގެ ދަށުން އޭނާ ހައްޔަރުކުރިއިރު، އޭނާގެ ބަންދަށް 15 ދުވަހުގެ މުއްދަތު ޖަހައިފައިވާކަމަށް ފުލުހުން ވަނީ ވިދާޅުވެފައެވެ.

އުތުރުގެ ރަށެއްގައި ބިދޭސީ ފިރިހެނެއް އެރަށު 53 އަހަރުގެ އަންހެނެއް ދިރިއުޅޭ ގެއަކަށް ވަދެ ޖިންސީ ފުރައްސާރަ ކުރި މައްސަލަ ފުލުހަށް ހުށަހެޅީ އިއްޔެއެވެ. އެ މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައި ވަނީ 28 އަހަރުގެ ފިރިހެނެކެވެ.

ސުވާދީބު ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިން ވުމަށް ދައުވަތު އަރުވަމެވެ  މިލިންކަށް  ކްލިކް ކޮއްލައްވާ އެންމް ފަހުގެ ހަބަރު ލިބި ވަޑައިގަންނަވާނެ. ވީހާވެސ ގިނަ ބޭފުޅުން ވައިބަރ ކޮމިއުނިޓީ ގުރޫޕަށް ޖޮއިންވުމަކީ  ސުވާދީބު ވެބްސައޓް ޓީމަށް ލިބިގެންދާނެ ވަރަށްވެސް ރަގަޅު ހިތްވަރެކެވެ. ކިއުންތެރިންގެ ފަރާތުން އެއްބާރުލުން ދެއްވުން އެދެމެވެ.

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.



ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

ކުޑަކުދިންނާ ބެހުނު ކަމަށް އިއުތިރާފުވި މީހާ ވެސް ކޯޓުން ދޫކޮށްލައިފި

ސުވާދީބު

އެއްޖިންސުން ގުޅުން ހިންގައިގެން ހައްޔަރުކުރި ކަނޑުހުޅުދޫ މީހާ މިނިވަންކަންމަތީ

ސުވާދީބު

ކުއްޖާ ރޭޕްކުރި މީހުނަށް އެންމެ ބޮޑު އަދަބުދީ: ކައުންސިލް

ސުވާދީބު