web analytics
ޖުމުހޫރީ ޕާޓީ

އިންޑިއާގައި މުސްލިމުންނަށް އަނިޔާ ކުރުމާއި ދެކޮޅަށް ސަރުކާރުން ބަސް ބުނުމަށް ޖޭޕީން ގޮވާލައިފި

އަވަށްޓެރި އިންޑިއާގައި ކުށެއް ނެތް މުސްލިމުންނަށް ކުރަމުން ގެންދާ އަނިޔާ އާއި ބެހޭގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައިގެން ބަހުސްކޮށް، އަދި އެކަމާއި ބެހޭ ގޮތުން ސަރުކާރުންވެސް ބަސް ބުނުމަށް ޖުމްހޫރީ ޕާޓީ (ޖޭޕީ)ން ގޮވާލައިފިއެވެ.

ޖުމްހޫރީ ޕާޓީގެ އޮފީހުގައި މީޑިއާއަށް މަޢުލޫމާތު ދެއްވަމުން އެ ޕާޓީގެ ލީޑަރު ޤާސިމް އިބްރާހިމްގެ އެޑްވައިޒަރު އަދި ކުރީގެ ދަނގެތި ދާއިރާގެ މެމްބަރު އިލްހާމް އަހުމަދު މިއަދު ވިދާޅުވީ އިންޑިއާ މުސްލިމުންނަށްކުރާ އަނިޔާ ޖޭޕީގެ ފަރާތުން “ހަރުކަށި އިބާރާތުން” ކުށްވެރިކުރާ ކަމަށެވެ. އޭނާ ވިދާޅުވީ ރައްޔިތުންގެ މަޖިލީސްގެ ރައީސް މުޙައްމަދު ނަޝީދު، ޚާއްސަކޮށް އެމްޑީޕީއާ ގުޅޭ މައްސަލަތަކުގައި ކުއްލި މައްސަލަތައް ވައްދައިގެންނާއި އެކި ގޮތްގޮތަށް މަސައްކަތްކުރާ ތަން ފެންނަ ކަމަށާއި އެހެންކަމުން މިކަމުގައިވެސް އެފަދައިން ޢަމަލު ކުރުމަށް ގޮވާލާ ކަމަށެވެ. އަދި ވިދާޅުވީ ސަރުކާރު ލެވެލްގައި މިހާތަނަށް އެކަން ކުށްވެރިކޮށް ހުއްޓުވައިދީފައިވެސް ނުވާ ކަމަށެވެ.

“ޖޭޕީގެ ފަރާތުން ރަސްމީކޮށް ޢިއުލާން މިކުރަނީ، އިންޑިއާ މުސްލިމުންނަށްކުރާ އަނިޔާ ޖޭޕީގެ ފަރާތުން ކުއްވެރިކުރާ ވާހަކަ. ހަމަ އެއާއިއެކު އަޅުގަނޑު ދަންނަވާލަން ރައްޔިތުންގެ މަޖިލީސްގެ ރައީސް މުޙައްމަދު ނަޝީދު ވަރަށް ގިނައިން ކަންކަމުގައި ކުއްލި މައްސަލަތައް ވައްދައިގެންނާއި އެކި ގޮތްގޮތަށް މަސައްކަތްތައްކުރާ މަންޒަރު ފެނޭ ބައެއް އިޝޫތަކުގަ. ޚާސަކޮށް އެމްޑީޕީ އާ ގުޅޭ އިޝޫތަކުގަ. އެހެންވީމަ އަޅުގަނޑު ވަރަށް ބޮޑަށް އެދެން އިންޑިއާ މުސްލިމުންނަށްކުރާ އަނިޔާތަކާއިބެހޭ ގޮތުން މަޖިލީހަށް ކުއްލި މައްސަލައެއް ވައްދައިގެން ކުރިއަށް ގެންދިއުމަށް،” އިލްހާމް ވިދާޅުވިއެވެ.

އިލްހާމް ވިދާޅުވީ އެމްޑީޕީއަށް ސުޕަރ މެޖޯރިޓީ ލިބިފައިވާއިރު، އިންޑިއާ މުސްލިމުން ތަޙައްމަލް ކުރަމުން އެގެންދަނީ ބޮޑެތި އަނިޔާތަކާއި ވޭން ކަމަށާއި، އެހެންކަމުން އެކަމާއި ދެކޮޅަށް މިއަދު ސަރުކާރުންވެސް އަދި މަޖިލީހުންވެސް އެއްޗެކޭ ބުނުމަކީ ޖޭޕީގެ ވަރަށް ބޮޑު އެދުމެއް ކަަމަށެވެ.

އިންޑިއާގައި މުސްލިމުންނަށް ދެމުންދާ ޙަމަލާތަކާއި ބެހޭގޮތުން ނޮޅިވަރަމް ދާއިރާގެ މެންބަރު މުހައްމަދު ނަޝީދު (މޮސްޓާ) މިއަދުގެ މަޖިލީހަށް ވަނީ ކުއްލި މައްސަލައެއް ހުށަހަޅާފައެވެ. ނަމަވެސް އެ މައްސަލަ ބަލައިގަތުމަށް މަޖިލީހުގެ ޤަވައިދު ތަން ނުދޭކަމަށް ވިދާޅުވެ ނަޝީދު ވަނީ އެކަމަށް ދެކޮޅު ހައްދަވާފައެވެ.

 

Facebook Comments

އާޓިކަލް ވީހާވެސް ގިނަ ބޭފުޅުން ޝެއަރ ކޮއްފަ ޑީޕީގެ ފޭސް ބުކު ޕޭޖައް ލައިކް ކޮއް ދެއްވުން އެދެމެވެ އަދި ވީހާވެސް ގިނަ ބޭފުޅުން ޑީޕީއަށް ލިއެފަ މި އީމެއިލްައަށް info@dhivehipost.com މެއިލް ފޮނުއްވާށެވެ. ތިޔަ ބޭފުޅުންގެ ލިއުންތަކައް ޑީޕީއިން މަރުހަބާ ކިޔަމެވެ.ޚަބަރާއިގުޅޭ އިތުރު ލިޔުންތައް

މަޖިލިސް އިންތިޚާބަށް ގާސިމްގެ ޝިއާރު: ދިވެހިންގެ ބިން ދިވެހިންނަށް

ސުވާދީބު

ރިޔާޒްވެސް ނަޝީދަށް ރައްދު ދެއްވައިފި

ސުވާދީބު

ސަރުކާރު ލަސް ވަނީ އެމްޑީޕީގެ ބައިބައިވުމާ ހެދި: ގާސިމް

ސުވާދީބު